Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ކުންފުނިތަކުގެ ވެރިން

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

އެމްޕީއެލްގެ ސީއީއޯގެ މަގާމު ހުސްވީ ޖުނައިދު އިސްތިއުފާ ދެއްވުމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 1 މާރިޗު 2017 | ބުދަ 11:17
އެމްޕީއެލްގެ ސީއީއޯއަކަށް ހަމަޖެއްސެވި ހަލީމް (ކ) އަދި އެމްއާރްޑީސީގެ އެމްޑީ އަކަށް ހަމަޖެއްސެވި ނިމާލް

އެމްޕީއެލްގެ ސީއީއޯއަކަށް ހަމަޖެއްސެވި ހަލީމް (ކ) އަދި އެމްއާރްޑީސީގެ އެމްޑީ އަކަށް ހަމަޖެއްސެވި ނިމާލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯގެ މަގާމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްރައްޒާގް ހަލީމް ހަމަޖައްސަވައިފި އެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، ކުރިން އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް އަދާކުރެއްވި ހަމީލް އެ މަގާމަށް ހަމަޖެއްސެވީ ބުދަ ދުވަހު އެވެ.

Advertisement - newsAdvertisement

އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް ހަމަޖެއްސެވުމަށް ފަހު، އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލް ވަނީ ހަމަޖައްސަވާފަ އެވެ.

ނިމާލް ވަނީ އެމްއާރްޑިސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އޭނާ ހަމަޖައްސަވާފައިވާކަން ރާއްޖެއެމްވީ އަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

ނިމާލް ވަނީ ކުރިން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފެނަކައިން ނިމާލް ވަކިކުރީ އެއްމިލިއަން ޑޮލަރު ގަންނަން ކަމަށް ބުނެ 17 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދޫކޮށް، އެ ފައިސާ އަނބުރާ ނުލިބުނު މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ފަނަކައިން ޑޮލަރު ގަތުމަށް ފައިސާ ދޫކުރި ކުންފުންޏަކީ ޑޮލަރުގެ މުއާމަލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ކުންފުންޏެއް ނޫން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ސޯނަމް އަށް ފަހު އެންމެ ގިނަ ބްރޭންޑް އެންޑޯޒް ކުރި ތަރިއަކަށް ދިޕިކާ

26 މާރިޗު 2017
ސޯނަމް އަށް ފަހު އެންމެ ގިނަ ބްރޭންޑް އެންޑޯޒް ކުރި ތަރިއަކަށް ދިޕިކާ
23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
18 މާރިޗު 2017

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

18 މާރިޗު 2017
ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު