Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޝީދު އެމެރިކާއަށް

ރައީސް ނަޝީދު އެމެރިކާއަށް ވަޑައިގަންނަވަނީ

ވީ20 ގްރޫއްޕުގެ ރިޔާސަތު ބަލަހައްޓަވަނީ ގާނާއިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އޮކްޓޯބަރު 2022 | ބުދަ 06:28
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބުދަ ދުވަހުގެ ރޭ އެމެރިކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ބުދަ ދުވަހުން ފެށިގެން އާދިއްތަ ދުވަހަށް، ރައީސް ނަޝީދު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުގެ އަހަރީ ޖަލްސާއާއެކު ބާއްވާ ކްލައިމެޓް ވަލްނަރަބަލް 20 (ވީ20) ގެ މާލީ ވަޒީރުންގެ 9 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ވަލްނަރަބަލް ޓްވެންޓީ (ވީ20) ގްރޫޕުގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ ފޮރ ފިނޭންސް އެންޑް އިކޮނަމިކް ޕްލޭނިންގ، ކެނެތް އޮފޯރި-އަޓާ ވަނީ ހާއްސަ ދައުވަތު ސިޓީފުޅެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައެވެ. މި ބައްދަލުވުމުގެ މި ފަހަރުގެ ޝިއާރަކީ "މިހާރަކީ ކޮންއިރަކު ހެއްޔެވެ؟"

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އައިއެމްއެފްއާއި ވޯލްޑް ބޭންކު އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިވަގުތު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ (ސީވިއެފް) ގެ ވަލްނަރަބަލް (ވީ20) ގްރޫއްޕުގެ ރިޔާސަތު ބަލަހައްޓަވަނީ ގާނާއިންނެވެ. އަދި ދިވެހިރާއްޖޭއަކީ ވެސް ސީވީއެފްގެ މެންބަރު ގައުމެކެވެ. އެހެންކަމުން މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގެ އެންމެހާ ކަންކަން ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނާއި ސީވީއެފްގެ އޮފީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސްއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު