Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުނިޔޭގެ އިގްތިސާދު ރިސެޝަނަކާ ދިމާލަށް

ދުނިޔޭގެ އިގްތިސާދު ރިސެޝަނަކަށް ނުދާނެއޭ ބުނަން ދަތި: އައިއެމްއެފް

ކްރިސްޓަލީނާ ވިދާޅުވީ 2022 އަދި 2023 އަކީ އިގްތިސާދީގޮތުން ދަތި ދުވަސްތަކެއް ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ޖުލައި 2022 | ބުރާސްފަތި 02:12
އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ

މިހާރު ދުނިޔޭގެ އިގްތިސާދު އޮތް ހާލަތަށް ބަލައި ރިސެޝަނަކަށް ނުދާނެއޭ ބުނަން ދަތި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

ބުދަ ދުވަހު ރޮއިޓަރސްއާ ވާހަކަދައްކަވަމުން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯރޖީވާ ވިދާޅުވީ ދުނިޔޭގެ އިގްތިސާދު މިއަހަރު އެކަނިވެސް 3 ފަހަރު މަތިން 3.6 އިންސައްތައަށް ވެއްޓިފައިވާ ކަމަށެވެ. މީގެ އަސްލު އަދަދުތައް މިހާރު އައިއެމްއެފްގެ އިކޮނޮމިސްޓުން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކާއި 2023 ގައި ދުނިޔޭގެ އިގްތިސާދު އޮންނާނެ ކަމަށް ލަފާކޮށް ހަދާ ރިޕޯޓް އައިއެމްއެފް އަށް އާއްމު ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ މި ޖުލައި މަހުގެ ފަހުކޮޅުގައެވެ.

ކްރިސްޓަލީނާ ވިދާޅުވި ގޮތުގައި އޭޕްރިލް މަހުން ފެށިގެން ދުނިޔޭގެ އިގްތިސާދު ދަނީ ހީނަރުވަމުން ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގައި ތަކެތީގެ އަގު އުފުލުމާއި ޗައިނާ ފަދަ ބޮޑެތި އިގްތިސާދުތައް މަޑުޖެހުން ފަދަ ކަންކަން ހިމެނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރޮއިޓަރސް އިން ކްރިސްޓަލީނާ އާ ދުނިޔޭގެ އިގްތިސާދު ރިސެޝަނަކަށް ގޮސްދާނެ ކަމަށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށާއި ރިސެޝަނަކަށް ނުދާނެ ކަމަށް ނިންމޭކަށް ނެތް ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ކުރިއަށް އޮތް ދުވަސްތަކަކީ ދަތި ދުވަސްތަކަށް ވާނެ ކަމަށާއި 2023 އެއަށްވުރެ ދަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމުގެ އެއް ސަބަބެއްގެ ގޮތުގައި ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުގެ އިގްތިސާދީ ޑޭޓާތައް ދައްކާ ގޮތުގައި ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ ޗައިނާ އާއި ރަޝިއާގެ އިގްތިސާދު ވަނީ އަހަރުގެ 2ވަނަ ކުއާޓާގައި ވަރަށް ބޮޑަށް ދަށްވެފައެވެ.

ދުނިޔޭގެ އިގްތިސާދު މިހާރު އޮތް ހާލަތުގެ ސަބަބުން ރިސެޝަނަކަށް ދިޔުމުގެ ބިރު އެބައޮތް ކަމަށް ބޮޑެތި އިންވެސްޓަރުންނާއި މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ވެސް ދަނީ ބުނަމުންނެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ރޮއިޓަރސް

އިތުރަށް ކިޔާލަން

08 ޖުލައި 2025

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި
21 މެއި 2024

އައިއެމްއެފްއިން ބުނާގޮތާއި ސަރުކާރުގެ އަމަލު ދިމާނުވޭ، މިދެވެނީ އިގްތިސާދީ ކާރިސާއަކާ ދިމާލަށް - ހަސަން ލަތީފް

21 މެއި 2024
އައިއެމްއެފްއިން ބުނާގޮތާއި ސަރުކާރުގެ އަމަލު ދިމާނުވޭ، މިދެވެނީ އިގްތިސާދީ ކާރިސާއަކާ ދިމާލަށް - ހަސަން ލަތީފް
15 މެއި 2024

ޗައިނާގެ އިތުރު ލޯންތަކާއެކު އައިއެމްއެފްގެ ދަރަނީގެ އިންޒާރު ރާއްޖެއަށް

15 މެއި 2024
ޗައިނާގެ އިތުރު ލޯންތަކާއެކު އައިއެމްއެފްގެ ދަރަނީގެ އިންޒާރު ރާއްޖެއަށް
12 މެއި 2024

ޖަޕާން ހައިރާން ކޮށްލުމަށްފަހު އިންޑިއާ ދުނިޔޭގެ އިގްތިސާދީ 4 ވަނަ ބާރު ކަމުގައިވަނީ

12 މެއި 2024
ޖަޕާން ހައިރާން ކޮށްލުމަށްފަހު އިންޑިއާ ދުނިޔޭގެ އިގްތިސާދީ 4 ވަނަ ބާރު ކަމުގައިވަނީ
04 އޮކްޓޯބަރު 2023

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު