Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ. ގައި ޝާހިދުގެ ދައުރު

ގައުމުތަކުގެ މަންދޫބުންގެ ތައުރީފު ޝާހިދަށް

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އޮކްޓޯބަރު 2022 | ހޯމަ 07:50
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ "އުއްމީދުގެ ރިޔާސަތު" ގެ ދައުރު ނިމުމާއި ގުޅިގެން އދ. އަށް އެކި ގައުމުތަކުން ކަނޑައަޅުއްވާފައިވާ މަންދޫބުން މިނިސްޓަރު ޝާހިދުއަށާއި އޭނާގެ މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

އެކިއެކި ގައުމުތަކުގެ މަންދޫބުން ފާހަގަކުރައްވާފައި ވަނީ މިނިސްޓަރު ޢަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށާއި، ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަން ފާޅުކުރުމަށާއި، ކުދި ދައުލަތްތަކާއި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ވަކާލާތުކުރައްވާ މިފަދަ ގައުމުތަކަށް އިގްތިސާދީ ގޮތުން އިތުރު ސިނާއަތްތައް ފެށޭނެ ގޮތްތައް ހޯދެއްވުމަށް މަސައްކަތްކުރެއްވި ކަމަށެވެ.

ޝާހިދުގެ ދައުރުގެ މަސައްކަތާއި ގުޅޭގޮތުން، އާޖެންޓީނާއިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު މަރިއާ ޑެލް ކާރމެން ސްކުއެފް ވިދާޅުވީ، މިނިސްޓަރު ޢަބްދުﷲ ޝާހިދު އަކީ އެކުގައި މަސައްކަތް ކުރުމަށް ފަސޭހަ ބޭފުޅެއް ކަމަށެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ ބައިވެރިވާ ހުރިހާ ގައުމަކާއި އެކުވެރިކަން ދެމެހެއްޓުމުގެ އިތުރުން މިންތީގެ ހަމަހަމަކަން ގާއިމުކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވި ކަމަށެވެ.

ބޮޓްސްވާނާގެ ފަރާތުން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ކޮލެން ވިކްސެން ކިލަޕައިލް ވެސް ވަނީ މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ބޮޓްސްވާނާގެ ދާއިމީ މަންދޫބެއްގެ ހައިސިއްޔަތުން އަދި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ރައީސްގެ ހައިސިއްޔަތުން، އދ.ގެ އާންމު މަޖިލީހުގެ ރައީސްއާ އެކު ކުރަންޖެހުނުހާ މަސައްކަތްތައް މިނިސްޓަރު ޝާހިދު ފިޔަވައި އެހެން ބައިވެރިޔަކާ އެކު މިހާ ކާމިޔާބުކޮށް ފުރިހަމަވާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ޝާހިދު ފަދަ ޤާބިލު ލީޑަރެއް ދެއްވީތީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، މޮރޮކޯގެ ފަރާތުން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު އޮމާރް ހިލާލް ވަނީ ހިފެހެއްޓުމެއްނެތި މިނިސްޓަރު ޝާހިދުގެ އެކިއެކި މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވާފައެވެ. އޮމާރް ހިލާލް ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި މިނިސްޓަރު ޝާހިދު ކުރެއްވި މަސައްކަތްޕުޅުތަކަކީ ހާސިލުކުރަން ފަސޭހަ ކަންކަމެއް ނޫން ކަމަށެވެ. ނަމަވެސް ގިނަ ކަންކަން ހާސިލުކުރެއްވުމަށް އެކިއެކި ގައުމުތަކުގެ އެއްބާރުލުން ހޯދައްވަން މަސައްކަތްކުރައްވާ، ކެތްތެރިކަމާ އެކުގައި މަސައްކަތްކުރައްވަން އިސްކަމެއް ދެއްވި ކަމަށެވެ. އަދި ހަމަ މިއާއެކު އޮމާރް ފާހަގަކުރެއްވީ މިނިސްޓަރު ޝާހިދުގެ ކުޅަދާނަ ހުނަރާއި، ޑިޕްލޮމެސީ އާއި ޚާރިޖީ ދާއިރާގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި މުރާލިކަމުގެ ސަބަބުން ފަސޭހަކަމާ އެކު ހުރިހާ ގައުމުތައް ގުޅުވާލައިގެން ގިނަ އަދަދެއްގެ ގަރާރުތައް އެކުލަވާލައި ފާސްކުރެވި އދ. އަށް އިތުރު މަޤުބޫލުކަމާއި ވިޒިބިލިޓީ ހޯދައި ދެއްވިކަމަށެވެ.

އޮސްޓްރޭލިޔާއިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު މިޗް ފިއިފީލްޑް މިނިސްޓަރު ޢަބްދުﷲ ޝާހިދު އަށް ތައުރީފު ކުރައްވަމުން ވިދާޅުވީ މިނިސްޓަރު ޝާހިދު އދ. ގެ ރައީސް ކަމުގައި ހުންނެވި އިރު، އދ. ގެ އާންމު މަޖިލީހަކީ ދުނިޔޭގެ ރައްޔިތުންނަށް ފައިދާހުރި ތަނަކަށް ހެއްދެވުމަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އޮސްޓްރޭލިޔާ އާއި ޕެސިފިކްގެ އެހެން ގައުމުތަކާ އެކު ބަހެއްޓެވި ގާތްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިސްޓަރު ޝާހިދުއަކީ ކުދި ޖަޒީރާ ގައުމެއްގެ މިނިސްޓަރެއް ކަމަށާއި، އދ. އަކީ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ބަލާ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ އޮތް ނުރައްކާތަކުގެ ވާހަކަތައް ދުނިޔޭގެ ފެންވަރުގައި މަޝްވަރާ ކުރާ ތަނަކަށް ހެއްދެވި ކަމަށެވެ.

ޓެންޒޭނިއާއިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ކެނެޑީ ގޮޑްފްރޭ ގެސްޓޯން ވަނީ މިނިސްޓަރު ޝާހިދުއާ އެކުގައި މަސައްކަތް ކުރެއްވި އިރު ތަޖުރިބާ ކުރެވުނު ކަންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން، މިނިސްޓަރު ޝާހިދުއާ އެކު އދ. ގެ ރިޔާސަތުގައި އޭނާ މަސައްކަތްކުރެއްވީ އދ. އާންމު މަޖިލީހުގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ކަމަށާއި، ޝާހިދަކީ އާދަޔާ ޚިލާފު ތަސައްވަރު ހުންނަވާ ލީޑަރެއް ކަމަށް ވިދާޅުވިއެވެ. މަސައްކަތް ކުރުމުގައި އަބަދުވެސް ފަރުވާތެރިކަން ބަހައްޓަވާ ކަމަށާއި، މިނިސްޓަރު ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން އެމަނިކުފާނު މެދުކެނޑުމެއްނެތި ހުރިހާ ވަގުތެއް ހޭދަކުރެއްވީ ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުން ހައްލު ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުއދ.ގެ އާންމު މަޖިލިސް

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
11 ނޮވެމްބަރު 2023

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

11 ނޮވެމްބަރު 2023
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި
24 އޮކްޓޯބަރު 2023

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

24 އޮކްޓޯބަރު 2023
ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި
23 ޖޫން 2023

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

23 ޖޫން 2023
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
04 ޖޫން 2023

"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"

04 ޖޫން 2023
"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"
02 ޖޫން 2023

ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން މަޢުލޫމާތުދީފި

02 ޖޫން 2023
ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން މަޢުލޫމާތުދީފި
07 އެޕްރީލު 2023

އދ ގެ ހިޔުމަން ރައިޓްސް ކައުންސިލުގެ ބައްދަލުވުން: ރާއްޖޭގެ ފަރާތުން 29 ބަޔާނެއް އިއްވާ، 19 ޤަރާރެއް ކޯ-ސްޕޮންސާ ކުރި

07 އެޕްރީލު 2023
އދ ގެ ހިޔުމަން ރައިޓްސް ކައުންސިލުގެ ބައްދަލުވުން: ރާއްޖޭގެ ފަރާތުން 29 ބަޔާނެއް އިއްވާ، 19 ޤަރާރެއް ކޯ-ސްޕޮންސާ ކުރި
27 މާރިޗު 2023

ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

27 މާރިޗު 2023
ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް
16 މާރިޗު 2023

ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ޝާހިދު ގޮވާލައްވައިފި

16 މާރިޗު 2023
ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ޝާހިދު ގޮވާލައްވައިފި
15 މާރިޗު 2023

ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

15 މާރިޗު 2023
ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު