Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"ދެން ވެރިކަން ލިބުނިއްޔާ ހަގީގީ ވަގުން ހާމަކުރާނަމޯ". ހެހެހެ. ހީނހީނ ހަލާކު!!

ޔާމިން ހާމަކުރައްވާ ލިސްޓުގައި ޔާމީން ހިމެނިވަޑައިގަންނަވާނެކަމުގެ ތުހުމަތު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2022 | އާދީއްތަ 09:13
ޕީޕީއެމުން ބޭއްވި ހަރަކާތް

ޕީޕީއެމުން ބޭއްވި ހަރަކާތް

އިރު ނާރަނީސް ރައްޓެއްސަކު ގުޅައިފިއެވެ. ފުރަތަމަވެސް ފެށީ ބާރަށް ހޭށެވެ. ހިންޏައިގެން އޭނާއަކަށް ވާހަކަވެސް ދެއްކޭވަރެއް ނޫނެވެ. .... " ހަގީގީ ވަގުން...." ބުނެވެނީ އެހާ ހިސާބަށެވެ. އަނެއްކާވެސް ދަނީ ހިނިގަނޑު ފަޅައިގެންނެވެ. އަސްލު ބުނަން އުޅުނު އެއްޗެއް ބުނެވުނީ ލައްކައިރު ވީ ފަހުންނެވެ. އޭރު ވީނުވީއެއް ނޭންގުނަސް އޭނާ ހޭތީ ބަނޑުގައި ގޮށްލާ ވަރުވެއްޖެއެވެ. ރައީސް ޔާމީން ދެއްކެވި މޮޅު ވާހަކައެކޯލައެވެ. "ދެން ވެރިކަމަށް އާދެވިއްޖެނަމަ ހަޤީގީ ވަގުން ހާމަކުރާނަމޯލައެވެ." ދެންވެސް ބުނެވުނީ އެހާވަރަށެވެ. އަނެއްކާވެސް ފަށަނީ ހޭށެވެ. އިތުރު ތަފްސީލެއް ދެވޭވަރެއް ނުވިއެވެ. ބިޒީއޭ ފަހުން ގުޅާނަމޭ ބުނެ ފޯނު ބާއްވާފައި ނޫސްތައް ބަލާލައިފީމެވެ. އިހަވަންދޫގައި ރައީސް ޔާމީން ދެއްކެވި ވާހަކަތައް އެއޮތީ ފަލަ ސުރުޚީތަކުގައެވެ.

ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބުވެއްޖެ ނަމަ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ހަގީގީ ވަގުންނަކީ ކޮން ބައެއްކަން ހާމަކޮށްދެއްވުމަށް ކަމަށާއި ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، ރައްޔިތުންނަށް އެކަން ހާމަކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް މި ފުރުސަތު ލިބިއްޖެ ކަމަށްވާ ނަމަ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކޮބައިތޯ ފައިސާ ނަގާފައި ތިބި ބަޔަކީ ކޮބައިތޯ ވައްކަން ކޮށްފައި ތިބި ބަޔަކީ ކޮބައިތޯ ކޮރަޕްޝަން ހިންގާފައި ތިބި ބަޔަކީ އަޅުގަނޑު ބޭނުންވޭ އެކަން ހާމަކުރަން،" ޔާމީން ވިދާޅުވިއެވެ.

ޚަބަރުތައް ކިޔާލުމަށްފަހު އޭގައި ކިޔުންތެރިން ކޮށްފައި ހުރި ކޮމެންޓުތަކަށް ބަލާލީމެވެ. ކަމަކު ދާކަށް ނެތެވެ. މީހަކު އިތުރަކަށް ކިޔާނެ އެއްޗެއް ނެތެވެ. ރައީސް ޔާމީންގެ އެވާހަކަތައް ރައްދުކުރި ރައީސް އީބްރާހީމް މުހައްމަދު ސާލިހާއި މިއަދުގެ ސަރުކާރުންވެސް އިތުރަށް ދޭނެ ރައްދެއްވެސް ނެތެވެ. ބުނާންވީ އެއްޗެހި ވަރަށް ސާފުކޮށް މީހުން ބުނެ ނަގާފައި ހުޓެވެ. އެއްބަޔަކު ވަރަށް ފަށުވިކޮށް ވަރަށް ފުންކޮށެވެ. އަނެއް ބަޔަކު ދެފަށް މާނައިގައެވެ. ސީދާ ނުބުނެ ކޮށްފައިހުރި ސުވާލުތައްވެސް ބައިވަރެވެ. ލިޔެލެވޭހާ ހަޑިކޮށާއި ރީތިކޮށް މަލާމާތްވެސް ކޮށްފައެވެ. ބައެއް ކޮމެންޓްތަކަށް ބަލާލާނަމެވެ.

އެންމެ ގިނަ މީހުން ބުނި އެއް ވާހަކައަކީ މިހާރު އެލިސްޓު ހާމަނުކޮށް ހުންނަވަނީ ކީއްވެތޯއެވެ. އަދި ކުރިން އެކަން ނުކުރައްވާ ދައުރު ނިންމަވާލެއްވީ ކީއްވެތޯ ކަމަށެވެ.

"އެނގެންޔާ މިހާރުވެސް ހާމަ ނުކުރަންވީ ސަބަބެއް ނެތް. އެހެންވީމަ ވެރިކަން ލިބުނީމަ ކަންކަން ކުރަންޔާ އެކުރެވެނީ އަމިއްލަ މަންފާއަށް ރައްޔިތުންގެ ނޫނީ ގައުމުގެ ހައްޤުގައެއް ނޫން." އޭގެތެރެއިން އެކަކު ބުންޏެވެ.

އެހެން މީހަކު ބުނީ "ފުރަތަމަ ދައުރު ނުވީކަމެއް ދެންވާނެކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް" ކަމަށެވެ.

ރައީސް ޔާމީންގެ އިޚްލާސްތެރިކަމެއް ނެތްކަން ސިފަކޮށް މީހަކު ބުނީ "ވަރަށް ޒިންމާދާރުކަން ކުޑަ. މަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން ހިނގީ، ފަޅާއެރީވެސް ހަމަ މަނިކުފާނުގެ ވެރިކަމުގައި. މިހިންމިކަން އޮތްއިރު އަދި މަނިކުފާނުގެ ޒިންމާ ދައުލަތުގެ ހަޒާނާ ރައްކާކުރުމުގައި މަތިވެފައި އޮތްއިރު ދެނެހުރިކަމެއް ކިޔާދޭނީ ދެންފަހަރަކުން ވެރިކަން ލިބިގެންނޭ. ވަރަށް ޒިންމާދާރުކަން ކުޑަ" ކަމަށެވެ.

ދެން އެންމެ ގިނަ މީހުން ބުނަމުން ދިޔައީ އެކަން ހިނގީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި އެކަމުގައި އުޅުއްވީ އަދީބުކަން އެންމެނަށް އެނގޭ ކަމަށެވެ. އަދި އަދީބަކީ ރައީސް ޔާމީންގެ ކާކު ކަމާއި މައްސަލަ ޖެހުނީވެސް ފައިސާއާ ހެދިކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. އަދި ހަގީގީ ވަގުންނަކީ ކޮންބައެއްކަން ރައްޔިތުންނަށް ނޯޅޭ ކަމަށާއި އެލިސްޓުގެ ކުރީގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.

އެގޮތުން "ހަނދާން ނައްތާލާ ކަލޭގެ ނަން ތިޔަ ލިސްޓުގައި ނޯންނާނެ އެއްވެސް ގޮތެއް ނެތް" ކަމަށް މީހަކު ބުނިއިރު އެހެން މީހަކު ބުނީ "ބަދަލު ހިފުމުގެ ރޫހެއްގައި ވެރިކަން ހޯދަން އުޅުމަކީވެސް ނާކާމިޔާބުގެ ނިޝާނެއް" ކަމަށެވެ.

ހިނިގަނޑެއް ޖަހާލަމުން މީހަކު ބުނީ "ދެވަނަ ދައުރެއް ލިބުނީމާ ވަގުންނާ ބެހޭގޮތުން ވިކްޓްރީ ސްޕީޗުގައި ޔާމީނު ވިދާޅުވާނީ ސަޕްރައިޒް…އިޓް ވޯޒް މީ!!" ކަމަށެވެ.

"އެކަމަކު މަނިކުފާނެއް ނޫންތޯ ވިދާޅުވީ މަނިކުފާނު ގެއަށް ވަންނަނީ ހަލާލު ފައިސާއެއް ނޫނޭ. އެކަމަކު މަނިކުފާނު ﷲ ގަންދީ ހުވާކޮށްގެން ހުރީ ދައުލަތަށާއި ރައްޔިތުންނަށް އަމާނާތްތެރި ވުމަކަށް ނޫންތޯ. ދެން ތިބުނާހެން ބަޔަކު މީހުން ބޮލަށް ކަނޑާލާފައި އުމުރަށް ޖަލަށް ލެވިދާނެ. މަނިކުފާނަކީ އަދުލެއް އިންސާފެއް އޮންނަ މީހެއް ނޫނީވިއްޔާ. ބުރުގާ ކަންގަޑާ ޕެންޑްރައިވްއިން ވެސް މަނިކުފާނު ހެކި ސާބިތުކުރާނެ" ރައީސް ޔާމީންގެ ކުރީގެ ވާހަކަތައް ހަނދާންކޮށްދެމުން މީހަކު ބުންޏެވެ.

ރައީސް ޔާމީންގެ ޝަރީއަތުގައި ދާދިފަހުން ނެގި ހެކިބަހާވެސް ގުޅުވައި މީހަކު ބުނީ "ގައުމުގައި މާލީ ނިޒާމެއް އޮތްވައި، ތެދުވެރި އިޚްލާސްތެރި ވެރިއެއްގެ ގޭގެ ސިޓިންގް ރޫމުގައި ބޮޑެތި އަދަދުތަކުން ފައިސާ ގުނަން ތިބޭނެކަމަށް ނުބެލެވޭ. ތިކަހަލަ ކަންތައްތައް އެންމެ ގިނައިން ހިނގަނީ އެފްރިކާ ބައްރުގެ ފަގީރު ގައުމުތަކުގައާއި ކަޅު ފައިސާ ދޮންނަ މީހުންގެ ތެރޭގައި" ކަމަށެވެ.

އެއަށް ބާރު ދެމުން އެހެން މީހަކު ބުނީ "ފައިސާ ނުނަގާ ވެރިއެއްގެ ގޭގައި މިލިއަން ޑޮލަރަށްވާ ފައިސާ އަތުން ގުނަން ތިބުން އެއީ ބުއްދި ގަބޫލު ނުކުރެވޭ ކަމެއް" ކަމަށެވެ.

ލާނެތް ގޮތަކަށް މީހަކު ބުނީ "ވޯޓު ދިނުމުގެ ކުރިން ބޮލަށް ބޭސްކުރަން ހިނގާނެ ޚަރަދުގެ ތަފްސީލު ދޭންޖެހޭ. އެހެން ނޫނީ ދެން ވެރިކަމަށް އައިސް ބޮލަށް ބޭސް ކުރާށޭ ކިޔައިގެންވެސް ތިޖޫރީގެ ފޫ ދުއްވާލާނެ" ކަމަށެވެ.

މީހަކު ހަމަ ސީދާ ބަހުން ރައީސް ޔާމީނަށް ތުހުމަތުކުރަމުން ބުނީ "ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރިކޮށް ހުދުމުހުތާރުކޮށް ވެރިކަން ކުރި އެއް ރައީސަކީ ތީ. އެވަރުން ނުވެގެން ދައުލަތަށް ލިބުނު އެތަކެއް ބިލިއަން ތިމާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން ހުރެ އެހެން މީހުންނަށް ވަގަށް ގޮވަނީ" ކަމަށެވެ.

އެހެން މީހަކު ބުނީ "ދެން ވަގުންނަށް އެނގޭނީ ކޮންބައެއްކަން ވަގުންނަކީ. ހަމަ އެކަނި ތިޔަ ވާހަކައަށް ދެވަނަ ދައުރެއް ދޭވަރެއް ނުވޭ" ކަމަށެވެ. އަދި "ނުލިބޭތޯ ދުޢާ ކުރަން!! ކުރިޔަށް ވުރެއް ގިނަ މީހުން ޖަލަށް ލާ ބަދަލު ހިފުމުގެ ރޫހެއްގަ މިހާރުވެސް ތިހުރީ.. ތިޔަހެން ގަދަ ބަސް ބުނާ އެންމެން ވަނީ އަޅިޔަށް.." ކަމަށްވެސް އެހެން މީހަކު ބުންޏެވެ. މީގެ އިތުރުން ހަގީގީ ވަގު ނޭންގިގެން އުޅެނީ ކާކައްތޯ, އަމިއްލަ ނަފުސައް ހަގީގީ ވަގަކީ ކޮބައިކަން އަމިއްލަ ނަފުސައް ވިސްނާލާ," މިހެންވެސް މީހަކު ބުނެފައިވެއެވެ.

މީކީ އަދި ސިޔާސީ މީހުން ޓްވިޓަރުގައާއި ފޭސްބުކްގައި ލިޔެފައިހުރި ވާހަކަތަކެއް ނޫނެވެ. ނޫސްތަކުގެ ކޮމެންޓުތަކުގައި ހުރި ވާހަކަތަކެވެ. ވިސްނާލާށެވެ. އަދި ކިތައް ކޮމެންޓު އޭގެ ތަރަހައިން ބޭރުވެގެން އެޑިޓަރަށް ޢާއްމުކުރަން އުނދަގޫވެފައިވެސް ހުންނާނެތާއެވެ.

ކޮންމެއަކަސް އަހަރެން އިތުރު އެއްޗެއް ބުނާކަށް ނެތީމެވެ. ރައީސް ޔާމީން ވިދާޅުވި އެއްޗަކަށް އާއްމުން ދެއްކި ވާހަކަތައް އެހުރީ އެގޮތަށެވެ. އެރި އިރާއެކު ގުޅި ރަހުމަތްތެރިއާ ނޫނަސް އެވާހަކަތަކުން ހީހީ ހަލާކުވެއްޖެއެވެ. ރައީސް ޔާމީން ދެއްވި ސްޕީޗާއި އެއަށްފަހު އޮންލައިން ނޫސްތަކުގެ ޚަބަރުތަކާއި އެއަށް ކޮށްފައިހުރި ކޮމެންޓުތަކުން އެކަން ކަށަވަރުކޮށްލާށެވެ. އެތަކެތި އެހުރީ ހާމައަށް ފެންނާށެވެ.

ޔާމީންމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު