Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ. އާރަށު މައްސަލަ

3.4 މިލިއަން ޑޮލަރު ދެއްކުމަށް ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފު ބަލައިގެންފި

މަނީ ލޯންޑަރ ކޮށްގެން އެމަނިކުފާނު ހޯއްދަވާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މާރިޗު 2023 | އާދީއްތަ 06:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވ. އާރަށު މައްސަލައިގައި 3.4 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގެންފިއެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން މި އަމުރު ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވަނީ މާރޗު މަހުގެ 13 ވަނަ ދުވަހުއެވެ.

އާރަށު ޚިޔާނާތުގެ މައްސަލާގައި ޔާމީނު ލޯންޑަރކުރި އެއް މިލިއަން ޑޮލަރާއި، އެއާ އެއްކުރި 2 މިލިއަން ޑޮލަރުގެ އިތުރުން، އެއިން ހޯދި މަންފާ ދައުލަތަށް ދައްކަވަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އާރަށު މައްސަލާގައި ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި، 7 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ. ވުމާއެކު، މަނީލޯންޑަރ ކޮށްގެން އެމަނިކުފާނު ހޯއްދަވާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނެވެ.

ދައުލަތަށް ފައިސާ ނެގުމަށް އަމުރު ކުރި ސަބަބަށް ބަލާއިރު، ޔާމީން ރިޝްވަތުގެ ގޮތުގައި ގަބޫލުކުރެއްވި 1 މިލިއަން ޑޮލަރުގެ ޗެކު އެޗްއެސްބީސީ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 1،001،409 (އެއް މިލިއަން އެއްހާސް ހަތަރުސަތޭކަ ނުވަ) އެމެރިކާ ޑޮލަރު ބީއެމްއެލް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު، ޖުމުލަ 1،295،000 (އެއް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް) އެމެރިކާ ޑޮލަރު އިސްލާމިކް ބޭންކު އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 3،413،230 (ތިން މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރު، އެމްއައިބީގައި ޔާމީނުގެ ނަމުގައި ހުޅުވާފައިވާ އެހެން އެކައުންޓަކަށް ޖަމާކުރައްވައި، 36 މަސް ދުވަސް ވަންދެން ވަނީ ފައިދާ ހޯއްދަވާފައެވެ. މި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކެވުމަށް ވަނީ ހުކުމްކޮށްފައެވެ.

ޔާމީންގެ ފަރާތްޕުޅުން ދައުލަތަށް ދައްކަވަން ޖެހޭ ފައިސާ ދެއްކެވުމަށް ކުރި އަމުރު އިސްތިއުނާފު ކުރައްވާފައިވާއިރު، އެމަނިކުފާނު ޖަލަށްލާން ކުރި ހުކުމްވެސް އިސްތިއުނާފު ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ.

ކްރިމިނަލް ކޯޓްޔާމީން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު