Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައިއެމްއެފް އިން ޕާކިސްތާންގެ ޕްރޮގްރާމް އަލުން ފ

ޕާކިސްތާނާއެކު ޕްރޮގްރާމް އަލުން ފެށުމަށް އައިއެމްއެފް އިން ނިންމައިފި

އެއް އަހަރު ދުވަހަށް ޕްރޮގްރާމް އެކްސްޓެންޑް ކޮށްދޭން އައިއެމްއެފް އިން ވަނީ ނިންމާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 25 އެޕްރީލު 2022 | ހޯމަ 12:19
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އާއެކު ޕާކިސްތާނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފެށުމަށްފަހު ހުއްޓުމަކަށް އައިސްފައިވާ ޕްރޮގްރާމް އަލުން ފެށުމަށް އެއިދާރާއިން ނިންމައިފިއެވެ.

ޕާކިސްތާނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފެށުމަށްފަހު ހުއްޓުމަކަށް އައިސްފައިވާ ޕްރޮގްރާމް އަލުން ފެށުމަށް ނިންމައި އެއް އަހަރު ދުވަހަށް ޕްރޮގްރާމް އެކްސްޓެންޑް ކޮށްދޭން އައިއެމްއެފް އިން ނިންމާފައިވާ ކަމަށް އިކޮނޮމިކް ޓައިމްސް އިން ވަނީ ރިޕޯޓުކޮށްފައެވެ. އެނޫހުން ރިޕޯޓުކޮށްފައިވާގޮތުން ޕްރޮގްރާމް އަލުން ފެށުމާއެކެ އައިއެމްއެފް އިން ޕާކިސްތާން އަށް ފޯރުކޮށްދޭ ލޯނުގެ އަދަދު އަށް މިލިއަނަށް އިތުރުވެގެންދާނެއެވެ.

މިއާއެކު ޕާކިސްތާންގެ އައު ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ސަރުކާރަށް ހަމަޖެހިގެން ނޭވާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

އައިއެމްއެފް އިން މިނިންމުން ނިންމާފައި ވަނީ ޕާކިސްތާންގެ އައު ފިނޭންސް މިނިސްޓަރު މިފްތާހް އިސްމާއިލް އާއި އައިއެމްއެފްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އެންޓޮއިނެޓް ސަޔެހް އާއި ދެމެދު ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް ފަހުއެވެ.

މިމަޝްވަރާތަކަށްފަހު އައިއެމްއެފް އިން ވަނީ ސެޕްޓެމްބަރު މަހަށް ނިމޭ ޕްރޮގްރާމަށް އިތުރު ނުވަ މަސް ދުވަސް އިތުރުކޮށް އެއް އަހަރަށް ޕްރޮގްރާމް ދިގުދައްމާލާފައެވެ. އަދި ޕްރޮގްރާމްގެ ދަށުން ދޫކުރާ ހަ ބިލިއަން ޑޮލަރުގެ ލޯން، އަށްބިލިއަން ޑޮލަރަށް ވަނީ އިތުރުކުރަން ނިންމާފައެވެ.

ޕާކިސްތާންގެ ސްޓޭޓް މިނިސްޓަރ އޮފް ފިނޭންސް، ސްޓޭޓް ބޭންކްގެ ގަވަރުނަރު އަދި ޕާކިސްތާންގެ ފިނޭންސް ސެކެޓްރީގެ އިތުރުން ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ވަނީ ފިނޭންސް މިނިސްޓަރުގެ އަރިހުގައި އައިއެމްއެފް އާއެކު މަޝްވަރާކުރުމަށް ވޮޝިންގްޓަން އަށް ވަޑައިގެންފައެވެ.

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ޚާންގެ ސަރުކާރުން ވަނީ އައިއެމްއެފް އާއެކު އެކްސްޓެންޑެއް ފަންޑް ފެސިލިޓީއެއްގައި 2019 ވަނަ ސޮއިކޮށްފައެވެ. 2019 ވަނަ އަހަރު ޖުލައި މަހުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި ފެސިލިޓީގެ ދަށުން ހަ ބިލިއަން ޑޮލަރު ފޯރުކޮށްދޭން އައިއެމްއެފް އިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އިމްރާން ޚާންގެ ބައެއް ނިންމުންތަކާއެކު ތިން ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ފަހު މި ޕްރޮގްރާމް ވަނީ ހުއްޓިފައެވެ.

މި ޕްރޮގްރާމް އަލުން ފެށުމުގެ އުންމީދުގައި, ޕާކިސްތާންގެ މިހާރުގެ ސަރުކާރުން ވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް, ފަންޑު އިތުރުކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ޕަބްލިކް ސަރވިސް ޑިވެލޮޕްމެންޓް ފަންޑްސް ހިފަހައްޓައި, ސަރުކާރުގެ ޚަރަދުކުޑަކޮށް, އައިއެމްއެފާއެކު މަޝްވަރާތައްކޮށް ހުއްޓިފައިވާ ޕްރޮގްރާމް އަލުން ފެށުމުގެ މަސައްކަތް ކުރައްވާނެކަމަށް ފިނޭންސް މިނިސްޓަރު މިފްތާހް ވަނީ ވިދާޅުވެފައެވެ.

އައިއެމްއެފެގެ ފެސިލިޓީ އަލުން ފެށުމާއެކު ޕާކިސްތާނަށް އެހެން އެކްސްޓަރނަލް ފަންޑުތައްވެސް ހުޅުވިގެންދާނެއެވެ.

ޕާކިސްތާނުގެ މިހާރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް, އަދި އެގައުމުގެ ފޮރިން ރިޒަރވް 10.8 ބިލިއަން ޑޮލަރަށް ވެއްޓިފައިވާ މިދަނޑިވަޅުގައި އެގައުމަށް ވަނީ ބޭރުގެ ފައިސާގެ އެހީ ވަރަށް މުހިންމުވެފައެވެ.

މަޖިލީހުގެ އިތުބާރުނެތްކަމުގެ ވޯޓާއެކު އިމްރާން ޚާން މަގާމުން ވަކިކުރެވިގެން ދިޔައީ ގައުމުގެ އިގުތިސާދީ ހާލަތު ދަށްވާން ފަށައި, އެކަންކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާކަމަށް ބުނެއެވެ. އެގޮތުން މި ޖޫން މަހު, މިހާރު ކުރިއަށްދާ މާލީ އަހަރު ނިމުމުގެ ކުރިން އެގައުމުގެ ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 10 އިންސައްތަ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޕާކިސްތާނުގެ މިހާރުގެ ފިނޭންސް މިނިސްޓަރު ހާމަކުރައްވާފައިވާ އަދަދުތަކަކީ ދެކޮޅުޖެހޭ އަދަދުތަކެއް ނޫންކަމަށް ކުރީގެ ބޮޑުވަޒީރުގެ އެނަރޖީ މިނިސްޓަރު ހައްމަދު އަޒްހަރު ވަނީ ވިދާޅުވެފައެވެ.

އިގުތިސާދީ ހާލަތު ގޯސްވުމާގުޅިގެން ކުރީގެ ބޮޑުވަޒީރު މަގާމުން ވަކިކުރެވުނުނަމަވެސް, އަލަށް ސަރުކާރާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށް ވަނީ ގައުމުގައި އުފުލިފައިވާ އިންފްލޭޝަން ރޭޓާއެކު އިގުތިސާދު ހަމައަކަށް އެޅުވުމުގެ މަސައްކަތްކުރައްވަން ޖެހިވަޑައިގެންފައެވެ. އެގޮތުން ބޮޑުވަޒީރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ (އާންމު ރައްޔިތުންގެ ތާއީދު ހޯއްދެވުމަށްޓަކައި) ތެލާއި ގޭހުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލިފައިވާ މިދަނޑިވަޅުގައި ސަރުކާރުގެ ބަޖެޓުގައި ނެތް ފައިސާއިން އެތަކެއްޗަށް ސަބްސިޑީ ފޯރުކޮށްދިނުމަށް އިމްރާން ޚާން ނިންމަވާފައިވާ ނިންމެވުމެވެ.

މި ނިންމެވުމާއެކު ސަރުކާރުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހިފައި ވީނަމަވެސް, ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު ސަބްސިޑީ ކަނޑުއްވާލައިފިނަމަ, ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާނެކަމަށް ވިދާޅުވެ ބޮޑުވަޒީރު ޝަހްބާޒް ވަނީ, ތެލާއި ގޭހަށް ދެމުން އަންނަ ސަބްސިޑީ ކަނޑުއްވާނުލާނެކަމަށް ވިދާޅުވެފައެވެ. މިކަންތައް މިހާރުގެ ފިނޭންސް މިނިސްޓަރު ސިފަކުރައްވަނީ އިމްރާން ޚާންގެ ސަރުކާރުން ދެން އަންނަ ސަރުކާރަކަށް އުނދަގޫކުރުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްގެގޮތުގައެވެ.

ޕާކިސްތާންއިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު