Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވޯލްޑް ކަޕްގައި ރާއްޖެޓީވީގެ އެނެލިސްޓުން

ޝާހު، ކުޅުމާއި ހިންގުންތެރިކަމުގައި ވެސް ފިޔަޖަހާލި ފޯވަޑެއް

13 އޮކްޓޯބަރު 2022 | ބުރާސްފަތި 02:04

އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި އޭއެފްސީގެ މޮޅު މެޗު ކޮމިޝަނަރެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 02:04
ޝާހު އިސްމާއިލް (ސާޔާ)

ޝާހު އިސްމާއިލް (ސާޔާ)

އީޕީއެސް ސްކޫލުން ފުޓްބޯޅައިގެ ތެރެއަށް ނުކުތް ޝާހު އިސްމާއިލް ގައުމީ ފެންވަރުގައި ފުރަތަމަ ވިދާލީ ކްލަބް ވެލެންސިއާއިންނެވެ. 1991ން 1995 ށް ވެލެންސިއާގެ މުހިންމު ކާމިޔާބީތަކުގައި އޭނާ ޖެހި ގޯލުތައް މުހިންމު ދައުރެއް އަދާކުރިއެވެ.

ޖެހިގެން އައި އަހަރު އޯކިޑުން ފެނުމަށްފަހު ޝާހު ވިދާބަބުޅަން ފެށީ 1997 ވަނަ އަހަރު ނިއުރޭޑިއަންޓުންނެވެ. ރާއްޖެ ދުށް އެންމެ މޮޅު އެއް ފޯވަޑް ޝާހުގެ މުހިންމު ކާމިޔާބީތައް ގުޅިފައިވަނީ ވެސް އޭނާ އެކުލަބެއްގެ ކެޕްޓަންކަންކުރި ނިއުރޭޑިއަންޓާއެވެ. ސީޒަނުގެ އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށް ހަވީރު ނޫހުން ދޭ ރަންބޫޓު ޖެހިގެން ދެ އަހަރު އަދި ހަވީރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޝާހު ހޯދީ ނިއުރޭޑިއަންޓްގެ ގަދަ ނޫޖާޒީގައެވެ.

ގައުމީ ފެންވަރުގައި 12 އަހަރު ކުޅުމަށްފަހު ބޫޓު ބޭލުމުގެ ކުރިން ވިކްޓަރީއަށް ވެސް ކުޅުނެވެ. ދެ ވަނަ ފަހަރަށް ގައުމީ ތަށި މިލްކުކުރަން 2002 ވަނަ އަހަރު ވިކްޓަރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ބޭނުންވި އެންމެ މުހިންމު ކުޅުންތެރިއަކީ ވެސް ޝާހުއެވެ.

ސާފް ޗެމްޕިއަންޝިޕުން 2003 ވަނަ އަހަރު ރިހިމެޑަލް ހޯދި ދިވެހި ގައުމީ ޓީމުގެ ކެޕްޓަކަންކުރި ޝާހުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ވަނީ އޭނާއަށް ކުޅިވަރުގެ ރޮނގުން އާއްމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމް ވެސް ދީފައެވެ. ތައުލީމީ ހިންގުންތެރިއަކަށްވެސް ވުމާއެކު ކުޅުންތެރިއްގެ ބޫޓު ބާލައި ފުޓްބޯޅަ ރާވައި ހިންގުމަށް އޭނާ މިސްރާބުޖެހީ އެހެން ކުޅުންތެރިންނަށްވުރެ އަވަހަށެވެ. އެތައް ކޯޗުންނެއް އޭނާގެ ހިދުމަތަށް އެދިގޮވަމުންދަނިކޮށެވެ.

2004 ވަނަ އަހަރު އެފްއޭއެމާ ގުޅި އޭނާގެ ފުރަތަމަ ވަޒީފާއަކަށްވީ އެގްޒެކެޓިވް ސެކްރެޓަރީގެ ދަށުން އެފްއޭއެމުގެ ހިންގުން ތަރުތީބު ކުރުމެވެ. މި މަސައްކަތުގައި ފަހަރަކު ހަރުފަތެއް ގިރާކުރަމުންގޮސް ގައުމީ ފުޓްބޯޅަ ޓީމު ތަށި ހޯދިއިރު އޭނާއަކީ ގައުމީ ފުޓްބޯޅަ އިދާރާގެ ޖެނެރަލް ސެކްރެޓަރީއެވެ. ޝާހުއަކީ ރާއްޖެ ދުށް އޭއެފްސީގެ މޮޅު މެޗު ކޮމިޝަނަރެއްވެސްމެއެވެ.

ކުޅިވަރުޝާހް އިސްމާޢީލް (ސާޔާ)ރާއްޖެޓީވީފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
15 މެއި 2025

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް