Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

އެމްބާޕޭ ބުނީ އޭނާގެ ފުރިހަމަ ކުޅުން ފެންނާނެ ކަމަށް

އޭނާގެ ގައިގައި އެ ޤާބިލުކަން ހުރިކަން ފާހަގަ ކުރަމުން އެމްބާޕޭ ބުނީ، ކުރިއަށް އޮތް 2025 ވަނަ އަހަރުގައި އޭނާގެ އެންމެ ފުރިހަމަ އަދި މޮޅު ކުޅުން ދައްކާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޑިސެމްބަރު 2024 | ބުދަ 03:55
ރެއާލަށް ކުޅެމުން އަންނަ އެމްބާޕޭ

ރެއާލަށް ކުޅެމުން އަންނަ އެމްބާޕޭ

ކުރިއަށް އޮތް ތަނުގައި އޭނާގެ އެންމެ ފުރިހަމަ ކުޅުން ފެންނާނެ ކަމަށް، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު ރެއާލަށް ބަދަލުވީ ފަހުން، އެ ޓީމުގައި އެމްބާޕޭގެ ފުރިހަމަ ކުޅުން ނުފެންނާތީ އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވެ އެވެ. ޚާއްސަކޮށް ރެއާލްގައި އެމްބާޕޭ އަށް ގިނަ ލަނޑުތަކެއް ނުޖެހޭތީ އޭނާ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތައް ވެސް ގިނަ އެވެ.

ރެއާލްގައި އޭނާގެ ކުޅުމާއި މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، މިހާރު ދައްކަމުން އަންނަ ކުޅުމަށް ވުރެ މާ ރަނގަޅު ކުޅުމެއް އޭނާ އަށް ދެއްކޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އޭނާގެ ގައިގައި އެ ޤާބިލުކަން ހުރިކަން ފާހަގަ ކުރަމުން އެމްބާޕޭ ބުނީ، ކުރިއަށް އޮތް 2025 ވަނަ އަހަރުގައި އޭނާގެ އެންމެ ފުރިހަމަ އަދި މޮޅު ކުޅުން ދައްކާނެ ކަމަށެވެ.

ލީގުގައި ރެއާލް އިން އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އެމްބާޕޭ ފޮނުވާލި ނަމަވެސް، އެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެކަމަށް އިޝާރާތް ކުރަމުން އެމްބާޕޭ ބުނީ، އެ މެޗުގައި އޭނާގެ އަތުން ޕެނަލްޓީ ނާކާމިޔާބުވީއިރު، ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭކަން އޭނާ އަށް އިޙުސާސް ކުރެވުނު ކަމަށެވެ. އަދި އޭނާ ހުރީ ރެއާލްގައި މޮޅު ކުޅުމެއް ދައްކައި، އެ ކުލަބާ އެކު ކުރިއަށް ދިޔުމުގެ އުންމީދުގައި ކަމަށް ވެސް އެމްބާޕޭ ވަނީ ބުނެފަ އެވެ.

ރެއާލަށް ބަދަލުވީ ފަހުން އެމްބާޕޭ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 24 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން 10 ލަނޑަކީ ސްޕެނިޝް ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ. ރެއާލްގައި އެމްބާޕޭގެ އެންމެ ފުރިހަމަ ކުޅުން ނުފެނުމާއި، ލަނޑު ޖެހޭ އަދަދު މަދުވުމުން އޭނާ އަށް އަމާޒުވަމުން އަންނަ ފާޑު ކިޔުންތަކަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް އަންނަނީ ރައްދު ދެމުންނެވެ.

ރެއާލް މެޑްރިޑްކީލިއަން އެމްބާޕޭ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު