Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ އިގްތިސާދު

ސަރުކާރުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތުތަކަށް އައިއެމްއެފްގެ ތައުރީފް

މިހާރު ކުރިއަށްގެންދާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކަކީ އެ ޕްރޮޖެކްޓްތަކުގެ ސަބަބުން އިގްތިސާދަށް އޭގެ އެދެވޭ ނަފާކުރާނެ ޕްރޮޖެކްޓުތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ޖުލައި 2022 | ބުދަ 10:28
މާލޭގެ ބަނދަރުގައި ތިބި މަސްވެރިންތަކެއް - ސަރުކާރުން ވަނީ ސަބްސިޑީ ދެމުން އަންނަ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައި

މާލޭގެ ބަނދަރުގައި ތިބި މަސްވެރިންތަކެއް - ސަރުކާރުން ވަނީ ސަބްސިޑީ ދެމުން އަންނަ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައި

ރާއްޖޭގެ ސަރުކާރުން އިގްތިސާދު ކުރިއަރުވައި ކާމިޔާބީތަކެއް ހޯދާފައިވާ އިރު، އިގްތިސާދީ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި އިގްތިސާދު މެނޭޖްކުރަމުންދާ ގޮތާ މެދު ހިތްހަމަޖެހޭކަން އިންޓަރނެޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިން ހާމަކޮށްފިއެވެ.

އައިއެމްއެފުން ބުނެފައިވަނީ ކޮވިޑް-19 ޕެންޑަމިކަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރަމުން ދާކަމަށެވެ. އަދި އިގްތިސާދު ރަނގަޅުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި ރައްޔިތުންނާއި ހަމައަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުން ކަމަށް އައިއެމްއެފްއިން ފާހަގަކުރެއެވެ.

އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ ފަތުރުވެރިން ރާއްޖެ އައުން މަދުވިނަމަވެސް، ޔޫރަޕްގެ އެހެން ގައުމުތަކުގެ ފަތުރުވެރިން އައުން އިތުރުވުމާއި ގުޅިގެން މިބައި ފޫބެއްދިފައިވާކަން ވެސް އައިއެމްއެފްއިން ފާހަގަކުރެއެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު މި އަހަރު 8.7 އިންސައްތައިން ކުރިއަރާނެކަމަށް އައިއެމްއެފްއިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ކެޕިޓަލް ޚަރަދު ބޮޑުވެ، ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވަމުންދާތީ އާއި ލޯނުތަކުގެ އިންޓްރެސްޓަށް ކުރާ ޚަރަދު އިތުރުވަމުންދާތީ، ރާއްޖޭގެ މާލީ ހާލަތާއި އެކްސްޓަރނަލް ސެކްޓަރުގެ ވަލްނަރަބިލިޓީސް ނުވަތަ ބެލެންސް އޮފް ޕޭމަންޓް އަދި ރިޒާވް އާއި ގުޅުންހުރި ރިސްކު ވަރަށް ބޮޑުވެފައިވާކަން އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ރާއްޖެ.އެމްވީއަށް ވިދާޅުވީ، ކެޕިޓަލް ޚަރަދުގެ ތެރެއިން މިހާރު ކުރިއަށްގެންދާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކަކީ އެ ޕްރޮޖެކްޓުތަކުގެ ސަބަބުން އިގްތިސާދަށް އޭގެ އެދެވޭ ނަފާކުރާނެ އަދި މެދުރާސްތާގައި އިގްތިސާދީ ދުވެލި ކުރިއެރުމަށް ކޮންޓްރިބިއުޓް ކުރާނެ މުހިންމު ޕްރޮޖެކްޓުތަކެއް ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާ ގުޅޭ ގޮތުން އައިއެމްއެފްއިން ބުނެފައިވަނީ ސަބްސިޑީއަށް ކުރާ ޚަރަދު ބޮޑުވެފައިވަނީ ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އަދި އާސަންދައަށް ކުރާ ހޭދަ އިތުރުވެފައިވާތީ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ސަބްސިޑީ ރިފޯމްކުރުމަށްޓަކައި ސަބްސިޑީގެ ނިޒާމަށް ބޮޑު ބަދަލުތަކެއް 2023 ވަނަ އަހަރު ގެނައުމަށް ނިންމާފައިވާ ކަމަށާއި މި ބަދަލުތަކަކީ އައިއެމްއެފްއިން މަރުހަބާ ކިޔާ ބަދަލުތަކެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން 2023 ވަނަ އަހަރު ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރުމަށާއި ސަބްސިޑީ ރިފޯމްކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާ ކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅުތަކެއްކަން އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.

އެކްސްޓާނަލް ސެކްޓަރުގެ ވަލްނަރަބިލިޓީސް އިތުރުވަމުންދާކަމުގައި ވީނަމަވެސް، ޕެންޑަމިކަށްފަހު އިގްތިސާދު ރަނގަޅުވުމާއި ގުޅިގެން، އުފެއްދުންތެރިކަމުގެ ނިސްބަތުން ޕެންޑަމިކްގެ ޕީކްގައި ހުރި މިންވަރާ އަޅާ ބަލާއިރު ދައުލަތުގެ ދަރަނި ދަށްވެފައިވާކަން އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.

އަދި ޔޫއެސް ޑޮލަރު ލިބުން ދަތިވެ، ޕެރަލަލް މާކެޓުގައި ޑޮލަރުގެ އަގު އުފުލިފައިވާ ކަމަށާއި، ތެލާއި ކާބޯތަކެއްޗަށް ކުރަންޖެހޭ ޚަރަދު އިތުރުވުމާއި ގުޅިގެން ދައުލަތުގެ ބޭރުފައިސާގެ ރިޒާވް ދަށްވަމުންދާކަން ފާހަގަކޮށްފައިވާ އިރު، މި ކަންކަމަކީ ސަރުކާރުން ހުށަހަޅާފައިވާ ފިސްކަލް ސިޔާސަތުތައް ތަންފީޒުކުރުމުން މި ހިރާސްތަކުން އަރައިގަނެވޭނެ މުހިންމު ސިޔާސަތުތަކެއްކަން ވެސް އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ދުނިޔޭގެ ބާޒާރުން ފައިނޭންސް ހޯދުމަށް ދަތިވެ ފައިނޭންސް ކޮސްޓު ބޮޑުވެފައިވުމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ވެސް އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވީ ކޮވިޑް-19ށް ފަހު މަރުކަޒީ ބޭންކުތަކުން އިންޓްރެސްޓު މަތިކުރަމުން ދިއުމާގުޅިގެން ދުނިޔޭގެ ފައިނޭންޝަލް މާކެޓުގައި އިންޓްރަސްޓް ރޭޓް ބޮޑުވެ ރާއްޖެއަށް ވެސް ފައިނޭންސިން ހޯދުމުގައި ދަތިތައް ކުރިމަތިވާނެކަމަށް ލަފާކުރެވޭތީ، ސަރުކާރުން 2023 އަދި 2024 ވަނަ އަހަރު ބަޖެޓް ފައިނޭންސް ކުރުމަށް ބައިނަލްްއަގުވާމީ މާލީ ބާޒާރަށް ދާން ނުޖެހޭގޮތަށް ދައުލަތުގެ ޚަރަދުތަކާއި، ފައިނޭންސިންގެ ސިޔާސަތުތައް ބައްޓަން ކުރާނެ ކަމަށެވެ.

މިގޮތުން ބަޖެޓް ފައިނޭންސް ކުރުމަށް ސަރުކާރުން އިސްކަންދޭނީ ޑޮމެސްޓިކް ފައިނޭންސިން އަދި ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ކަމަށް ވެސް ރައީސް އޮފީހުގެ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.

ޓިޑިއަން ކިންޑާ އިސްވެ ހުންނަވައިގެން އައިއެމްއެފްގެ މިޝަންއިން ކުރިއަށްގެންދިޔަ މި މަސައްކަތް ކުރިއަށް ގެންދިޔައީ ޖޫން މަހުގެ 21 ވަނަ ދުވަހުން 29 ވަނަ ދުވަހަށެވެ.

އައިއެމްއެފްގެ ޒިޔާރަތަށްފަހު މިހެން ބުނެފައިވާ އިރު، ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ގެނެސްފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ، ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ގެނެސްފައިނުވާ ސަބަބަކީ، އޭގެ ހަޤީޤީ ބުރަ ސަރުކާރުން އުފުލަމުންދާތީ ކަމަށެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިޤުތިޞާދުގެ ހަމަ ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ވާތީ ކަމަށެވެ. މީގެއިތުރުން ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާ، އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުން، ސަރުކާރުން އެމަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިކަން ކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ރިކަރަންޓް ޚަރަދުތައް ކުރާ މިންވަރު މަހުން މަހަށް އަންނަނީ ހިފަހައްޓަމުން ކަމަށާއި، ސީދާ ބަޖެޓުން ކުރިއަށްގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް ފެށުން މިވަގުތަށް ވަނީ މަޑުޖައްސާލާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކާ ސިޔާސަތުތަކަށް ބަދަލު ގެންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތެލުގެ ސަބްސިޑީއަށް ބަޖެޓްގައި އަންދާޒާކުރި އަދަދު އެތަށް ގުނައަކުން މަތިވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލަ އަކީ 341.5 މިލިއަން ރުފިޔާ ކަމަށެވެ. އެއީ މުޅި އަހަރަށް ބަޖެޓް ކުރެވުނު މިންވަރު ކަމަށާއި ނަމަވެސް، ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން ނިމިދިޔަ ޖޫންމަހުގެ ނިޔަލަށް ޖުމްލަ 910.3 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް އެކަނި ޚަރަދުވެފައިވާކަމަށެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ނިޔަލަށް މިޙާލަތުގައި ދާނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެކަމަކަށް ކަމަށެވެ. ފުރަތަމަ ކަމަކީ ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީއެވެ. މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ތެލުން ސަބްސިޑީދޭ އަނެއް ދާއިރާ އަކީ، މަސްވެރިންނަށް ބޭނުންވާ ތެލުންނެވެ. ރައީސް ވިދާޅުވީ ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ހާލަތަކަށް ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. މިއީ މިޙާލަތާ ގުޅޭ ގޮތަށް އިޤްތިޞާދީ ސިޔާސަތަށް ބަދަލުގެންނަން ޖެހޭ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިގްތިސާދުފިނޭންސް މިނިސްޓްރީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު