Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަދީމީ ގަނޑުވަރެއް ސްކޫލަކަށް ބަދަލުކުރުން

ނަޖުލާ: ޤަދީމީ ގަނޑުވަރު، ސްކޫލަކަށް ބަދަލު ކުރި ލާމަސީލު ޤައުމީ ދަރި

ނަޖުލާއަކީ އެ މަރުކަޒުގެ މުދައްރިސާއެއް، އޭނާ ކިޔަވާ ދެނީ އަރަބި، އިނގިރޭސި އަދި ހިސާބު ޢިލްމް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2022 | ހޮނިހިރު 05:41
ނަޖުލާ، ގަނޑުވަރުގެ ކޮންޓްރޯލް ނެގީ މީގެ 3 އަހަރެއްހާ ދުވަސް ކުރިން، އެކަމުގައި، ހިލޭ ސާބަހަށް މަސައްކަތް ކުރި އަންހެނުންތަކެއްގެ އެހީތެރިކަން އޭނާއަށް ލިބުނު

ނަޖުލާ، ގަނޑުވަރުގެ ކޮންޓްރޯލް ނެގީ މީގެ 3 އަހަރެއްހާ ދުވަސް ކުރިން، އެކަމުގައި، ހިލޭ ސާބަހަށް މަސައްކަތް ކުރި އަންހެނުންތަކެއްގެ އެހީތެރިކަން އޭނާއަށް ލިބުނު

ހުޅަނގުން ފަތުރާލި ޑިމޮކްރަސީގެ އަވާމެންދުރެއް ފަދަ ސާލުގެ ތެރޭގައި ޤައިދުވެ، ވަރުގަދަ ހަނގުރާމައެއްގެ ހިތިކަން އަދިވެސް ތަޖުރިބާ ކުރަމުންދާ އެއް ބަޔަކީ ސޫރިޔާގެ ރައްޔިތުންނެވެ. ޑިމޮކްރަސީއަށް ގޮވާލާ އެ ޤައުމުގައި ފެށި ސުލްހަވެރި އިހުތިޖާޖުތައް، ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެ، ދުނިޔެ މިހާތަނަށް ނުދެކޭ ފަދަ ނުރައްކާތެރި ޓެރަރިސްޓުންތަކެއް އެފަސްގަނޑުގައި ހަނގުރާމަ ކުރި ސޫރިޔާގެ ރައްޔިތުން މިއަދު ދަނީ އިނދަޖެހިފައި ވާ ޤައުމު އަލުން އަނބުރާ ކޮޅަށް ޖެހުމަށް، އެމީހަކަށް ވީ ގޮތަކުން މަސައްކަތް ކުރަމުންނެވެ.

އެފަދަ އެކަކީ ތާރީޚު އިލްމުގެ ރޮނގުން މަތީ ތަޢުލީމު ފުރިހަމަ ކޮށްފައިވާ ނަޖުލާ މީމާރްއެވެ. ނަޖުލާ ވަނީ ސޫރިޔާގައި ހުރި ޤަދީމީ ގަނޑުވަރެއް، މުސްތަޤުބަލަށްޓަކާ ބަދަލުކޮށްލާފައެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް އިދްލީބުގެ މޯރިކް ކޭމްޕް ސަރަހައްދުގައި ހުރި އެ ގަނޑުވަރަކީ ބީޒަންތިޔާއިންގެ ދުވަސްވަރުގެ ޤަދީމީ ގަނޑުވަރެކެވެ. ނަމަވެސް، މިއަދު އެ ގަނޑުވަރަކީ، ތަޢުލީމުން މަހްރޫމުވެފައިވާ 65 ދަރިވަރެއްގެ އެދުރުގެއެވެ.

ނަޖުލާ، ގަނޑުވަރުގެ ކޮންޓްރޯލް ނެގީ މީގެ 3 އަހަރެއްހާ ދުވަސް ކުރިންނެވެ. އެކަމުގައި، ހިލޭ ސާބަހަށް މަސައްކަތް ކުރި އަންހެނުންތަކެއްގެ އެހީތެރިކަން އޭނާއަށް ލިބުނެވެ. ހިތްވަރުގަދަ ޓީމެއްގެ ބުރަ މަސައްކަތުން ގަނޑުވަރުގެ އާބާތުރަ ފިލުވާލުމަށްފަހު، އެތަނުގެ ނަން، "ޝާމް އެޑިއުކޭޝަނަލް ސެންޓަރ" ނުވަތަ "ސޫރިޔާ ތަޢުލީމީ މަރުކަޒް" އަށް ބަދަލު ކުރިއެވެ.

ޢުމުރުން 40 އަހަރުގެ ނަޖުލާއަކީ އެ މަރުކަޒުގެ މުދައްރިސާއެކެވެ. އޭނާ ކިޔަވާ ދެނީ އަރަބި، އިނގިރޭސި އަދި ހިސާބު ޢިލްމެވެ. ތުއްތު ދަރިވަރުންގެ އިތުރުން، އެކި ސަބަބުތަކާ ހެދި ކިޔެވުން ހުއްޓާލާފައިވާ ދަރިވަރުންނަށް ގެއްލިފައިވާ ފިލާވަޅުތައްވެސް ނަޖުލާ ނަގާދެއެވެ.

މިހާ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. ނަޖުލާ ދަނީ ކޭމްޕުގައި ދިރިއުޅޭ އަންހެނުންނަށްވެސް ތަފާތު އެކި ހުނަރުތައް ދަސްކޮށްދެމުންނެވެ. ދިރިއުޅުން ކޮޅަށް ޖަހާ، އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ވަރު ކޮށްދިނުމަށްޓަކާ އަމިއްލަ މަސައްކަތަކަށް ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ނަޖުލާ ދަނީ، ހެއަރޑްރެސިންގ އާއި ފަހަން ދަސްކޮށްދޭ ކޯސްތައްވެސް ހިންގަމުންނެވެ.

ނަޖުލާގެ މި އަގުހުރި ޚިދުމަތަށް މާލީ އެހީތެރިކަމެއް ނުލިބެއެވެ. އޭނާ ޚިދުމަތް ދެމުން ދަނީ ލިބެން ހުރި މަދު ވަސީލަތްތަކެއްގެ ބޭނުން ކޮށްގެންނެވެ.

ޚުދު ނަޖުލާއަކީ ސޫރިޔާގައި ގެދޮރު ގެއްލިފައި ވާ ރެފިއުޖީއެކެވެ. ނަމަވެސް ޤައުމު ތިބާއަށް ކޮށްދޭ ކަމަކަށް ބެލުމެއް ނެތި، ޤައުމަށް ޚިދުމަތް ކުރުމުގައި ލާމަސީލު ދަރިއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ދަ ލޯޑް އޮފް ދަ ރިންގްސް" ސީރީޒްއަކަށް ބަދަލު ކުރަނީ

"ދަ ލޯޑް އޮފް ދަ ރިންގްސް" ސީރީޒްއަކަށް ބަދަލު ކުރަނީ

07 ނޮވެމްބަރު 2017
މެޑޯނާ ޕޯޗުގަލްއަށް ދިރިއުޅުން ބަދަލުކޮށްފި

މެޑޯނާ ޕޯޗުގަލްއަށް ދިރިއުޅުން ބަދަލުކޮށްފި

04 ސެޕްޓެމްބަރު 2017
 "ބިގް ބޮސް" ލޯގޯއަށް ބަދަލުތަކެއް ގެނެސްފި

"ބިގް ބޮސް" ލޯގޯއަށް ބަދަލުތަކެއް ގެނެސްފި

01 އޯގަސްޓު 2017
ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި

ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި

08 އެޕްރީލު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު