Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

"އަހަރަމެން ފެއިލް ވަނީ ޔޫރަޕުގައި، ލަލީގާއަކު ނޫން!"

އޭނާ ބުނީ ރެއާލްގެ މެޗަށް އޮތް މޯޓިވޭޝަން ބޮޑު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޮކްޓޯބަރު 2022 | އާދީއްތަ 02:51
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާ ފެއިލްވަމުން ދަނީ ޔޫރަޕުގައި ކަމަށާއި، ނަމަވެސް ސްޕެނިޝް ލީގުގައި ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ މިހެން ބުނީ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ އިން ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޒަވީ ބުނީ ރެއާލާ ދެކޮޅަށް ނުކުންނަން އޭނާ ބޭނުންވާ ކަމަށާއި، ސަބަބަކީ އޭނާ އަކީ ވާދަވެރިކަމަށް ބޭނުންވާ މީހަކަށްވުމުން ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ ބުނީ ޗެލެންޖިން މެޗުތައް ކުޅެން ބޭނުންވާ ކަމަށެވެ. އެގޮތުން ރެއާލްގެ މެޗަށް އޮތް މޯޓިވޭޝަން ބޮޑު ކަމަށާއި، މެޗުން މޮޅުވެވިއްޖެ ނަމަ ލީގު ތާވަލްގެ އެއް ވަނަ ލިބޭނެ ކަމަށެވެ. އަދި އެއަށްފަހު އެއް ވަނައިގައި ފަރަގު ބޮޑު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް ޒަވީ ބުންޏެވެ. އޭނާ ބުނީ މެޗުގެ ސީރިއަސް ކަމާއި، ރަނގަޅު ކުޅުން ދައްކާނީ ކުޅުންތެރިން ކަމަށާއި އޭނާގެ ޒިންމާ އަކީ ކުޅުންތެރިން ތިބީ ރަނގަޅަށްތޯ ބެލުން ކަމަށެވެ.

ފާއިތުވި ހަފްތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން އަތުން އެއްްވަރުވުމުން ބާސެލޯނާ އަށް ވަނީ ޔޫރޮޕާ ލީގުގެ ބިރު ބޮޑުވެފައެވެ. މިއީ އެ ޓީމުގެ ކޯޗުކަމާ ޒަވީ ހަވާލުވިފަހުން ޔޫރޮޕާ ލީގާ ދިމާލަށްދާ ފުރަތަމަ ފަހަރެވެ. އެކަމަށް އިޝާރަތްކޮށް ޒަވީ ބުނީ، ފެއިލްވި މެޗަކީ ފެއިލްވުން ހައްގު މެޗެއް ނޫން ކަމަށެވެ. އަދި އެކަމާ އޭނާ ދެރަވާ ކަމަށާއި، ނަމަވެސް އަބަދުވެސް ޕޮސިޓިވްކޮށް ތިބެން ޖެހޭ ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ ބާސެލޯނާ ފެއިލް ވަނީ ޔޫރަޕުގައި ކަމަށާއި، ސްޕެނިޝް ލީގުގައި ނޫން ކަމަށެވެ.

މީގެ އިތުރުން ޒަވީ ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ބުރަ މަސައްކަތް ކުރާ ނަމަ، އެކަމުގެ ނަތީޖާ ވެސް ފެންނާނެއެވެ. ޒަވީ ބުނީ އޭނާ ހަވާލުވެގެން އުޅޭ ޓާސްކަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، އެކަން ޙާސިލްވަންދެން އޭނާ މަސައްކަތުގައި ހުންނާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި އޭނާ އަށް ޖަވާބު ދާރީ ނުވެވިއްޖެ ނަމަ އެއް ފަރާތްވާނެ ކަމަށެވެ. އެއީ އޭނާ އަކީ ބާސެލޯނާ އަށް މައްސަލައަކަށް ވާން ބޭނުންނުވާތީ ކަމަށާއި ނަމަވެސް މިވަގުތު އޭނާ ހުރީ ރަނގަޅަށް ކަމަށް ވެސް ޒަވީ ބުންޏެވެ.

އޭނާ ބުނީ އިިންޓަ މެޗުގެ ނަތީޖާ އައި ގޮތުން މެންޓަލީ ބާސެލޯނާ ދަށްވާނެ ކަަމަކަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ބާސެލޯނާސްޕެނިޝް ލީގުޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު