Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޖެނުއަރީގައި ކުލަބު ދޫކޮށްލާކަށް ނުބުނަން، ހިތްހަމަނުޖެހުމެއް ވެސް ނެތް: އެމްބާޕޭ

އޭނާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް އެމްބާޕޭ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2022 | ހޯމަ 02:49
ޕީއެސްޖީގެ ތަރި އެމްބާޕޭ

ޕީއެސްޖީގެ ތަރި އެމްބާޕޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ މެދު ހިތްހަމަނުޖެހި ޖެނުއަރީގައި ކުލަބު ދޫކޮށްލަން ކީލިއަން އެމްބާޕޭ އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ދާދި ފަހުން ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޕީއެސްޖީއާއެކު އެމްބާޕޭ ހުރީ ހިތްހަމަނުޖެހިފައެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ވީއެންމެ އަވަހަކަށް އެ ކުލަބު ދޫކޮށްލަން ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ. އެގޮތުން ޖެނުއަރީ މަހު ކުލަބް ދޫކޮށްލަން ބޭނުންވާކަން އެމްްބާޕޭ ކުލަބަށް އެންގި ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ. ނަމަވެސް ޕީއެސްޖީގެ ސްޕޯޑިން ޑިރެކްޓަރު ލުއިސް ކަމްޕޯސް ވަނީ އޭރު އެވާހަކަތައް ދޮގުކޮށްފައެވެ. އޭނާ އޭރު ބުނީ އެމްބާޕޭ އޭނާ ގާތު އެ ބާވަތުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ.

ފްރާންސް ލީގުގައި ޕީއެސްޖީން މާސޭ ބަލިކުރި މެޗަށްފަހު އާރުއެމްސީ ސްޕޯޓްސްއަށް އެމްބާޕޭ ބުނީ ޖެނުއަރީ މަހު ޕީއެސްޖީ ދޫކޮށްލަން ބޭނުންވާފަދަ ވާހަކައެއް އޭނާ ދައްކާފައި ނުވާ ކަމަށެވެ. މީގެ އިތުރުން ކުލަބާމެދު މިހާތަނަށް އެއްވެސް ހިތްހަނުޖެހުމެއް ވެސް ނެތް ކަމަށާއި އޭނާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް އެމްބާޕޭ ބުންޏެވެ.

އެމްބާޕޭގެ އެއްބަސްވުން ޕީއެސްޖީން އައުކުރީ ދާދި ފަހުންނެވެ. އޭނާ ޕީއެސްޖީ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ވެސް އޮތީ އޭރު ވާހަކަ ފެތުރިފައެވެ. ނަމަވެސް އެމްބާޕޭ ވަނީ 2025 ވަނަ އަހަރާ ހަމައަށް ޕީއެސްޖީގައި މަޑުކުރުމަށް އެއްބަސްވުން އައުކޮށްފައެވެ.

ޕީއެސްޖީކީލިއަން އެމްބާޕޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

17 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު