Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިގްތިޞާދު

ރާއްޖޭގެ އިންފްލޭޝަން ރޭޓް ހިފަހައްޓާފައި ވަނީ ސަރުކާރުން ދިން ސަބްސިޑީސްތަކާއެކު: އައިއެމްއެފް

ރާއްޖޭގެ އިންފްލޭޝަން %3 އަށް ވުރެ ދަށުގައި ހިފެހެއްޓިފައިވުމަކީ ރަނގަޅު ކުރިއެރުމެއް: އައިއެމްއެފް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 14:16
އައިއެމްއެފް އިން މަޖިލީހުގެ ބައެއް ކޮމިޓީތަކާއި ބައްދަލުކުރުން

އައިއެމްއެފް އިން މަޖިލީހުގެ ބައެއް ކޮމިޓީތަކާއި ބައްދަލުކުރުން

ރާއްޖޭގެ އިންފްލޭޝަން ރޭޓް ހިފެހެއްޓިފައި ވަނީ ރާއްޖޭގެ ސަރުކާރުން ދީފައިވާ ސަބްސިޑީތަކުގެ ސަބަބުން ކަަމަށް  އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިން ބުނެފިއެވެ.

މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއާއި މާލީއްޔަތު ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމުގައި އައިއެމްއެފް އިން ވަނީ ދުނިޔޭގެ އިޤްތިޞާދަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން މި ދަނޑިވަޅަކީ ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާ ދަނޑިވަޅެއްކަން އައިއެމްއެފް އިން ފާހަގަކުރިއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެހެން ޤައުމުތަކުގެ އިންފްލޭޝަން މައްޗަށް ދިޔަ ނަމަވެސް ރާއްޖޭގެ އިންފްލޭޝަން %3 އަށް ވުރެ ދަށުގައި ހިފެހެއްޓިފައިވާކަން އައިއެމްއެފް އިން ފާހަގަކުރިއެވެ.

Advertisement - newsAdvertisement

ސަބަބެއް ކަމަށް އައިއެމްއެފް އިން ބުނެފައި ވަނީ ރާއްޖޭގައި ދިން ސަބްސިޑީ ތަކެވެ. އެހެންނަމަވެސް މިއީ މުސްތަގްބަލަށް ބަލާއިރު އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް އައިއެމްއެފްގެ ވަފުދުން ވަނީ ބުނެފައެވެ. އެ މައްސަލަ އަށް ހައްލު ގެނައުމަށް ސަރުކާރުން ޖީއެސްޓީ އާއި ޓީ.ޖީ.އެސްޓީ ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމަށް އައިއެމްއެފްއިން ވަނީ ތާއީދުކޮށްފައެވެ.

އައިއެމްއެފް އިން އިތުރަށް ބުނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނަގަޅުކޮށް އޮތީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުން ކަމަށެވެ. އައިއެމްއެފް އިން ބުނީ ރާއްޖެއިން ފަތުރުވެރިކަމުގައި ގެންގުޅެފައިވާ ސިޔާސަތުތައް ހަރުދަނާ ކަމަށެވެ. އެގޮތުން ކޮވިޑް-19އިގެ ބަލިމަޑުކަމުގެ ކުރިއާއި އަޅާ ކިޔާ ނަމަ ރާއްޖޭގެ %95 އިޔާދަކޮށްފައިވާ ކަމަށާއި އެއީ ރަނގަޅު ކުރިއެރުމެއް ކަމަށް އައިއެމްއެފް އިން ބުނެއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ޔޫކްރެއިން ހަނގުރާމަ އަދި ޔޫރަޕުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުގެ ސަބަބުން އެޤައުމުތަކުގެ އިޤްތިޞާދު ދަށްވެ، އެ ޤައުމުތަކުން އަންނަ ފަތުރުވެރިން މަދުވުން އެކަށީގެންވާ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)މަޖިލިސް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު