Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، މެޗުގައި ރެއާލް އަށް ވަރަށް ގިނަ ފުރުސަތު ލިބުނު ކަމަށާއި، މެޗުގެ ފުރަތަމަ ހާފާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ޚާއްސަކޮށް ރެއާލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ބޮޑަށް ގަޔާވާ ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2025 | ބުދަ 06:19
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާ ފާޅު ކުރަނީ

އައު ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އިން ކުޅުނު ފުރަތަމަ މެޗުގައި، މާސޭ އަތުން ފަހަތުން އަރައި މޮޅުވެއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި މާސޭ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ރެއާލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 22 ވަނަ މިނެޓުގައި މާސޭ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޓިމޯތީ ވިއާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މޭސަން ގްރީންވުޑް އެވެ.

ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ރެއާލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ މާސޭގެ އޭރިޔާ ތެރެއިން ރެއާލްގެ ރޮޑްރީގޯ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ޖެހި ލަނޑުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރެއާލް އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ އެ ޓީމުގެ ޑިފެންޑަރު ޑެނީ ކާވަހާލް އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ސަބަބުން މެޗުގެ ބާކީ ބައި ރެއާލް އިން ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ.

މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ރެއާލް އިން ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނެގީ ވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ އިންނެވެ. އެެއީ މާސޭގެ އޭރިޔާ ތެރެއިން ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮަށް، ރެއާލް އަށް ލީޑު ނަގައިދިނީ ވެސް އެމްބާޕޭ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، މެޗުގައި ރެއާލް އަށް ވަރަށް ގިނަ ފުރުސަތު ލިބުނު ކަމަށާއި، މެޗުގެ ފުރަތަމަ ހާފާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ޚާއްސަކޮށް ރެއާލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ބޮޑަށް ގަޔާވާ ކަމަށް އޭނާ ބުންޏެވެ.

އަލޮންސޯ ބުނީ މާސޭ އިން ލަނޑު ޖަހައި ލީޑު ނަގާފައި އޮތުމުން، ރެއާލް އަށް ވަރަށް ބޮޑު ޕްރެޝަރެއް އޮތް ކަމަށާއި، ނަމަވެސް ކުޅުންތެރިން ރަނގަޅު މަސައްކަތެއް ކުރި ކަމަށެވެ. ޚާއްސަކޮށް އެއް ލަނޑުނބް ފަހަތުގައި އޮތްއިރު ވެސް، ރެއާލްގެ ކުޅުންތެރިންގެ ކުޅުމަށް ބަދަލަށް އައިސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ދެ ވަނަ ހާފުގައި ރެއާލް އަށް އުނދަގޫ ތަކެއް ކުރިމަތިވި ކަމަށާއި، ޚާއްސަކޮށް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން އެކަމުގެ އުނިކަން ފެނުނު ކަމަށް އަލޮންސޯ ބުންޏެވެ. އެހެން ނަމަވެސް، ކުޅުންތެރިންގެ ހިތްވަރަށް ބަދަލަށް ނައުމުގެ ނަތީޖާ އަކީ، ރެއާލް މެޗުން މޮޅުވުން ކަމަށް ފާހަގަކޮށް އަލޮންސޯ ބުނީ، މިވަގުތު ރެއާލް އޮތީ ރަނގަޅު މިސްރާބުގައި ކަމަށެވެ.

އަލޮންސޯގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ރެއާލް އިން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. ސްޕެނިޝް ލީގުގައި ވެސް ރެއާލް ކުޅެފައިވާ ހަތަރު މެޗުން މޮޅުވެފައިވާއިރު، ޗެމްޕިއަންސް ލީގުގެ ފެށުން ވެސް މި ވަނީ ރަނގަޅު ކޮށްފަ އެވެ.

ރެއާލް މެޑްރިޑްޔުއެފާ ޗެމްޕިއަންސް ލީގުކީލިއަން އެމްބާޕޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު