Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް

އީރާނުގެ މުޒާހަރާތަކުގައި 19 ކުޑަކުދިން މަރުވެއްޖެ

9 އޮކްޓޯބަރު 2022 | އާދީއްތަ 14:04

އީރާނުގައި ހުއްޓުމެއްނެތި މުޒާހަރާތައް ކުރިއަށްދާތާ ތިން ހަފުތާއަށްވުރެ ގިނަވެއްޖެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 އޮކްޓޯބަރު 2022 | އާދީއްތަ 14:04
އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ފަށާފައި ވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު

އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ފަށާފައި ވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު

އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި 19 ކުޑަކުދިން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން، ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، އީރާންގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި 185 މީހުން ވަނީ މަރުވެފައެވެ. އަދި އޭގެ ތެރޭގައި 19 ކުޑަކުދިންވެސް ހިމެނޭކަމަށް އީރާންގެ ހިއުމަން ރައިޓްސް އެޖެންސީއަކާ ހަވާލަދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.

އީރާންގެ ސަރުކާރުން މިމުޒާހަރާތައް ސިފަކުރަނީ އެގައުމާ ދެކޮޅަށް (އެމެރިކާ ހިމެނޭހެން) އެގައުމުގެ ދުޝްމަނުން ކުރަމުންދާ ކަމެއްގެ ގޮތުގައެވެ.

އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށިގެންގޮސްފައި ވަނީ އުމުރުން 22 އަހަރުގެ މަހްސާ އަމީނީގެ މަރާއެކުއެވެ. ބުރުގާ އަޅާފައި ހުރިގޮތް ރަނގަޅު ނޫންކަމަށް ބުނެ، އީރާންގެ "މޯރަލިޓީ" ފުލުހުން އޭނާ "ރީ-އެޑިއުކޭޝަން" ސެންޓަރަށް ގެންދިޔައެވެ. އެއީ އޭނާއަށް ބުރުގާ އަޅައި އައުރަ ނިވާކުރާނެ ގޮތް ކިޔައިދިނުމަށް ކަމަށް ބުނެއެވެ.

ސެޕްޓެމްބަރު މަހުހެ 16 ވަނަ ދުވަހު ކުއްލިގޮތަކަށް މަހްސާ މަރުވުމާއެކު، އޭނާ މަރުވީ ފުލުހުން އޭނާއަށް ކުރި އަނިޔާތަކުގެ ސަބަބުންކަމަށް މަހްސާގެ އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. މަހްސާ މަރުވީ ހާރޓްއެޓޭކެއް ޖެހިގެން ކަމަށް ފުލުހުން ބުނި ނަމަވެސް، ހޮސްޕިޓަލާ ހަވާލީ އޭނާގެ އާއިލާއިން ބުނެފައިވަނީ އޭނާގެ ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި މަހްސާ މަރުވެފައި ވަނީ އޭނާއަށް ފުލުހުން ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ހުއްޓުމެއްނެތި މުޒާހަރާތައް ކުރިއަށްދާތާ ތިން ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިމުޒާހަރާތަކުގައި އެގައުމުގެ އެކި އުމުރުގެ މީހުން ދަނީ ބައިވެރިވަމުންނެވެ. އެގައުމުގެ ސްކޫލް ދަރިވަރުންވެސް ދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރަމުންނެވެ.

އީރާނުގެ އިތުރުން ދުނިޔޭގެ އެހެން ގައުމުުތަކުގައިވެސް ދަނީ އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. އެމެރިކާ ހިމެނޭހެން ޔޫރަޕުގެ ބޮޑެތި ގިނަ ގައުމުތަކެއްގައި ދަނީ ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ.

މިކަމުގެ ސަބަބުން އެމެރިކާއާއި ކެނެޑާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ޔޫރަޕިއަން ޔޫނިއަނުން ދަނީ އީރާން ސަރުކާރުގެ އޮފިޝަލުންގެ އެސެޓްތައް ފްރީޒް ކުރުމާއި ގައުމުތަކަށް އޮފިޝަލުންނަށް ދަތުރުނުކުރެވޭނެ ގޮތަށް ފިޔަވަޅު އެޅުމާމެދު މަޝްވަރާކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް