Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަދީމީ ޢަރަބި މިއުޒިކް

ސައުދީގެ ރިޔާޟުން، ޤަދީމީ ޢަރަބި މިއުޒިކްގެ ރަން ޒަމާން

13 ޕެވިލިއަންއެއް ނުވަތަ ސްޓޯލެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި، ޢޫދުގެ އެކި ކަހަލަ މޮޑެލްތައް ދައްކާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 މާރިޗު 2023 | އަންގާރަ 11:11
ޢޫދުގެ އެކި ކަހަލަ މޮޑެލްތައް

ޢޫދުގެ އެކި ކަހަލަ މޮޑެލްތައް

ޤަދީމީ ޢަރަބި މިއުޒިކަށް ޝަޢުޤުވެރިކަން ހުންނަ މީހުންގެ ޢަދަދު އަދިވެސް މަދެކޭ ނުދެންވޭނެއެވެ. ސަޢުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟު ގައި ދާދި ފަހުން ކުރިއަށް ގެންދިޔަ ޢޫދު ފެސްޓިވަލް، އެކަމުގެ ހެއްކަކަށް ފުދެއެވެ. އިހުގެ ޢަރަބި ރާގުތައް، އެއާ ނުލާ ފުރިހަމަ ވެގެން ނުދާ ޢޫދު ހަދާ ފަރާތްތަކަށް ހާއްސަކޮށްގެން ރިޔާދުގައި ކުރިއަށް ގެންދިޔަ ހާއްސަ ފެސްޓިވަލްއަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ތަރުޙީބު ވަނީ ލިބިފައެވެ.

3 ދުވަހުގެ މުއްދަތަށް ރިޔާޟުގައި ކުރިއަށް ގެންދިޔަ ޢޫދު ފެސްޓިވަލްގެ މަޤްޞަދަކީ، ޢަރަބި ޤަދީމީ މިއުޒިކް ނެތިދިޔަ ނުދީ ދެމެހެއްޓުމުގެ އިތުރުން، އެކި ޤައުމުތަކުގެ މެހެމާނުންނަށް ޢޫދު ތަޢާރަފު ކޮށްދިނުމެވެ.

13 ޕެވިލިއަންއެއް ނުވަތަ ސްޓޯލެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި، ޢޫދުގެ އެކި ކަހަލަ މޮޑެލްތައް ދައްކާލާފައި ވެއެވެ. ބައެއް ޢޫދުގެ އަގު، 2500 ޑޮލަރަށް ވުރެވެސް މައްޗަށް އަރާފައިވެއެވެ.

ނުހަނު ޝަޢުޤާއެކު ފެސްޓިވަލަށް މެހެމާނުން ޒިޔާރަތް ކުރި ޤައުމުތަކުގެ ތެރޭގައި މިޞްރު، ސޫރިޔާ އަދި ޢިރާޤުގެ މެހެމާނުން ހިމެނެއެވެ. ސަޢުދީ މީހުންވެސް ވަނީ އެތައް ޒަމާނަކަށްފަހު، އެ ޤައުމުގައި މިފަދަ ކަމެއް ކުރާތީ އެކަމާ އިންތިހާއަށް އުފާވާކަން ހާމަކޮށްފައެވެ.

މިއުޒިކްއާ ދުރުގައި އެތައް އަހަރެއް ހޭދަކޮށްފައި ވާ ސަޢުދީގައި މިހާރު މަޑުމަޑުން މިއުޒިކްގެ ފޯރި ދަނީ ގަދަވަމުންނެވެ. އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމުގެ އިތުރުން، އާންމު ތަންތަނުގައި، ދެ ޖިންސު އެކުވެގެން އެކި ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ސަޢުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ދޭން ފަށާފައެވެ. މިފަދަ ބޮޑު ބަދަލެއް ސަޢުދީގެ އާދަކާދައަށް ގެނައުމުގެ ފަހަތުގައި ހުންނެވީ، އެ ޤައުމުގެ ނުފޫޒު ގަދަ ވަލީ އަހުދު، މުޙައްމަދު ބިން ސަލްމާން ނުވަތަ އެމްބީއެސް ކަމަށް ވާ އިރު، ގިނަ ބައެއްގެ ފާޑުކިއުންވެސް، ވަލީ އަހުދަށް ދަނީ އަމާޒު ވަމުންނެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ ސަޢުދީގެ އެކި ފަރާތްތަކުގެ ފިކުރު ތަފާތެވެ.

މުނިފޫހިފިލުވުމުގެ ކަންކަމަށް ހާއްސަކޮށްގެން ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީގެ ނަމުގައި ހާއްސަ ހަރަކާތެއް، ސަޢުދީ ސަރުކާރުން ތަޢާރަފު ކުރީ 2016 ވަނަ އަހަރުއެވެ. 2030 ވަނަ އަހަރުގެ ތަޞައްވުރު ހާސިލު ކުރުމުގެ ނަމުގައި ސަޢުދީއިން ދަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ އެކި ކަންކަމަށް ބޮޑެތި ޚަރަދުތަކެއްވެސް ކުރަމުންނެވެ. އެގޮތުން ބޮޑެތި ކޮންސެޓް ޝޯވތައް ސްޕޮންސަރ ކުރުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ.

ސައޫދީ އަރަބިއްޔާރިޔާޟްމިއުޒިކް ފެސްޓިވަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ

ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ

09 ޑިސެމްބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

09 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު