Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިސްރުގެ އާކިޓެކްޓުންގެ ހޯދުންތައް

ޤަދީމީ މަމީސް ތަކަކާއި ބުދުތަކެއް މިސްރުގެ އާކިޓެކްޓުން ހޯދައިފި

250 މަމީސް ހިމެނޭ ސަންދޯކާއި، 150 ސްޓެޗޫ ހޯދާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 ޖޫން 2022 | ހޮނިހިރު 10:32
މިސްރުގެ އާކިޓެކްޓުން ހޯދާފައިވާ މަމީސް ތައް

މިސްރުގެ އާކިޓެކްޓުން ހޯދާފައިވާ މަމީސް ތައް

އެތައް ސަތޭކަ ޤަދީމީ ސަންދޯއްތަކަކާއި ބުދުތަކެއް މިސްރުގެ ކައިރޯ ސިޓީ ކައިރިން އާކިއޮލޮޖިސްޓުންތަކެއް ހޯދައިފިއެވެ.

ކައިރޯ ސިޓީ ކައިރީގައި މަސައްކަތްކުރަމުންދިޔަ އާކިއޮލޮޖިސްޓުންތަކެއް ތަކެތި ހޯދާފައިވަނީ ސައްކާރާ ވިލެޖުންނެވެ. މިތަކެތީގެ ތެރޭގައި މިސްރުގެ މީހުން މީގެ ކުރިން އަޅުކަންކޮށްފައިވާ ބުދުތަކަކާއި، ސައްކާރާ ޕިރަމިޑް ބިނާކުރި އާކިޓެކްޓުގެ ބޯނެތް ސްޓެޗޫ ނުތަ ބުދެއް ހިމެނެއެވެ.

250 މަމީސް (ނުވަތަ ކުނި ނުވާގޮތަށް ހަދާފައިވާ އިންސާނުންގެ ހަށިގަޑު) ހިމެނޭ ސަންދޯކާއި، 150 ސްޓެޗޫ (ނުވަތަ ބުދު) އަދި އާކިއޮލޮޖިސްޓުން ހޯދާފައިވާ މިނޫންވެސް ތަކެއްޗަކީ 5 ވަނަ ގަރުނަށް ނިސްބަތްވާ ތަކެތިކަމަށް ރިޕޯޓު ތައްބުނެއެވެ. އެމީހެއްގެ ސިފަ ކުރަހާފައިވާ މި ގަދީމީ ސަންދޯއްތަކަށް އެއްވެސް ގެއްލުމެއް ނުލިބި ހުއްޓާ އެތަކެތިފެނިފައިވާއިރު، އެ ސަންދޯއްތަކުގެ ތެރޭގައި މަމީސްތަކާއި، އެސްފީނާއިން ރައްކާތެރިވުމަށް އެމީހުން ބޭނުންކުރި ގަހަނާއާއި، ފިލާއިން ހަދާފައިވާ ފޮށި ހުއްޓެވެ. އެމީހުން އަޅުކަންކުރަން ގެންގުޅުނު ފިލައިން ހަދާފައިހުރި ބުދުތަކަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން އެމީހުން ރީތިވާން ގެންގުޅުނު ސާމާނުވެސް ހޯދާފައިވާއިރު، އޭގެ ތެރޭގައި އަނދުނާއި، އަތުގަ އަޅާ ގަހަނާއާއި، ކަންފަތަށް ލައްވާ ގަހަނާވެސް ހިމެނެއެވެ.

މިހާރު މަރާމާތުކުރަމުންދާ ގްރޭންޑް އިޖިޕްޝިއަން މިއުޒިއަމުގެ މަސައްކަތް ނިމުމުން އެތަނުގައި މިތަކެތި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިއަހަރު ނިމުމުގެ ކުރިން އެތަނުގެ މަސައްކަތް ނިންމައި ހުޅުވާނެއެވެ.

ސައްކާރާއިން އާކިއޮލޮޖިސްޓުން ގެންދަނީ ގިނަ ހޯދުންތަކެއް ހޯދަމުންނެވެ. 2018 ވަނަ އަހަރުން ފެށިގެން އާކިއޮލޮޖިސްޓުން އެ ސަރަހައްދުގައި ކުރާ މަސައްކަތް ވަނީ ފުޅާކޮށްފައެވެ.

މިޞްރު

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

14 އޮކްޓޯބަރު 2025
ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ
12 އޮކްޓޯބަރު 2025

ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ

12 އޮކްޓޯބަރު 2025
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ
11 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
07 އޮކްޓޯބަރު 2025

ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި

07 އޮކްޓޯބަރު 2025
ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި
05 އޮކްޓޯބަރު 2025

ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް

05 އޮކްޓޯބަރު 2025
ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް
14 އެޕްރީލު 2025

ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު

14 އެޕްރީލު 2025
ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު
19 މާރިޗު 2025

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

19 މާރިޗު 2025
އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން
27 ޖެނުއަރީ 2025

ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި

27 ޖެނުއަރީ 2025
ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު