Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޯގާ ހަރަކާތަށް ރައީސް ޔާމީންގެ ފާޑުކިޔުން

މަނިކުފާނެވެ! "ޔޯގާ" ވެސް މައްސަލައަކަަށް ވަނީ މަނިކުފާނު ރުހިވަޑައިނުގަންނަވާ ހިސާބުންތޯއެވެ؟

ރައީސް ޔާމީންގެ ވެރިކަމުގައި ޔޯގާ ހަރަކާތް ކުލަގަދަކޮށް ބާއްވާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2022 | ހޯމަ 14:54
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

މަނިކުފާނެވެ! ދައްކަން މިއުޅެނީ ލައްކަ ނުދައްކާނަމޭ ހިތުލައިގެން ހުރި ވާހަކައެކެވެ. އެހެނަސް ދީނީ ކަންކަމުގެ ވާހަކަ "ޖަޒުބާތުގައި" ދެއްކެވުމާއި, ސިޔާސީ މަންފާއަށް ދީނުގެ ވާހަކަ ދެއްކުމުގެ ވާހަކައަކީ މަނިކުފާނަށްވެސް ނިކަން ޝައުގުވެރި ވާހަކައަކަށް ވީމައި މި ވާހަކަ ނުދައްކާ ހަމަ ނުހުރެވުނީއެވެ. ދުވަސްކޮޅަކު ސިޔާސީ ޕޯޑިއަމާ ދުރުގައި ހުންނެވުމަށްފަހު މި އަހަރު މަނިކުފާނު ސިޔާސީ ޕޯޑިއަމްތަކަށް ކުރައްވާ ޒިޔާރަތްތައް އިތުރުކުރައްވައިފީމުއެވެ. ޕޯޑިއަމްތަކުގައި މަނިކުފާނު ދައްކަވާ ކުލަ ސިޔާސަ ސިޔާސީ ވާހަކަފުޅުތަކުގެ ރާގުވެސް އެހާމެ ފޯރިގަދައެވެ. ފަހަރުގައި އެއީ އަންނަން އޮތް އިންތިޚާބުގެ ވައިރޯޅި ކަމަށްވެސް ވެދާނެއެވެ. އެކަމަކު އެވާހަކަ އެހެން ދުވަހަކަށް ބާއްވާނަމެވެ.

މީސްމީޑިއާގެ ޕްލެޓްފޯމްތައް ހާވަނިކޮށް އިހަކަށް ދުވަހު އަޅުގަނޑަށް ފެންނަނީ މަނިކުފާނުގެ ޝަކުވާތަކުގެ ވާހަކައެވެ. އުނހު! ތެދަށް ދަންނަވަނީނަމަ އުދާސްތަކުގެ ވާހަކައެވެ. މަނިކުފާނުގެ ޝަކުވާއަކަށްވީ ޝޭޚުންނާއި ދީނީ މީހުން، ސަރުކާރުން ކުރާ ނޭދެވޭ ކަންކަމަށް ބަސް ނުބުނާކަމުގެ ވާހަކައެވެ. ލާދީނީކަމުގެ ވާހަކައެވެ. އެވެނި މިވެނި ކަމެއް ދީނާ ޚިލާފަށް ކުރާއިރު، ކަހާ ތަން ހިރުވާވެސް ނުލާ ވާހަކައެވެ. މި ވާހަކައިގެ މިސާލުތައް ޖައްސަވަމުންގޮސް މަނިކުފާނު ޔޯގާގެ ވާހަކަދެއްކެވި ހިސާބުން ހަމަ އަޖައިބު ހައިރާންވެއްޖެއެވެ.

މަނިކުފާނު ފަހަރެއްގައި ހަނދުމަފުޅު ނުހުރެދާނެތީ ހަނދުމަފުޅުކޮށްއަރުވަމެވެ. "މާތް ކަލާކޯ، މިއީ ޓެރަރިޒަމްގެ އަމަލެއްތޯ؟ ރާއްޖޭގައި ފާހިޝް ކަންތައް ހިނގާނަމަ، ދީނަށް ފުރައްސާރަ ކުރާނަމަ ކޮންމެވެސް ބަޔަކު ތެދުވާނެ" ކަމަށް މަނިކުފާނު ވިދާޅުވީމެވެ. މަނިކުފާނެވެ. މަނިކުފާނުގެ ވެރިކަމުގައި ޔޯގާ ދުވަސް ފާހަގަކުރިއިރު އެކަން ކުރީ މަނިކުފާނަށް ރޭކާލުމަކާނުލައި ތޯއެވެ؟ ކޮންމެ ފަހަރަކު ސަރުކާރުގެ އިސް ވެރިންގެ ހާޒިރުގައި އެ ދުވަސް ފާހަގަކުރިއިރު ތިޔަ ވިދާޅުވާ "ފާހިޝް" ކަންކަމުގެ ތެރޭގައި އޭރު ޔޯގާ ނުހިމެނެނީތޯއެވެ.

ޔޯގާއާއި އޭގެ ދީނީ ހުކުމާމެދު ލައްކަ ބޭފުޅުން ބަހުސްކުރައްވައިފިއެވެ. އެ ބަހުސް އެކަމުގެ މާހިރުންނަށް ދޫކޮށްލާނަމެވެ. އެހެންނަމަވެސް އަޅުގަނޑަށް ސުވާލު އުފެދެނީ މަނިކުފާނު މި ވާހަކަ ދެއްކެވި މަގުސަދާމެދުގައެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ކޮންމެ އަހަރެއްގެ ޖޫން އެކާވީސްވަނަ ދުވަހު، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް، އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރ (އައިސީސީ)ން ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމީވެސް މަނިކުފާނުގެ ސަރުކާރުގައި ނޫންތޯއެވެ؟ ހަނދުމަފުޅު ނެތިއްޔާ އަހަރު ހަނދުމަފުޅުކޮށްއަރުވަމެވެ؟ އެއީ 2016 ވަނަ އަހަރެވެ. އެކަމަކު އެއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެއީ 2014ން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުގައިވެސް ޔޯގާ ދުވަސް ހާމަކަން ބޮޑު ގޮތެއްގައި ފާހަގަކޮށްފައިވާއިރު، ފަހަރެއްގައިވެސް މަނިކުފާނަށް އެކަން ސިއްރުވެ ވަންހަނާވެފައި ނޯންނާނެކަން ގައިމެވެ.

އަހަރުތައް ބުނެދޭން މިޖެހުނީ މިފަދަ ކަންކަމުގައި މަނިކުފާނުގެ ހަނދުމަފުޅުން ބައެއް ކަންކަން ކައްސާލާކަމަށް ފާހަގަވާތީއެވެ. މުޒާހަރާކުރަން ތަންތަނަށް އެއްވަންޏާ ހައްޖަށް ދާށޭ" ވިދާޅުވި ހަނދުމަފުޅެއްވެސް ނެތެއް ނޫންތޯއެވެ.

ކޮންމެއަކަސް ސަރުކާރުގައި ޔޯގާ ދުވަސް ކުލަގަދަކޮށް، އަދި ހާމަކަން ބޮޑު ގޮތެއްގައި ފާހަގަކުރިއިރު، އެކަން ހުއްޓުވަން ނޫޅެ، މިހާރު އެކަމާ ދެކޮޅަށް ނުކުމެ ހަމަނުޖެހުން ހިންގުމުގައި މަނިކުފާނުގެ ޕާޓީ ކުދިންކޮޅު އުޅެނީ މަނިކުފާނު ވިދާޅުވާ ފަދަ "ހޭޓް ސްޕީޗް"ތަކުގެ ސަބަބުން ކަމަށް ވެދާނެތޯއެވެ. ނޫނީ ޔޯގާވެސް ކަމުނުދަނީ މަނިކުފާނުގެ ވިރާސަތުން ބޭރުގައި އެކަން ހިނގީމައިތޯއެވެ؟ ނޫނީ އެ ވާހަކަ ދައްކަނީ މަނިކުފާނު ވިދާޅުވާފަދަ ސިޔާސީ މަންފާ ހޯދާ ބަޔަކު ލޭކައްކައި އިތުރު ބަޔަކު ޖަޒުބާތުގައި ޖެއްސުމަށްތޯއެވެ؟ މަނިކުފާނެވެ! "ޔޯގާ"ވެސް މައްސަލައަކަަށް ވަނީ މަނިކުފާނު ރުހިވަޑައިނުގަންނަވާ ހިސާބުންތޯއެވެ؟

މަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު