Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރާންސް ލީގު

ޕީއެސްޖީ އެއްވަރުވީއިރު ރާމޯސް އަށް ރަތެއް

ރެއިމްސްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2022 | އާދީއްތަ 02:44
ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން

ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން

ފްރާންސް ލީގުގައި ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެއްވަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރެއިމްސްގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ރެއިމްސްއާ ދެކޮޅަށް ޕީއެސްޖީން އެ ޓީމުގެ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހިމަނާފައެއް ނުވެއެވެ. މީގެ އިތުރުން ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އަށް ފުރަތަމަ 11 އިން ޖާގައެއް ނުދެއެވެ. ނޭމާ ކުޅެން ނުކުމެފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި 57 ވަނަ މިނެޓުގައެވެ. މިއީ މި ސީޒަންގެ މެޗެއްގައި ޕީއެސްޖީން ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

މެޗުގައި ޕީއެސްޖީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިފައެވެ. އެ ޓީމުގެ ކީލިއަން އެމްބާޕޭ އާއި ޕަބްލޯ ސަރަބިއާ އަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ރެއިމްސްްގެ ގޯލް ކީޕަރެވެ. މެޗުގައި ޕީއެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއީ މެޗުގެ 41 ވަނަ މިނެޓުގައި ރެއިމްސްގެ ޑިއޮން ލޮޕީ އަށް ރާމޯސް ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ ރެއާލް މެޑްރިޑު ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފަހުން ރާމޯސް އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

މެޗުން އެއްވަރުވީ ނަމަވެސް ޕީއެސްޖީ އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައެވެ. އެއީ 10 މެޗުން 26 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ލިބެނީ 10 މެޗުން 23 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2017

ޕެޕޭ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފަށައިފި

17 ޖޫން 2017
ޕެޕޭ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފަށައިފި
17 ޖޫން 2017

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017
ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި
27 އެޕްރީލު 2017

ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް

27 އެޕްރީލު 2017
ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު