Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަނޑުވެރިކަން

ޑިޖިޓަލްކޮށް ދަނޑުވެރިކަން ކުރެވިދާނެތަ؟

އެޕްލިކޭޝަންގެ އަމާޒަކީ، ގަސްތަކަށް ފެން ބޭނުންވާ މިންވަރު ކަނޑައެޅިގެން ބަޔާން ކޮށްދިނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 ޖުލައި 2023 | ހުކުރު 03:03
ދަނޑުވެރިޔާ އެޕް

ދަނޑުވެރިޔާ އެޕް

މޫސުމީ ނޭދެވޭ ބަދަލުތަކާއެކު ކުރިމަތިލާން ޖެހިފައިވާ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން މަޖުބޫރުވާ އެއް ބަޔަކީ ދަނޑުވެރިންނޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. ތިމާވެށީގެ މައްސަލަތަކާ ކުރިމަތިލާން ނުޖެހޭ ޤައުމެއް ނެތް އިރު، ދިރިއުޅުން ނެގެހެއްޓުމަށްޓަކާއި އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ދެމެހެއްޓެނިވި ރޫޙެއްގައި ދަނޑުވެރިކަން ކުރިއަށް ގެންދިއުމަށް ބިނާ ކުރަނިވި އީޖާދުތަކަށް މިއަދު ދުނިޔެ ވަނީ ބޭނުން ޖެހިފައެވެ. އެފަދަ އެއް މަޝްރޫޢު ކުރިއަށް ގެންދާ އެއް ޤައުމަކީ އުރުދުންއެވެ. ތިމާވެށިގެ މައްސަލަތަކުން މިންޖުވެ، ހިންދެމިލާނެ ފުރުޞަތެއް ހޯދަން އުރުދުންގެ ދަނޑުވެރިން މިޞްރާބު ޖެހީ ޑިޖިޓަލް ޓެކްނޮލިޖީގެ ދުނިޔެއަށެވެ.

"ދަނޑުވެރިޔާއާއެކު" މި ނަމުގައި ދަނޑުވެރިކަމުގެ ސިނާޢީ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އުރުދުންގެ ނޭޝަނަލް އެގްރިކަލްޗަރ ރިސަރޗް ސެންޓަރާއި ބައިނަލްއަޤުވާމީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) ގުޅިގެންނެވެ. "ދަނޑުވެރިޔާއާއެކު" ޑިޖިޓަލް ޕްލެޓްފޯމަކީ ދަނޑުބިންތައް ބަލަހައްޓާނެ ގޮތާއި، ދަނޑުވެރިކަން ކުރިއަށް ގެންދާނެ ގޮތާއި، މޫސުމީ ބަދަލުތަކާއި، ދަނޑު ގޮވާން ކުރާނެ ކަލަންޑަރު ހިމަނައިގެން ތަރައްޤީ ކޮށްފައި ވާ އެޕްލިކޭޝަންއެކެވެ.

ވަރލްޑް ބޭންކުގެ ރެކޯޑްތައް ދައްކާ ގޮތުން، ޢުރުދުންއަކީ މުލި ދުނިޔޭގެ ނިސްބަތުން ބަލާއިރު ފެނުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައި ވާ ޤައުމުތަކުގެ ތެރޭގައި ގުނާލެވޭ ޤައުމެކެވެ. މި ދުވަސްވަރަކީވެސް އުރުދުންއަށް ފެނުގެ ދަތިކަމުގެ ކާރިޘާއަކާ ކުރިމަތިލާން ޖެހިފައި ވާ ދުވަސްވަރެކެވެ. އުރުދުންގެ އާބާދީގެ ނިސްބަތުން ބަލާއިރު އަހަރެއްގެ މައްޗަށް ބޮލަކަށް ލިބެން އޮތީ އެންމެ 97 ކޮޑިމީޓަރުގެ ފެނެވެ. މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އުރުދުންގެ އާބާދީ އިތުރުވުމާއި، އެތެރެވި ރެފިއުޖީންގެ ޢަދަދު އިތުރުވުމާއި، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އުރުދުންގެ ފެނުގެ ކާރިޘާ ދަނީ ގޯހުން ގޯހަށެވެ.

ޒައިތޫނި ގަސްތަކުގެ ހިޔަލުގައި އިށީނދެލައިގެން ދަނޑުވެރިޔާ ހައިޘަމް ޢަބްދުއްނާސިރު އެ އިނީ "ދަނޑުވެރިޔާއާއެކު" އެޕްލިކޭޝަން ބަލާށެވެ. ހައިޘަމް، މި އެޕްލިކޭޝަން ބޭނުންކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

"ދަނޑުވެރިޔާއާއެކު" އެޕްލިކޭޝަން ބޭނުން ކުރާނެ ގޮތުގެ ތަމްރީނުތައް، އުރުދުންގެ ދަނޑުވެރިންނަށް ދޭން ފެށިތާ އަދި މި ވީ 2 އަހަރެއްހާ ދުވަހެވެ. މިހާރު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކުން އަރައިގަންނާނެ ހައްލުތައް ހޯދުމަށް، އުރުދުންގެ ގިނަ ދަނޑުވެރިން މިހާރު ބަރޯސާ ވަނީ ޑިޖިޓަލް ޕްލެޓްފޯމަށް ކަން އެފްއޭއޯއިން ފާހަގަ ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާރްޖާގެ ހަނަފަސް ސަހަރާއިން ތިޔާގި ދަނޑުވެރިކަން: ސިއްރަކީ ކޮބާ؟

ޝާރްޖާގެ ހަނަފަސް ސަހަރާއިން ތިޔާގި ދަނޑުވެރިކަން: ސިއްރަކީ ކޮބާ؟

11 ފެބުރުއަރީ 2023
ޤަދީމީ ދަނޑުވެރިކަން ޒަމާނީ ފުރިޖަކަށް: ދިވެހިންނަށް ވެސް ދަސްކުރެވިދާނެ އުކުޅެއް!

ޤަދީމީ ދަނޑުވެރިކަން ޒަމާނީ ފުރިޖަކަށް: ދިވެހިންނަށް ވެސް ދަސްކުރެވިދާނެ އުކުޅެއް!

13 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު