Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ތަށި ހޯދަން ބޭނުންވާނަމަ މެންޓާލިޓީ ބަދަލު ކުރަން ޖެހޭ: ޒަވީ

ޒަވީ ބުނީ ބާސެލޯނާ އިން އަންނަނީ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށް، ޓީމެއް ބިނާ ކުރަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޮކްޓޯބަރު 2022 | ހޯމަ 03:16
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާއިން ތަށި ކާމިޔާބުކުރަން ބޭނުންވާނަމަ މެންޓާލިޓީ ބަދަލުކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ މިހެން ބުނީ ސްޕެނިޝް ލީގުގައި ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ ބާސެލޯނާ އަށް އެއް ވަނަ މަގާމު ހޯދެން އޮތް ނަމަވެސް، މެޗުން ބަލިވެ މިހާރު އޮތީ ދެ ވަނައިގައެވެ. ބާސެލޯނާ ބަލިކޮށް ރެއާލުން ވަނީ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ.

މެޗަށްފަހު ޒަވީ ބުނީ ރެއާލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމަކީ ބާސެލޯނާ އަށް ހައްގު މިންވަރު ނޫން ކަމަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ކުޅުނީ ރަނގަޅަށް ކަމަށާއި، ނަމަވެސް ދެ ވަނަ ހާފުން ފެށިގެން މެޗުން ކޮންޓްރޯލްކޮށްގެން ކުޅުނީ ރެއާލުން ކަމަށެވެ. ނަމަވެސް ދެ ވަނަ ހާފުގައި ގެނެވުނު ބަދަލުތަކާއެކު ބާސެލޯނާ އަށް ރަނގަޅަށް ކުޅެވުނު ކަމަށް ޒަވީ ބުންޏެވެ. އެކަން ފާހަގަކޮށް ޒަވީ ބުނީ މެންޓާލިޓި ވެސް ބަދަލު އަންނަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ބޮޑެތި މެޗުތަކުގައި ވަރުގަދަޔަށް ކުޅެން ޖެހުން ކަމަށް ވެސް ޒަވީ ބުންޏެވެ.

މީގެ އިތުރުން ޒަވީ ބުނީ ބާސެލޯނާ އިން ރަނގަޅު ވާދައެއް ކުރަން ޖެހޭ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މިހާރު ބާސެލޯނާ އޮތީ ގޯސް ހިސާބެއްގައި ކަމަށާއި، އެކަން ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޒަވީ ބުނީ އޭނާ ކުޅުންތެރިންނަށް ޓާގެޓު ނުކުރާނެ ކަމަށާއި، އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އޭނާ ކަމަށެވެ. ޒަވީ ބުނީ ބާސެލޯނާ އިން އަންނަނީ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށް، ޓީމެއް ބިނާ ކުރަމުން ކަމަށެވެ.

ގާތް ގާތުގައި ބާސެލޯނާ އަށް ބޮޑު ދެ ބައްޔާއި ކުރިމަތިލާން ޖެހުމުން ޒަވީ އަށް ޕްރެޝަރު ބޮޑުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ ހަފްތާގައި ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި އިންޓަ މިލާނާ އެއްވަރުވެ ބާސެލޯނާ އަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ. އެ ޓީމަށް މިހާރު އޮތީ ޔޫރޮޕާ ލީގުގެ ބިރު ކުރިމަތިވެފައެވެ.

ސްޕެނިޝް ލީގުބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު