Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމްބެއަށް ގާތްއެކުވެރިއަކު ފޮނުވި ސިޓީ

ގެއްލުނު ބައިތަކުގެ ވާހަކަތައް ނުދައްކާކަން ވެސް ނަސީބު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2022 | އަންގާރަ 09:32
ރައީސް ޔާމީނަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ރައީސް ޔާމީނަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އެންމެ ގާތް އެކުވެރި ޔާނޫއެވެ.

ވަރަށް ޚުޝޫއަތްތެރިކަމާއި އަދަބު އިހުތިރާމާއެކު ނިކަން ފަށުވިކޮށް ވެދުން ބަރުތީލަކުރަމެވެ.

މަ މިސިޓީ މި ފޮނުވާލަނީ މިހިރަ، އިވެމުންދާ ވާހަކަތަކާއި ފެންނަމުންދާ މަންޒަރުތަކުން މަށަށްވެސް ހަމަ ހަމަހިމޭނުން ހުންނާން އުނދަގޫ ވެގެންނެވެ. ހިތަށް ކުޅަ އަސަރަކުން ނުހުރެވިގެންނެވެ. އެއްޗެއް ނުބުނެވޭތޯ މަވެސް ލައްކަ ކެތްކޮށްފައެވެ.

މަނިކުފާނެވެ. ތިޔަ ބުނާހެން ތިޔަ ރަންވޭއެއްގެ މައްސަލައިގާ މަވެސް ހާދަ ހިތެއްގައި ޖެހިއްޖެއެވެ. މިއުޅޭ އިބުރާހީމުމެން އެތަނެއް ބޭނުން ކުރާން ފަށަން ވެގެން އެދެއްކި ވާހަކަތަކުގައި މަނިކުފާނުގެ ނަންވެސް ނުގެނައީތީއެވެ. އެމްޔޫ މަނިކުވެސް އެހުރިހާ ވާހަކައެއް ގޮވާ ނެގިއިރު ކުޑަމިނުން މަނިކުފާނުގެ ނަންވެސް ބުނެނުލީމައެވެ. އެކަމަކު މަށަށް ހީވަނީ އެއީ މަނިކުފާނަށްވެސް އަދި މަނިކުފާނަށް ނުލާހިކު ތާއީދުކޮށްގެން އުޅޭ މަށަށްވެސް އެންމެ ރަނގަޅު ގޮތްހެންނެވެ. އެކަމަކު އެކަމެއް ހިނގީން ސުރެ ނިންޖެއްކަމެއްނެތި މަނިކުފާނު ތިޔަ ދައްކާ ވާހަކަތަކާ މީސްމީހުން ލައްވާ ތިޔަ ދައްކުވާ ވާހަކަތަކާހުރެ މަނިކުފާނު ގާތު އެވާހަކަ ބުނެނުލައިފިއްޔާ އަނެއްކާވެސް އިތުރު ގޯހެއް ހަދާފާނެތީ މިސީޓި ފޮނުވާލަނީއެވެ. ގައިމު މަށަކީ މަނިކުފާނާއި އެންމެ ގާތުން މިހިރަ މިހިރަ ކަންކަން ހިނގާ ނުހިނގާގޮތް ފެންނަފަށުގައި ހުންނަ އެކަކީމެވެ. ލައްކަ އަޑުތައް އިވި ލައްކަ މަންޒަރުތަކާއި އެހާމެ ގިނަ ފޮޓޯތައް މަށަށްވެސް ހުންނާނީ ފެނިފައިތާއެވެ.

މާތް މަނިކުފާނޫއެވެ. ތިޔަބުނާ ރަންވޭ އަކީ މަނިކުފާނުގެ ކަމެކޭ ނުބުނާކަށް ހަމައެއްގޮތަކަށްވެސް މަށަކު ނެތީމެވެ. އެތަނުގެ އަމަލީ މަސައްކަތް ފެށީ މަނިކުފާނު ވިއްޔާއެވެ. އެކަމަކު މަނިކުފާނުވެސް އުޅުނު ވަހީދުގެ ސަރުކާރުގައި އަދީބުމެން އެކަން ކުރަން ފެށިކަން މަނިކުފާނު ހަނދާނުން ކައްސާލީ ދޯއެވެ. އަދި މުހައްމަދުގެ ވެރިކަމުގައި އެގެނައި ބަޔަކު ލައްވާ ތިޔަތަން ނިމޭއިރު އާ ރަންވޭ ހަދާކަމާއި ކުރިން ބޭނުންކުރި ރަންވޭ ޓެކްސީވޭއަކަށް ހަދަން ނިންމާފައި އޮތްވާހަކަ އޭރު އަހަރެމެންގެ މެދުގައިވެސް ދެކެވުނެއް ނޫންތޯއެވެ.

ދެލޯ ނޭދިއެދޭ އެކުވެރި ޔާނޫއެވެ. މަށަށް ހީވަނީ މިއުޅޭމީހުން އެގޮތައް އެވާހަކަ އެދައްކަނީ ހަމަ ދައްކާން ވެގެންނެވެ. މަނިކުފާނު އަދި އެރަންވޭގެ މަސައްކަތް ފެށިއަސް އެކަން ފެށިގޮތާއި މަނިކުފާނު އެކަން ކުރިގޮތް އެގޭނީ މަނިކުފާނާއި މަށަކަށް ނޫންހެއްޔެވެ. އެތަނަށް 300 މިލިއަނެއްހާ ޑޮލަރު ކަނޑައެޅިގޮތް ނުދައްކަމާ ބަހީއެވެ. އަނެއްކާވެސް ރީތިކަމަކަށް ނުވެދާނެތީއެވެ. އެފައިސާގެ ބަޔަކަށް ވީގޮތް އިތުރު ބަޔަކަށް އެނގުން ވިޔާދާ ކަމަކަށް ނުވާނެތީއެވެ. ސައޫދީ ފަންޑުން އެފައިސާ ދީގެން މަނިކުފާނަށް އެތާ ރަންވޭއެއް ފަތުރާލެވުނުއިރު އެއީ އަދި ބޯޓެއް ޖައްސާން ހެޔޮވާވަރުގެ ތަނެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ މަނިކުފާނަށެވެ. އެތަނާ ދިމާލުގައި އެއޮތް ސީޕްލޭން ޓަރމިނަލް އޮވެގެން ތިޔަ ރަންވޭއަށް ހުއްދަ ނުލިބުނުކަން ހަމަ އެނގޭނީ މަނިކުފާނަށް ދޯއެވެ. ކުޅުދުއްފުށީގައިވެސް އެއަރޕޯޓެއް އެޅީމޭ ބުނެ ތާރުގަނޑު އަތުރާލާފައި ހަނިމާދޫގައި ތިބި ކުދިންކޮޅެއް ގެނެސްގެން، ރަށުބައްތެލިން ބާލައި ކާޑުކޮޅާއި ފޮށިގަނޑު ގަނޑު ދޫކުރާހެން ބޯ ވާރޭގައި ތެމިފޯވެ ތުރުތުރު އަޅައަޅާ ހުރެގެން އަޑަށް ލެވުނުހާ ބާރެއް ލާފައި އެއަރޕޯޓު ހުޅުވިހެން ތިޔަތަނަށް ބޯޓެއް ޖެއްސުވި ދުވަސްމަތިން ނިކަން ހަނދާން ކޮށްލަބަލާށެވެ. އަދިވެސް އެދުވަސް ހިތަށް އަރާފައި އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ. މަގޭ ވެރިކަމުގައި ރަންވޭއެއް އަޅައި ބޯޓު ޖެއްސީމޭ ބުނަން ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި އެތަނަށް ބޯޓެއްވެސް ޖެއްސުނީ "ހެނގަރުން" ވެސް ބައެއް ކަފާލައިގެންކަން އެނގޭނީ މަށާއި މަނިކުފާނަކަށް ނޫންތޯއެވެ. އަދި ޖެއްސި ބޯޓު ފުރުވާ ލެވުނީވެސް ބައު ރަންވޭން ނޫންތޯއެވެ. ދެން އެވާހަކަތައް މިއަދު ދައްކުވަން އުޅުނީމާ ވާނީ ކިހިނެއް ހެއްޔެވެ. އާއެކެވެ. އެމްޔޫވެސް އެކުރީކީ ކުރާން ހެޔޮވާވަރުގެ ކަމެއްނޫނެވެ. އެކަމަކު ތިޔަތަން، ތަނަކަށްހަދާން އިބުރާހީމްމެންކުރި ކަންކަން ގޮވާނުލީތީ ހަމަގައިމު މަ ޝުކުރުވެރިވަމެވެ. ތިޔަތަނަށް އިތުރަށް ހޯދި 150 އެއްހާ މިލިއަން ޑޮލަރާ، އެކަން ކޮށްދޭން ސައޫދީ ސަރުކާރާއެކު ދެއްކި ވާހަކަތަކާއި ފޮށިގަނަޑެއްހެން އެހެރަތަން ބަދަލުކުރާން އެގެނައި ބޮޑެތި ބަދަލު ތަކުގެ ވާހަކަ ދައްކަފާނެތީ މަހުރީ ބިރުން ތުރުތުރު އަޅައަޅައެވެ. ގައިމު އެވާހަކަތައް ދެއްކިނަމަ މަނިކުފާނު ސަރުކާރުގައި ފެށި ރަންވޭއެކޭވެސް މީހަކު ނުބުނާނެކަން އެނގޭތީއެވެ.

މަނިކުފާނެވެ. ތިޔަ ރަންވޭގެ ރިބަންފަށް ކަނޑާލަން ނުލިބުނަސް ހިތުގައި ޖެހެން އަދި ގާތްވެސް ނުވެއެވެ. އެއަށްވުރެ ބޮޑަށް މަނިކުފާނު ކަންކުރީ އެކަހަލަ ގޮތަކަށް ނޫނެވެ. މަނިކުފާނުގެ ވެރިކަމުގައި ފެށި ކޮންމެ ކަމަކުން ފެންނާން ހުރި ކަންކަމުންނެވެ. މިވާހަކަ ދައްކަން އަހަރެއް ކަހަލަ މަނިކުފާނުގެ އެހާ ގާތްމީހަކު ހިތާމަކުރަމެވެ. އަހަރެމެން އެންމެ ފޮނިވެލާފައި މިދައްކާ ބޮޑު ބްރިޖުން ފަށަމާ ހެއްޔެވެ. އެއީ މަނިކުފާނާއި މަގޭވެސް އެންމެ ބިޔަ ޕްރޮޖެކްޓެވެ. އެކަމަކު އެކަމުގައި އަހަރެމެން އޮޅުވާލިވަރު އެނގޭނީ އަހަރެމެނަކަށް ނޫންހެއްޔެވެ. މަނިކުފާނުގެ ސަރުކާރުގައި އެކަމުގެ އަމަލީ މަސައްކަތް ފެށިއަސް އެއީ އަހަރެމެންގެ އެއްޗެއް ނޫންކަން ހެކިވާނީ މަނިކުފާނުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭ ސިޓީގެ މޭޔަރު މުއިއްޒު ނޫންތޯއެވެ. ހަމަގައިމުވެސް 2012 ވަނަ އަހަރުގެ މެއި 3 ވަނަ ދުވަހު ވަހީދު ސަރުކާރުގައި އޭރުގެ ހައުސިން މިނިސްޓަރު ދެއްވި އިންޓަވިއު އެއޮތީ ޔޫޓިއުބުގައި މިއަދުވެސް ހާމަޔަށް ފެންނާށެވެ. އޭގައި މުއިއްޒު ވިދާޅުވީ ބްރިޖުގެ ޑިޒައިނާއި މެނޭޖްމަންޓް ކޮންސަލްޓެންސީ ޕްރޮޕޯސަލް ހުށަހެޅުމަށް 10 ކުންފުންޏަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. އެކުންފުނިތަކަކީ 2011 ވަނަ އަހަރު (ރައީސް ނަޝީދުގެ ވެރިކަމުގައި) ޑިސެމްބަރު މަހު ހުޅުވާލައިގެން ކުރިމަތިލި 18 ފަރާތުގެ ތެރެއިން ޝޯޓްލިސްޓް ކުރެވުނު 10 ކުންފުނި ކަމަށެވެ. އޭގެ ތެރޭގައި ޔޫރަޕްގެ މަޝްހޫރު ކުންފުނިތައް ހިމެނޭ ކަމަށާއި އެއީ ދުނިޔޭގެ ފެންވަރުގައި ޤާބިލް ކުންފުނިތައް ކަމަށް މުއިއްޒު ވިދާޅުވޭ ނޫންތޯއެވެ. އެކަމަކު މަނިކުފާނާއި އަހަރެމެން ކުރިކަމަކީ އެތަނުގެ ކުރެހުން އަހަރަމެން ރައްޔިތުންނަށް ދެއްކިއިރު އޮތް ލޭނުތަކުން ދެ ލޭން ގެއްލުވާލުން ނޫންތޯއެވެ. އެކަމަކު ގެއްލުނުބައިގެ ވާހަކަ މިހާރު ތިޔަ ގެންގުޅޭ ކުދިންނާއި އާއްމުން ނުދައްކާތީ ޝުކުރުވެރިވަމެވެ. ދައްކައިފިނަމަ އެއީވެސް މަނިކުފާނު ކުރިކަމަކަށްވުރެ ހިންގި ޖަރީމާއެއްކަން މީހުންނަށް ޔަޤީންވާނެއެވެ. ދެވަނަ ދައުރަކަށް ހޮވުނުނަމަ ހިލޭ ބްރިޖެއް އަޅައިދޭނެ ކަމަށް ޗައިނާ މީހުން ބުންޏޭ ކިޔައިގެން ވާހަކަ ދައްކާއިރު، މިހާރު ތިޔައެޅި ތަނުގެއަގު ބޮޑުކަން މަނިކުފާނު ހީކުރީ މީހުންނަށް ނޭނގޭ ކަމަށް ހެއްޔެވެ.

މަނިކުފާނޫއެވެ. އައިޖީއެމްއެޗަކީ މުޅި ރާއްޖޭގައި އެޅި އެންމެއުސް އިމާރާތައް ވެގެން އަހަރެމެން މިތިބީ ކިހާ ހެވިފައި ހެއްޔެވެ. އެކަމަކު އެތަނަށް އެހޭދަކުރި ފައިސާއިން އެޅޭނީ އޭގެ އެންމެ ތަނެއް ނޫންކަމާއި ރަށްރަށުގައިވެސް އެތައް ހޮސްޕިޓަލެއް އެޅުނީސްކަން މަނިކުފާނަށްވެސް އެނގޭ ނޫންހެއްޔެވެ. އެ އެކަންޏެއް ނޫނެވެ. ފުރަތަމަ މަނިކުފާނުގެ ފޮޓޯ ޖަހައިގެން އެތަނުގެ ފޮޓޯ ދެއްކިއިރު އޭގައިން ދެވަނަ އިމާރާތް މިއަދު ފެންނާންނެތީމާ މީހުން ހަޅޭނުލަވާ ތިބުމަކީ ލައްކަ ރަނގަޅު ނޫންތޯއެވެ. އެކަމަކު ތިޔަހެން އުޅެންޏާ އެކަންވެސް މީހުން ގޮވާ ނަގަން ފަށާފާނެއެވެ. ހަމަ ގައިމުވެސް އެފޮޓޯއިން ގެއްލުނު އިމާރާތަކީ ހެންވޭރު ކޮޅުގައި 17 ބުރިއަށް އެއަޅާ ބޮޑު އިމާރާތޭ މީހުން ނުގޮވާކަން ލައްކަ ނަސީބުތާއެވެ.

ހުޅުދާން ބަގީޗާއެކޭ ކިޔާފައި ސަލްޓަންޕާކް ނަގައި އެއްލާލާ އެއޮއްސާލި ބޮކިތައް ދެތިންމަސްތެރޭ އުކާލާފައި އަނެއްކާ އެތަނަށް މިލިއަނުން ހަރަދުކޮށްގެން ކަންކުރީމާ މީހުން މަނިކުފާނުގެ ތަނެކޭ ބުނަން މަނިކުފާނުވެސް ލަދުފުޅު ގަންނާނެ ނޫންތޯއެވެ. އެތަނުގައި ހުރި ކަޅުވަކަރު މިސްކިތް އެއްލާލާފައި މިލިއަނުން މިލިއަނުން ރައްޔިތުން ދަރުވާލައިގެން ހެދި އައިސް ޕާކް ހިންގޭނޭ ޚަރަދުވެސް ނުލިބޭތީ ރައްޔިތުން ކުދި ނުކިޔާކަންވެސް ނަސީބެއް ނޫންތޯއެވެ. ދެން އެއީ މަނިކުފާނުގެ ތަނެކޭ ނުބުނެގެން އުޅުމަށްވުރެ މަޑުންހުރުން މަށަށް ހީވަނީ މާ ރަނގަޅު ހެންނެވެ. ސުނާމީ ބިނާއާއި ޖުމްހޫރީ ބިނާ އެތަނުން ނަގާފައި އެހެންތާކަށް ލުމަކީވެސް މަނިކުފާނުގެ ބިޔަ ޕްރޮޖެކްޓެއްކަން މީހުން ޤަބޫލު ކުރޭ ނޫންތޯއެވެ. މުއިއްޒު ލައްވައި ހުޅުމާލޭ ފެރީ ޓަރމިނަލް ކުރިމަތީ ތިންހަތަރު ފަހަރަށް ބުޑުއަޅައިގެންވެސް ދައުރު ނިމުނުއިރުވެސް ލޮލަށް ނުފެނުނު "ކްލޮކް ޓަވަރަކީ"ވެސް މަނިކުފާނުގެ އެއްޗެއްކަން ރައްޔިތުން ޤަބޫލު ކުރެއެވެ.

މަނިކުފާނޫއެވެ. ހުޅުމާލޭ ދެވަނަ ފޭސްގެ ވާހަކައިން މަށަށާއި މަނިކުފާނަށް ނެގުނު ކްރެޑިޓުން މަމިހުންނަނީ ވަރަށް އުފަލުންނެވެ. އެކަމަކު އެއީ ހުޅުމާލެ ހިއްކަންފެއްޓެވި ރައީސް މައުމޫންގެ މާސްޓަރ ޕްލޭންގައި ކަނޑާ ނެގިފައިވާ ތަސައްވުރެއް ކަމާއި އެކަމުގެ އަމަލީ މަސައްކަތް ފެށީ ވަހީދުގެ ސަރުކާރުގައިކަން އަހަރެމެންނަށް ވަރަށް ރަނަގަޅަށް އެނގޭ ނޫންހެއްޔެވެ. އަދި އެކަން ރައީސް އޮފީހުގެ ވެބްސައިޓްގައިހުރި 2013 އޮގަސްޓް 28 ވަނަ ދުވަހުގެ ލިޔުންތަކުން އެހެން މީހުންނަށް މިއަދުވެސް އެއޮތީ ފެންނާން ނޫންހެއްޔެވެ. އެކަމަށް ބޭންކް އޮފް ސިލޯނުން ނެގި ލޯނަށް އެދުނީވެސް އެވެރިކަމުގައިކަން އެހުރީ އެނގޭން ނޫންތޯއެވެ. އެކަމަކު އެޕްރޮޖެކްޓްގެ މެޑަލްވެސް މިތިބީ އަހަރެމެން ޖަހާލައިގެންތާއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ކުޑަކުދިންގެ އައިސީޔޫގައި ހުރި އެއްޗެހި ނަގާފައި އަންހެނުން ހިންގި ފައުންޑޭޝަނުން ކުދިން ހިތާނުކުރަން ހިންގި ޕްރޮޖެކްޓާއެކު ގެއްލުނު އައިސީޔޫއަކީވެސް މަނިކުފާނުގެ ބޮޑު ޕްރޮޖެކްޓެކެވެ. އެކަން ދެން ބަޔަކު ކުރިއަސް ވާނީ ހަމަ މަނިކުފާނުގެ ބިޔަ ޕްރޮޖެކްޓަކަށް ނޫންތޯއެވެ.

މަނިކުފާނޫއެވެ. އައިހެވަނޭ، ޓްރާންސްޝިޕްމަންޓް ބަނދަރޭ، މަލްޓި މިލިއަން ޑޮލަރޭ ކިޔައިގެން އަހަރެމެން ކިހާ ފޮންޏެއް ކެނޑީމު ނޫންތޯއެވެ. މުޅި ދައުރު ނިންމާލީ އޭގެ މާސްޓަރ ޕްލޭން ހަދާ ވާހަކަ ދައްކައިގެންނެވެ. ދެން ބަޔަކު އެކަން ކުރިއަސް ހަމަގައިމުވެސް މަ ޤަބޫލުކުރާނީ މަނިކުފާނުގެ ބިޔަބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

މަނިކުފާނޫއެވެ. އިތުރަށް މިވާހަކަތައް ނުދައްކަމާހެއްޔެވެ. ހަމަ ގައިމުވެސް އަހަރެން މިވާހަކަ ދައްކަން ލަދުގަނެއެވެ. މިހާ ގިނަ ބިޔަ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގައި އެހާމެ ވަރުގަދަ ބާރަކާއެކުވެސް އިންތިޚާބުން ލަދުވެތި ގޮތަކަށް ރައްޔިތުން އަހަރަމެން ބޭރުކޮށްލައި މަނިކުފާނަށް ނޫނެކޭ ބުނެ މިހުރިހާ ކަމެއްގެ ރިބަންފަށް ކަނޑާލަން ނުދިނީތީ ދެރަވެސް ވެއެވެ. އެކަމަކު ނުހަނު އުފާކުރާ ކަމެއްވެސް އެބައޮތެވެ. މިޕްރޮޖެކްޓްތަކުން ލިބުނު މަންފާތަކުން މަނިކުފާނުގެ އެހެރަ ބޮޑު ގެއަޅާ ވާހަކައާއި މަނިކުފާނުގެ ކުރީގެ ގެ ސަރުކާރުން ގަނޑުވަރަކަށް ހަދައިނިންމާލި ބޮޑު ބިޔަ ޕްރޮޖެކްޓްގެ ވާހަކަ މީހުން ނުދައްކާތީއެވެ. މަވެސް ދެން އިތުރަކަށް މިވާހަކައެއް ނުދައްކާނަމެވެ. ވަރަށް ބޮޑަށް ސަލާމެވެ.  

ރައީސް ޔާމީންމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު