ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 12:02
ލަނޑުޖެހުމަށްފަހު މެކްޓޮމިނޭ
ލަނޑުޖެހުމަށްފަހު މެކްޓޮމިނޭ
ރޮއިޓާސް
ޔުއެފާ ޔޫރޮޕާ ލީގު
މެންޗެސްޓަރ ޔުނައިޓެޑް މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ލަނޑުން
 
ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ޔުނައިޓެޑަށް އެބައޮތް

މެޗުގެ އިތުރު ވަގުތުގައި މެކްޓޮމިނޭ ޖެހި ހަމައެކަނި ލަނޑުން މޮޅުވެ, މެންޗެސްޓަރ ޔުނައިޓެޑުން ހަމަޖެހުމެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި އޮމޯނިއާ ނިކޯސިއާއާ ލަނޑެއް ނުޖެހި އެއްވަރުވާން ދިޔަ މެޗުގައި ސަންޗޯ ތަނަވަސްކޮށްދިން ފުރުޞަތުން މެކްޓޮމިނޭ ލަނޑު ޖެހީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައެވެ. އޭނާ ކުޅެން ނުކުތީ މެޗުގެ ފަހު ދިހަ މިނެޓުގައެވެ. މިނަތީޖާގެ ސަބަބުން ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ޔުނައިޓެޑަށް އެބައޮތެވެ. އެކަމަކު އަދި ޔުނައިޓެޑް އޮތީ ނުވަ ޕޮއިންޓާއެކު ދެވަނާގައެވެ. އެއްވަނާގައި 12 ޕޮއިންޓާއެކު އޮތީ ރެއާލް ސޮއިއެޑާޑްއެވެ.

މެޗުގައި އިތުރު ލަނޑެއް ނުޖެހުނަސް ލަނޑުޖަހަން ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށް, އެޓޭކްތަކެއް ޔުނައިޓެޑުން ކުރިއެވެ. ކޯޗު ޓެން ހާގު ބުނީ މެޗުން ފެނުނު އެންމެ ރަނގަޅު ކަމަކީ ފަހުވަގުތާ ހަމައަށްވެސް އުއްމީދު ދޫނުކޮށް މަސައްކަތް ކުރުންކަމަށެވެ. މެޗުގައި ޔުނައިޓެޑުން ގޯލާ އަމާޒުކޮށް ފޮނުވާލި 12 ބޯޅައިގެ ތެރެއިން 11 ބޯޅަ އޮމޯނިއާ ނިކޯސިއާގެ ކީޕަރު ފްރާންސިސް އޮޒޯހޯ ވަނީ ދިފާއުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
67%
0%
0%
33%
0%
0%
ކޮމެންޓް