Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފުރިޖުގަ ދަނޑުހެއްދުން

ޤަދީމީ ދަނޑުވެރިކަން ޒަމާނީ ފުރިޖަކަށް: ދިވެހިންނަށް ވެސް ދަސްކުރެވިދާނެ އުކުޅެއް!

ކަސްޓަމަރު ގެންދާ ތާޒާ އުފެއްދުން، ހަފުތާއެއް ނޫނީ 10 ވަރަކަށް ދުވަހު، ކަސްޓަމަރަށް ގޭގައިވެސް ބެހެއްޓޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 06:15
މިއީ ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން، އެހެން ގޮތަކަށް ބުނާނަމަ ވެއްޔާ ނުލާ ކުރާ ދަނޑުވެރިކަން

މިއީ ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން، އެހެން ގޮތަކަށް ބުނާނަމަ ވެއްޔާ ނުލާ ކުރާ ދަނޑުވެރިކަން

ބަލާބެލުމަށް، އެއީ ކަންމަތީ ފިހާރައެއްގައި ހުރި އާދައިގެ ފުރިޖެކެވެ. ލޮލަށް ފެންނަ ކޮންމެ އެއްޗަކީ ޙަޤީޤަތަކަށް ނުވެދާނޭ ބުނާ އުސޫލުން، މި ފަހަރުވެސް ކަން އޮތީ އެ ގޮތަށެވެ. ފެންނަ ފެނުމަށް ފުރިޖެއް ކަމުގައި ހީވިއަސް، މިޞްރުގެ ވެރިރަށް ޤާޚިރާގައި ހުރި މި ފުރިޖަކީ މިއީ އާދައިގެ ފުރިޖެއް ނޫނެވެ. "ފަރމްޑް ހިއަރ"ގެ ނަން ދީފައި ވާ މި ފުރިޖަކީ ހައިޑްރޯޕޯނިކްސް ފުރިޖެކެވެ. ތާޒާ ތަރުކާރީ، އަމިއްލަ އަތުން، މުލުން ލުހެލައިގެން ގެއަށް ގެންދިއުމުގެ ފުރުޞަތު، ކަސްޓަމަރުންނަށް ހޯދާދޭ ފުރިޖެކެވެ.

"ފަރމްޑް ހިއަރ"ގެ ނަން ދީފައި ވާ މި ފުރިޖަކީ ޒަމާނީ ސްމަރޓް ޓެކްނޮލޮޖީގެ ތެރެއިން ދަނޑުވެރިކަމުގެ ސިނާއަތަށް ހައްލުތަކެއް ހޯދާ ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މިޞްރުގެ ކުންފުންޏެއް ކަމަށް ވާ ޝަދޫފްއިން ބަހައްޓާފައި ވާ ފުރިޖެކެވެ.

މި ފުރިޖުގެ ތެރޭގައި ގަސް ހެއްދުމަށް، ވެލީގެ ބަދަލު ބޭނުން ކުރަނީ ފެނެވެ. ތަރުކާރީ ހައްދަން ބޭނުންވާ ގަސްކާނާއާއި އިތުރު މާއްދާތައް ފޯރުކޮށްދެނީ ފުރިޖުގެ އެންމެ ތިރީގައި ފަރުމާ ކޮށްފައިވާ ޓޭންކުތަކުން ޕަންޕު ކޮށްގެންނެވެ.

ތަރުކާރީގެ ބާވަތްތަކަކީ އެހާމެ އަވަހަށް ހަލާކުވާ ބާވަތްތަކަކަށް ވާ އިރު، މި ފަދަ ފުރިޖެއްގެ ސަބަބުން، އެ މައްސަލައަށްވެސް ވަނީ ބޮޑު ޙައްލެއް ލިބިފައި ކަން، ޝަދޫފް ކުންފުނީގެ ހެޑް އޮފް ބިޒްނަސް ޑިވަލޮޕްމަންޓް، މާލިކު މުޙައްމަދު ތަގު އަލް ދީން ވަނީ ފާހަގަ ކޮށްފައެވެ.

ޝަދޫފް ކުންފުނިން ބުނާ ގޮތުގައި މި ނިޒާމުގައި ފެން ބޭނުން ކުރާ ނިސްބަތްވެސް މަދެވެ. ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ގޮތާ އަޅާ ބަލާއިރު، "ފަރމްޑް ހިއަރ" ފުރިޖުގައި ފެން ބޭނުން ކުރާ މިންވަރު، 90 ޕަސެންޓް މަދެވެ. މިއީ އެއްވެސް ވަރަކަށް ޕްލާސްޓިކް ބޭނުން ކުރާ ނިޒާމެއް ނޫންކަން ފާހަގަ ކުރަން ޖެހެއެވެ. އަދި އެއްތަނުން އަނެއް ތަނަށް ތަރުކާރީ އުފުލުމުގެ ތެރޭގައި އުފެދޭ ކާބަން ފުޓްޕްރިންޓްވެސް މި ނިޒާމުގެ ސަބަބުން ނުއުފެދޭކަމީ، ތިމާވެއްޓަށް ދެވޭ ހެޔޮ މެސެޖެކެވެ.

ޝަދޫފް ކުންފުނިން މަސައްކަތް ކުރަމުން ދަނީ މޫސުމީ ނޭދެވޭ ބަދަލުތަކަށް، ދަނޑުވެރިކަމުގެ ސިނާޢަތް އަހުލުވެރި ކުރުވުމަށް ކަމަށް ވާ އިރު، އެ ކުންފުނިން ދަނީ، މިޞްރުގެ އެހެން ގްރޯސަރީ ފިހާރަތަކަށްވެސް މި މަޝްރޫއު ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ފެނުގެ ދަތިކަމަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ތެރެއިން މިޞްރަށް ކުރިމަތިލާން ޖެހިފައިވާ ބޮޑު ގޮންޖެހުމެކެވެ. މިއީ ރާއްޖެ ފަދަ ޤައުމެއްގައިވެސް ކާމިޔާބު ކަމާއެކު ހިންގިދާނެ، މަޝްރޫއެކެވެ.

ހައިޑްރޯޕޯނިކްސް ފުރިޖްފަރމްޑް ހިއަރ ފުރިޖްދަނޑުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިޖިޓަލްކޮށް ދަނޑުވެރިކަން ކުރެވިދާނެތަ؟

ޑިޖިޓަލްކޮށް ދަނޑުވެރިކަން ކުރެވިދާނެތަ؟

14 ޖުލައި 2023
ސައުދީގެ ރިޔާޟުން، ޤަދީމީ ޢަރަބި މިއުޒިކްގެ ރަން ޒަމާން

ސައުދީގެ ރިޔާޟުން، ޤަދީމީ ޢަރަބި މިއުޒިކްގެ ރަން ޒަމާން

14 މާރިޗު 2023
ޝާރްޖާގެ ހަނަފަސް ސަހަރާއިން ތިޔާގި ދަނޑުވެރިކަން: ސިއްރަކީ ކޮބާ؟

ޝާރްޖާގެ ހަނަފަސް ސަހަރާއިން ތިޔާގި ދަނޑުވެރިކަން: ސިއްރަކީ ކޮބާ؟

11 ފެބުރުއަރީ 2023
ނަޖުލާ: ޤަދީމީ ގަނޑުވަރު، ސްކޫލަކަށް ބަދަލު ކުރި ލާމަސީލު ޤައުމީ ދަރި

ނަޖުލާ: ޤަދީމީ ގަނޑުވަރު، ސްކޫލަކަށް ބަދަލު ކުރި ލާމަސީލު ޤައުމީ ދަރި

24 ސެޕްޓެމްބަރު 2022
ތާށިވާ މީހުން ސަލާމަތް ކުރަން "ޒަމާނީ" ކުރަފި ބޭނުން ކުރަން ސައެންސްވެރިން ތައްޔާރުވަނީ

ތާށިވާ މީހުން ސަލާމަތް ކުރަން "ޒަމާނީ" ކުރަފި ބޭނުން ކުރަން ސައެންސްވެރިން ތައްޔާރުވަނީ

22 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު