Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިއެމްއެފް

ކުރިއަށް އޮތީ އިގްތިސާދީ ގޮތުން މިއަށްވުރެ ދަތި އުނދަގޫ ދުވަސްތަކެއް: އައިއެމްއެފް

އެންމެ ބޮޑު ތިން އިގްތިސާދު މަޑު ޖެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 އޮކްޓޯބަރު 2022 | އަންގާރަ 13:44
އައިއެމްއެފް

އައިއެމްއެފް

ކުރިއަށް އޮތީ އިގްތިސާދީ ގޮތުން ދުނިޔެއަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފް އިން ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓްލުކް" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެގެންދާނެއެވެ. އެގޮތުން ދުނިޔޭގެ އިގްތިސާދުގެ ހަތަރުބައި ކުޅަ ތިންބަޔަށްވުރެ ބޮޑު ބައެއް ހީނަރުވާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ލަފާ ކޮށްފައެވެ.

އެ ރިޕޯޓުގައި ސިފަ ކޮށްފައިވާ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކަށް 2023 ހީވާނީ ރިސެޝަނެއް ގޮތަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ތިން އިގްތިސާދު ކަމަށްވާ އެމެރިކާ އާއި ޗައިނާ އާއި ޔޫރަޕުގެ އިގްތިސާދު މަޑުޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އައިއެމްއެފް އިން މިހާރު ލަފާ ކުރާ ގޮތުގައި އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ އެންމެ 2.7 އިންސައްތައެވެ. މިއީ މިއަހަރު ލަފާ ކުރި އަދަދަށްވުރެ އެއް އިންސައްތައިގެ ދަށްވުމެކެވެ. މި އަހަރަށް ލަފާ ކޮށްފައިވަނީ 3.2 އިންސައްތައިގެ ކުރިއެރުމެކެވެ. އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއީ 2001 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރެވުނު އެންމެ ބަލި "ގްރޯތް ޕްރޮފައިލް"އެވެ.

ދުނިޔޭގެ އިގްތިސާދަށް ކޮވިޑް-19 އާއި ރަޝިއާ، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު އިގްތިސާދު ރަނގަޅުވާނެ ކަމަށް ލަފާ ކުރަނީ ޤައުމުތަކުގެ މޮނިޓަރީ ޕޮލިސީ އާއި ޔޫކްރޭން ހަނގުރާމައަށް ވާ ގޮތަކާއި ކޮވިޑުގެ ހާލަތު ޤައުމުތަކުގައި އިތުރަށް ގޯސްނުވާ ނަމައެވެ.

އިގްތިސާދު ހީނަރުވާނެ ކަމަށް ލަފާ ކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައި ތަކެތީގެ އަގުވެސް ބޮޑުވަމުންދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އަގު ބޮޑުވާނެ ކަމަށް ލަފާ ކުރާ ތަކެތީގެ ތެރޭގައި ތެލާއި ކާބޯތަކެތި ހިމެނެއެވެ.

މިއަހަރުގެ ފަހު ދެ ކުއާޓަރުގައި ދުނިޔގެ އިގްތިސާދުގެ ނެގެޓިވް ގްރޯތެއް އައިއެމްއެފް އިން ވަނީ ލަފާ ކޮށްފައެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ދުނިޔޭގެ އިޤްތިޞާދު

އިތުރަށް ކިޔާލަން

21 މެއި 2024

އައިއެމްއެފްއިން ބުނާގޮތާއި ސަރުކާރުގެ އަމަލު ދިމާނުވޭ، މިދެވެނީ އިގްތިސާދީ ކާރިސާއަކާ ދިމާލަށް - ހަސަން ލަތީފް

21 މެއި 2024
އައިއެމްއެފްއިން ބުނާގޮތާއި ސަރުކާރުގެ އަމަލު ދިމާނުވޭ، މިދެވެނީ އިގްތިސާދީ ކާރިސާއަކާ ދިމާލަށް - ހަސަން ލަތީފް
15 މެއި 2024

ޗައިނާގެ އިތުރު ލޯންތަކާއެކު އައިއެމްއެފްގެ ދަރަނީގެ އިންޒާރު ރާއްޖެއަށް

15 މެއި 2024
ޗައިނާގެ އިތުރު ލޯންތަކާއެކު އައިއެމްއެފްގެ ދަރަނީގެ އިންޒާރު ރާއްޖެއަށް
12 މެއި 2024

ޖަޕާން ހައިރާން ކޮށްލުމަށްފަހު އިންޑިއާ ދުނިޔޭގެ އިގްތިސާދީ 4 ވަނަ ބާރު ކަމުގައިވަނީ

12 މެއި 2024
ޖަޕާން ހައިރާން ކޮށްލުމަށްފަހު އިންޑިއާ ދުނިޔޭގެ އިގްތިސާދީ 4 ވަނަ ބާރު ކަމުގައިވަނީ
04 އޮކްޓޯބަރު 2022

ސިޔާސަތުގައި ހެދޭ ގޯހަކުން 2007 އަށްވުރެ ވަރުގަދަ އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ!

04 އޮކްޓޯބަރު 2022
ސިޔާސަތުގައި ހެދޭ ގޯހަކުން 2007 އަށްވުރެ ވަރުގަދަ އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ!
18 ސެޕްޓެމްބަރު 2022

ރާއްޖޭގެ އިންފްލޭޝަން ރޭޓް ހިފަހައްޓާފައި ވަނީ ސަރުކާރުން ދިން ސަބްސިޑީސްތަކާއެކު: އައިއެމްއެފް

18 ސެޕްޓެމްބަރު 2022
ރާއްޖޭގެ އިންފްލޭޝަން ރޭޓް ހިފަހައްޓާފައި ވަނީ ސަރުކާރުން ދިން ސަބްސިޑީސްތަކާއެކު: އައިއެމްއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު