Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސައިބޯގް ކުރަފި

ތާށިވާ މީހުން ސަލާމަތް ކުރަން "ޒަމާނީ" ކުރަފި ބޭނުން ކުރަން ސައެންސްވެރިން ތައްޔާރުވަނީ

22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 07:50

ދިރާސާ ޓީމުން ދަނީ ކުރަފީގެ ހަރަކާތްތައް ފައްކާ ކުރުމުގެ މަސައްކަތް ކުރަމުން، އެގޮތުން ކޮމްޕިއުޓަރާއި ބްލޫޓޫތު ވަޔަލަސް ޓެކްނޮލޮޖީގެ އެހީގައި، ކުރަފިތައް ކޮންޓްރޯލް ކުރާ ގޮތް ވަނީ ދައްކާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 07:50
ކުރަފީގެ ބުރަކަށީގައި ބަނދެފައިވާ ދަބަހުގައި ވާ ސާމާނު ގަތުމަށް ޚަރަދު ކުރީ 5000 ޔެން ނުވަތަ 35 ވަރަކަށް ޑޮލަރު، ދަބަސް ފަރުމާ ކޮށްފައި ވަނީ ބާލާ ހެދޭ ގޮތަށް

ކުރަފީގެ ބުރަކަށީގައި ބަނދެފައިވާ ދަބަހުގައި ވާ ސާމާނު ގަތުމަށް ޚަރަދު ކުރީ 5000 ޔެން ނުވަތަ 35 ވަރަކަށް ޑޮލަރު، ދަބަސް ފަރުމާ ކޮށްފައި ވަނީ ބާލާ ހެދޭ ގޮތަށް

ބިންހެލުމާއި އެނޫންވެސް އެފަދަ ކަންކަމާ ގުޅިގެން އުސް އިމާރާތްތައް ވެއްޓި، ގާ ކުނޑިތަކުގެ ދަށުގައި މީހުން ތާށިވުމުގެ ހާދިޘާތައް ހިނގާ އިރު، އެ މީހުން ސަލާމަތް ކުރުމަށް ހިންގާ އޮޕަރޭޝަންތަތަކީ އެންމެ ހައްސާސް އެއް އޮޕަރޭޝަނެވެ.

ބަރު އުޅަނދު ފަހަރު ބޭނުން ކޮށްގެން ގާ ކުނޑިތަކުގެ ތެރޭގައި ދުއްވުމުގެ ކުރިން، މީހަކު ދިރިހުރިތޯ ބަލަން ޖެހެއެވެ. އެއީ އެތައް ވަގުތެއް ހޭދަ ވާ ކަމަށް ވީ ނަމަވެސް، އެފަދަ މާހައުލެއްގައި މާ ގިނަ އިރަކު އިންސާނަކަށް ދިރިއެއް ނޯވެވެއެވެ. އެހެން ކަމުން، އެކަމަށް ހައްލު ހޯދުމުގެ ގޮތުން އެކި ކަހަލަ އީޖާދުތައް ކުރަމުން ދާ އިރު، އެ ލިސްޓަށް އެންމެ ފަހުން އިތުރު ވީ ސައިބޯގް ކުރަފިތަކެކެވެ.

ސައިބޯގް ކުރައްޕަކީ އޯގޭނިކް އަދި މަސްނޫއީ ބައިތަކެއް އެކުލެވޭ ކުރަފިތަކެކެވެ. ޖަޕާނުގެ ރިސާޗަރުންތަކެއް މިކަން ކުރީ އިލެކްޓްރޯނިކް ޑިވައިސްތަކަކާއި ސޯލަރ ސެލްތަކެއް، ކުރަފީގައި ހަރުކޮށް، ރިމޯޓް ކޮންޓްރޯލްގެ އެހީގައި އެ ކުރަފިތަކުގެ ހަރަކާތްތައް ކޮންޓްރޯލް ކޮށްގެންނެވެ.

ދިރާސާ ކުރުމުގެ ދާއިރާގައި ޖަޕާނުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ރައިކެންގެ ތިން-ފިލްމް ޑިވައިސް ލެބޯޓްރީގައި، ސައިބޯގް ކުރަފި ތަރައްޤީ ކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ ކެންޖީރޯ ފުކޫޑާއާއި އޭނާގެ ޓީމެވެ. ފުކޫޑާއާއި އޭނާގެ ޓީމުން އުފެއްދީ 4 މައިކްރޯންސްގެ ބޯ މިހުން ހުންނަ ސޯލަރ ސެލް ފިލްމެކެވެ. އެއީ އިންސާނެއްގެ ބޮލުގެ އިސްތަށީގެ ވަށަ މިނުގެ 25 ބައިކުޅަ 1 ބައި ބޯ މިނެވެ. އެ ފިލްމު ހަރުކުރަނީ ކުރަފީގެ ބަނޑުގައެވެ.

ފިލްމް ފަރުމާ ކޮށްފައި ވަނީ މިނިވަން ކަމާއެކު، ކުރައްޕަށް ހެލިފެލިވެ އުޅެވޭ ގޮތަށެވެ. އަދި ސޯލަރ ސެލްގެ އެހީގައި، އެ ސޫފީގެ ގުނަވަންތަކަށް އިރުޝާދު ފޮނުވުމަށް ދޭ އިރުޝާދުތަކުގެ ސިގްނަލް ފޯރުކޮށްދިނުމަށް ހަކަތަ އުފައްދައެވެ.

މި ޓެކްނޮލޮޖީއަކީ ސޫފާސޫފި ކޮންޓްރޯލް ކުރުމަށް ސިންގަޕޫރުގެ ނަންޔާންގް ޓެކްނޮލޮޖިކަލް ޔުނިވަރސިޓީއިން ބޭނުން ކުރި ތަޖުރިބާތަކެއް އަސްލަކަށް ބަލައިގެން ފަރުމާ ކުރި ޓެކްނޮލޮޖީއެކެވެ. ނަތީޖާއެއްގެ ގޮތުން، އިންސާނުންގެ ފުރާނައަށް އިންތިހާއަށް ނުރައްކާތެރި މާހައުލުތަކަށް ރޮބޮޓުން ފޮނުވުމުގެ ބަދަލުގައި ފޮނުވިދާނެ، ސައިބޯގް ސޫފީގެ ފައުޖުތަކެއް އުފެއްދިދާނެ ކަމަށް ސައެންސްވެރިން އުއްމީދު ކުރެއެވެ.

ސައިބޯގް ކުރަފި ތަރައްޤީ ކުރުމުގެ މަޝްރޫއަށް، ފުކޫޑާއާއި އޭނާގެ ޓީމުން ޚިޔާރު ކުރީ މަޑަގަސްކާ ހިސިންގް ކޮކްރޯޗްއޭ ކިއާ ޒާތުގެ ކުރަފިތަކެކެވެ. ސަބަބަކީ، އެ ޒާތުގެ ކުރައްޕަކީ ކަމަށް ހާއްސަކޮށްގެން ފަރުމާ ކުރި އާލާތްތައް އުފުލޭހާ ބޮޑު ކުރައްޕަކަށް ވެފައި، މަސައްކަތަށް ހުރަސް އަޅާނެ ފިޔަގަނޑެއް އެ ކުރަފީގައި ނެތުމެވެ. ކުރަފީގެ ބުރަކަށީގައި ދަބަހެއް ބަނދެ، ތެރަސް ލައިގެން ފިލްމެއް ތަތްކުރ ކަމުގައި ވީ ނަމަވެސް، ފަސޭހަ ކަމާއެކު އެ ސޫތްޕަށް ދަތުރުކޮށް އުޅެވެއެވެ. އަދި ފުށުން ޖެހިއްޖެ ހިނދެއްގައި، އަމިއްލައަށް ރަނގަޅުކޮޅަށް ޖެހި، ދުއްވައިގަތުމުގެ ޤާބިލުކަންވެސް އެ ބާވަތުގެ ކުރައްޕަށް ލިބިގެންވެއެވެ.

ޖަޕާނުގެ ދިރާސާ ޓީމުން ދަނީ ކުރަފީގެ ހަރަކާތްތައް ފައްކާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރިސާޗަރ ޔުޖީރޯ ކަކޭއީ ވަނީ ކޮމްޕިއުޓަރާއި ބްލޫޓޫތު ވަޔަލަސް ޓެކްނޮލޮޖީގެ އެހީގައި، ކުރަފިތައް ކޮންޓްރޯލް ކުރާ ގޮތް ދައްކާލާފައެވެ. ވާތަށް ދަތުރު ކުރަން ދިން އިރުޝާދަށް އެ ކުރަފި ކިޔަމަންވި ނަމަވެސް، ކަނާތަށް ދަތުރު ކުރަން އިރުޝާދު ދިނުމުން، ވަށް ބުރެއްގެ ބައްޓަމަށް ދަތުރު ކުރުން ނޫން ކަމެއް ނުވިއެވެ. ދިރާސާ ފުރިހަމަ ކުރުން އަދިވެސް އޮތީ ކުރިއަށެވެ.

ދިރާސާގައި ދެން އޮތީ މިކަމަށް ބޭނުންވާ އެކި އެކި ބައިތައް، ސޫފާސޫފިތަކަށް ފަސޭހަކަމާއެކު ހެލިފެލިވެއުޅެވޭ ވަރަށް ކުޑަ ކުރުމުގެ މަސައްކަތެވެ. ކުރަފީގެ ބުރަކަށީގައި ބަނދެފައިވާ ދަބަހުގައި ވާ ސާމާނު ގަތުމަށް ޚަރަދު ކުރީ 5000 ޔެން ނުވަތަ 35 ވަރަކަށް ޑޮލަރެވެ. ދަބަސް ފަރުމާ ކޮށްފައި ވަނީ ބާލާ ހެދޭ ގޮތަށެވެ.

ދިރާސާއަށް ބޭނުން ކުރާ ކުރަފިތައް ފުރާފުރިހަމަ ވަނީ 4 މަސްދުވަހުން ކަމަށް ވާ އިރު، އެއީ ބަންދުކޮށްގެން ގެންގުޅޭނަމަ 5 އަހަރެއްހާ ދުވަހަށް ދިރިއުޅޭ ކުރަފިތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

20 މާރިޗު 2017

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން
18 މާރިޗު 2017

ސޯނާކްޝީ ބޭނުންވަނީ އަމީތާބްގެ "ކޭބީސީ" ކަހަލަ ޝޯއެއް ހުށަހަޅަން

18 މާރިޗު 2017
ސޯނާކްޝީ ބޭނުންވަނީ އަމީތާބްގެ "ކޭބީސީ" ކަހަލަ ޝޯއެއް ހުށަހަޅަން
13 މާރިޗު 2017

ސާރާ ފިލްމް ކުޅެން ބޭނުން ވަނީ ރަންވީރާ އެކު

13 މާރިޗު 2017
ސާރާ ފިލްމް ކުޅެން ބޭނުން ވަނީ ރަންވީރާ އެކު
27 ފެބުރުއަރީ 2017

ޒަމާނީ ބަދަލުތަކާ އެކު ނޮކިއާގެ އިހުގެ ފޯނުތައް މާކެޓަށް

27 ފެބުރުއަރީ 2017
ޒަމާނީ ބަދަލުތަކާ އެކު ނޮކިއާގެ އިހުގެ ފޯނުތައް މާކެޓަށް
26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
26 ފެބުރުއަރީ 2017

"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް

26 ފެބުރުއަރީ 2017
"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް
26 ޖެނުއަރީ 2017

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް

26 ޖެނުއަރީ 2017
ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް
09 ޖެނުއަރީ 2017

ނަސީރުއްދީން ޝާހުގެ ފުރާނަ އޯމް ޕޫރީ ސަލާމަތްކުރި ކަން އެނގޭބާ؟

09 ޖެނުއަރީ 2017
ނަސީރުއްދީން ޝާހުގެ ފުރާނަ އޯމް ޕޫރީ ސަލާމަތްކުރި ކަން އެނގޭބާ؟
08 ޖެނުއަރީ 2017

"ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ

08 ޖެނުއަރީ 2017
 "ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ
07 ޖެނުއަރީ 2017

ޒިންމާ ނަގަން ޖެހޭނީ ޝޯވގެ ޕްރޮޑިއުސަރުން، އެ މީހުން ބޭނުންވީ މަރާޔާ ކެރީ ފެއިލްވާން: ޓީމް

07 ޖެނުއަރީ 2017
ޒިންމާ ނަގަން ޖެހޭނީ ޝޯވގެ ޕްރޮޑިއުސަރުން، އެ މީހުން ބޭނުންވީ މަރާޔާ ކެރީ ފެއިލްވާން: ޓީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް