Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިމާލް އިސްތިއުފާ ދީފި

އެމްއާރުޑީސީގެ އެމްޑީގެ މަގާމުން ނިމާލް އިސްތިއުފާ ދެއްވައިފި

ނިމާލު އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ ކެމްޕޭންގައި ހަރަކާތްތެރިވުމަށް ކަމަށް މައުލޫމާތު ލިބޭ

| 21 ޖޫން 2017 | ބުދަ 15:42
މުހައްމަދު ނިމާލް

މުހައްމަދު ނިމާލް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ނިމާލު އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް ވަގުތު ދިނުމަށްޓަކަ އެވެ.. ނިމާލު ވަނީ ރައީސް ޔާމީން ފެކްޝަންގެ ކައުންސިލްގެ ކެމްޕޭން މެނޭޖަކަށް މީގެ ކުރިން އައްޔަންކޮށްފަ އެވެ.

ރޯދަ މަހަށް ފަހު ރައީސް ޔާމީންގެ ކެމްޕޭން ދަތުރުތައް ރަށްރަށަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ނިމާލުގެ ބަހެއް އަދި ނުލިބެ އެވެ.

ނިމާލް އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މި އަހަރުގެ މާޗް މަހު އައްޔަން ކުރެއްވީ، އޭރު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްރައްޒާގް ހަލީމް އެމްޕީއެލްގެ ސީއީއޯއަކަށް ބަދަލު ކުރެއްވުމަށް ފަހު އެވެ.

އެމްއާރުޑީސީ އަށް ބަދަލު ކުރެއްވުމުގެ ކުރިން ނިމާލު ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފެނަކައިން ނިމާލް ވަކިކުރީ އެއްމިލިއަން ޑޮލަރު ގަންނަން ކަމަށް ބުނެ 17 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދޫކޮށް، އެ ފައިސާ އަނބުރާ ނުލިބުނު މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

26 މާރިޗު 2017
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
01 މާރިޗު 2017

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

01 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު