Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ބަޙްރައިން އަށް ކުރައްވާ ދަތުރުފުޅު

ބަޙްރައިންގެ ރަސްގެފާނާއި ވަލީއަހުދަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފި

7 އޮކްޓޯބަރު 2022 | ހުކުރު 02:07

ރާއްޖެއާއި ބަޙްރައިނާ ދެމެދު ސޮއިކުރެވުނު 4 އެއްބަސްވުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން އަހައްމިއްޔަތުކަން ދޭ މިންވަރު ހާމަވާކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އޮކްޓޯބަރު 2022 | ހުކުރު 02:07
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރު ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރު ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ

ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ.

ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މިބަޔާން ދެއްވާފައި ވަނީ ބަޙްރައިންގެ ވެރިރަށް މަނާމާގައެވެ. މިނިސްޓަރު ޝާހިދު ބަޙްރައިންއަށް ވަޑައިގަންނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގައެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ބަޔާންދެއްވަމުން މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމާއި، ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދު ވިޔަފާރިއާ އިޤްތިޞާދު އަދި އިންވެސްޓްމަންޓު ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި އިޤްތިޞާދު ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު ފުޅާކުރުމާއި ގުޅޭގޮތުންނާއި އަދި ވިޔަފާރިއާއި ދަތުރުފަތުރުގެ ޒަރީއާއިން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ދެ ލީޑަރުން މަޝްވަރާކުރައްވާފައިވާ ކަމުގައި މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބަޙްރައިންގެ ވަލީ އަޙްދު، އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދް އަލް ޚަލީފާއާ ބަޙްރައިން ސަރުކާރުގެ އިތުރު ބައެއް އިސް ބޭފުޅުންނާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައިވާކަމުގައި މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެއާއި ބަޙްރައިނާ ދެމެދު ސޮއިކުރެވުނު 4 އެއްބަސްވުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން އަހައްމިއްޔަތުކަން ދޭ މިންވަރު ހާމަވާކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދު އެއަރ ސަރވިސް އެއްބަސްވުމެއް ޤާއިމުކުރުމާއި ބަޙްރައިންގެ ގްލޯބަލް ސީ-ޓު-އެއަރ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއަރ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ބަޙްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި ހުރި ރާއްޖޭގެ ޑާޓާތަކުގެ ސިޔާދަތީ ބާރު، ރާއްޖެއަށް ދިނުމާއި ގުޅޭ އެއްބަސްވުމާއި ބަޙްރައިން ޓުއަރިޒަމް އެންޑް އެގްޒިބިޝަން އޮތޯރިޓީން ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުންނަށް ސަބްސިޓީ ލިބުމުގެ ފުރުޞަތު އޮންނަ ގޮތަށް ބަޙްރައިން މޯލްޑިވްސް ޖޮއިންޓް ޓުއަރިސްޓް ޕެކޭޖް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާތައް ދެ ޤައުމުގެ މެދުގައި ކުރިޔަށްގެންދަވާފައިވާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ދެ ޤައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި ރާއްޖެއާއި ބަހްރެއިންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ތަފްޞީލުކޮށްދެއްވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ދެ ޤައުމުގެ ލީޑަރުން ވެސް ޓެރަރިޒަމްގެ ހުރިހާ ޢަމަލެއް ކުށްވެރިކުރައްވާކަމަށާއި، އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސް ހުއްޓުވުމަށް އެއްޤައުމުން އަނެއްޤައުމަށް އެއްބާރުލުން ދޭކަމަށާއި މީގެ އިތުރުން ސައިބަރ ސެކިއުރިޓީ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމުގައެވެ. އަދި، ރާއްޖެއާއި ބަޙްރައިނާ ދެޤައުމުން ވެސް، ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާއި ވިޔަފާރީގެ މިނިވަންކަމާއި އަދި ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް ޢަދުލުވެރި ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން މަޝްވަރާތަކުގައި ފާހަގަކުރައްވާފައިވާކަމުގައި މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 2023- 2025 ވަނަ އަހަރުގެ ދައުރުގައި ދިވެހި ސަރުކާރަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ބަޙްރައިންގެ ސަރުކާރުން އެ ކައުންސިލަށް މިހާރު ވާދަނުކުރަން ނިންމަވާފައިވާ ނިންމެވުމަށް މިނިސްޓަރު ޝާހިދު ތަޢުރީފުކުރެއްވިއެވެ. މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ބަޙްރައިނުން ހޭދަކުރި ތިން ދައުރުގެ ތެރޭގައި އެޤައުމުން ދެއްކި ހަރަކާތްތެރިކަމާއި ބިނާކުރަނިވި ގޮތެއްގައި ކުރި މަސައްކަތްތަކުން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެ ޤައުމުން އިސްކަންދޭ މިންވަރު ހާމަވާކަމުގައި މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިންއަށް ވަޑައިގެންނެވުމުން އެ ޤައުމުން ވިދާޅުވި ހޫނު މަރުޙަބާއަށާއި އަދާކުރައްވަމުން ގެންދަވާ ފުރިހަމަ މެޙެމާންދާރީއަށްޓަކައި ބަޙްރައިންގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ވެރިއެއް ބަޙްރައިންނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ މިއީ ފުރަތަމަ ފަހަރުކަމުގައިވާތީ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި ވަރަށް ޚާއްޞަ ޝަރަފެއްކަން ވެސް މިނިސްޓަރު ޝާހިދުގެ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ދެއްވި ބަޔާން ނިންމަވާލައްވަމުން ބަޙްރައިންގެ ރަސްގެފާނަށާއި، ވަލީއަޙުދު އަދި ބޮޑުވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު އަރުވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ބަޙްރައިންއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، އިތުރު ހަރުފަތަކަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް