Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ އާރަށު ހިޔާނަތް

ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފު ބުދަ ދުވަހު ފަށަނީ

4 ޖޫން 2023 | އާދީއްތަ 08:31

މި ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖޫން 2023 | އާދީއްތަ 08:31
ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ

ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު ހަައިކޯޓުން ބަލައިގަނެ، އެ މައްސަލަ ތާވަލުކޮށްފިއެވެ.

އެމަނިކުފާނުގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

މި ހުކުމް އެމަނިކުފާނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުން ބުނީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލަ، އަންނަ ބުދަ ދުވަހު ފެށުމަށް ތާވަލު ކުރެވިފައިވާ ކަމަށެވެ.

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީނުގެ މައްޗަށް އުފުލި ދައުވާތަކުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2013 ވަނަ އަހަރުން ފެށިގެން ޓޫރިސްޓު ރިސޯޓު ތަރައްޤީ ކުރުމުގެ އެކި ކަންކަމަށް ރައީސް ޔާމީނު ނުފޫޒު ފޯރުވަމުން ގޮސްފައިވާކަން ހެކިތަކުން އެނގެއެވެ. އެގޮތުން ރަށްތައް ދެވޭ އިންވެސްޓަރުންގެ އަތުން އެކި ގޮތްގޮތުން ފައިސާ އަތުލަމުން ދިޔަ ކަމަށާއި، އެމީހުންނަށް ރަށްތައް ދޫކުރަމުން ދިޔައީވެސް އެކިކަހަލަ މަންފާތަކާއި ފައިސާ ދިނުމަށް ޝަރުތުކޮށްގެންކަން އެނގެން އޮންކަމަށް ޙުކުމުގައިވެއެވެ.

މި މައްސަލައަކީވެސް ހަމައެގޮތަށް ޔާމީނުގެ ގާތް ރައްޓެއްސެއްކަމަށްވާ ޔޫސުފް ނައީމަށް ރަށް ދިނުމުގެ މުޤާބިލުގައި ރިޝްވަތު ދިނުމުން ކޮށްފައިވާ މުއާމަލާތެއްކަން ހެކި ޤަރީނާތަކުން އެނގޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ އޯޑިއޯތަކުންވެސް އެ ވާހަކަތަަކަށް ބާރު ލިބިދޭކަމަށް ޙުކުމުގައި ބުނެއެވެ.

އޭގެ އިތުރުން، ވަކި ރަށްރަށެއްގެ ކަންކަން ވަކި ގޮތަކަށް ކުރުމަށް ރައީސް ޔާމީނު އަންގަވަމުން ގެންދެވިކަމާއި، ރަށްރަށަށް ފައިސާ ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސަންވީ ގޮތާއި، އަމިއްލަ ފަރުދުންނާއެކު ވާން ޖެހޭ އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމާއި، އެކަންކަން އަވަސް ކުރުމަށް ރައީސް ޔާމީނު އަންގަވަމުން ގޮސްފައިވާކަން އެނގެން އޮންނަކަމަށްވެސް ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

އަދި ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވާ ގޮތުގައި ޔާމީނު މި އަމަލު ހިންގާފައިވަނީ ރައީސްކަމުގެ މަޤާމުގައި ހުންނަވައި، ރައްޔިތުންގެ މަސްލަަހަތު ނުހަނު ބޮޑަށް ގެއްލިގެންދާ ގޮތަށެވެ. ވުމާއެކު، އަދަބުގެ އެއް ދަރަޖަ މަތި ކުރެއްވީއެވެ.

ކްރިމިނަލް ކޯޓްޔާމީންއެމްއެމްޕީއާރްސީ ޚިޔާނާތް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް