Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝްގެ އިގްތިޞާދީ ހާލަތު

ބަންގްލަދޭޝްއަށް އެހީވުމަށް ތައްޔާރަށް އޮތްކަމަށް އައިއެމްއެފްއިން ބުނެފި

ބަންގްލަދޭޝްގެ 416 ބިލިއަން ޑޮލަރުގެ އިގްތިޞާދު އެންމެ ހަލުވި މިނުގައި ކުރިއަށްދާ އިގްތިޞާދުގެ ތެރޭގައި ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ޖުލައި 2022 | ބުރާސްފަތި 02:04
ބަންގްލަދޭޝްގެ ގާމަންޓް ފެކްޓްރީގައި މަސައްކަތްކުރާ ބަޔަކު

ބަންގްލަދޭޝްގެ ގާމަންޓް ފެކްޓްރީގައި މަސައްކަތްކުރާ ބަޔަކު

ބަންގްލަދޭޝް އިން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ން ލޯނު ނެގުމަށް އެދުމާއެކު އެކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް އައިއެމްއެފް އިން ބުނެފިއެވެ.

ބަންގްލަދޭޝް އަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އައިއެމްއެފްގެ އެހީތެރިކަން ހޯދާ ތިން ވަނަ ގައުމެވެ. މީގެކުރިން ސްރީލަންކާ އާއި ޕާކިސްތާނުން ވަނީ އައިއެމްއެފްގެ އެހީތެރިކަމަށް އެދިފައެވެ.

ބަންގްލަދޭޝްގެ 416 ބިލިއަން ޑޮލަރުގެ އިގްތިޞާދު އެންމެ ހަލުވި މިނުގައި ކުރިއަށްދާ އިގްތިޞާދުގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަކަތައާއި ކާނާގެ ބާވަތްތަކުގެ އަގު ބޮޑުވުމާއެކު ބަންގްލަދޭޝްއަށް އެތެރެކުރާ ތަކެތީގެ އަގު ބޮޑުވެ ޑެފިސިޓްވުމާ ހަމައަށް ވަނީ ގޮސްފައެވެ.

އައިއެމްއެފް އިން ބުނީ ބަންގްލަދޭޝް އިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ގުޅިގެން އެއިދާރާއިން އެކުލަވާލާފައިވާ ޕްރޮގްރާމަށެވެ. އަދި އައިއެމްއެފްގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިފައިވާކަމަށް އައިއެމްއެފް އިން ބުނެއެވެ.

އެކަމާއި ގުޅޭގޮތުން އައިއެމްއެފްގެ ސްޕޯކްސްޕާސަން ވިދާޅުވީ ބަންގްލަދޭޝްއަށް އެހީވުމަށް އެއިދާރާއިން އޮތީ ތައްޔާރަށްކަމަށާއި އައިއެމްއެފްގެ ސްޓާފުން ބަންގްލަދޭޝްގެ އެކި އިދާރާތަކާއި ގުޅިގެން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތްކުރާނެކަމަށެވެ. އަދި ޕްރޮގްރާމް އެކުލަވާލަމުންދާއިރު އެހީތެރިކަންދޭނެ މިންވަރު ކަނޑައެޅޭނެކަމަށް އައިއެމްއެފުން ބުނެއެވެ.

ބަންގްލަދޭޝްގެ ފިނޭންސް މިނިސްޓަރު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެގައުމުން އައިއެމްއެފުން ލޯނު ނަގާނީ ލޯނުގެ ޝަރުތުތަކަކީ ބަންގްލަދޭޝްއަށް ފައިދާވަނިވި ގޮތަކަށް ހުރި ލޯނަކަށްވާނަމަ ކަމަށެވެ. އަދި އައިއެމްއެފުން ލޯނު ނެގުމަށް ބަންގްލަދޭޝް ބޭނުންވުމަކީ އެގައުމުގެ އިގްތިޞާދީ ހާލަތު ގޯސްކޮށް އޮތުން ނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބަންގްލަދޭޝްއިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު