Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތައިލޭންޑުގައި މީހަކު 39 މީހުން މަރާލުން

39 މީހުން މަރާލުމަށްފަހު ތައިލޭންޑުގައި މީހަކު އަމިއްލައަށް މަރުވެއްޖެ

މި ހާދިސާގައި އޭނާ މަރާލާފައިވާ ކުދިންގެ ތެރެއިން ގިނަ ކުދިން މަރާލާފައިވަނީ ވަޅިން ދިން ހަމަލާތަކެއްގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 15:34
ތައިލޭންޑުގައި 39 މީހުން މަރާލުމަށްފަހު އަމިއްލައަށް މަރުވި މީހާގެ ހަށިގަނޑު

ތައިލޭންޑުގައި 39 މީހުން މަރާލުމަށްފަހު އަމިއްލައަށް މަރުވި މީހާގެ ހަށިގަނޑު

ބުރާސްފަތި ދުވަހު މުޅި ތައިލޭންޑު ސިއްސުވާލީ ހިތާމަވެރި ހާދިސާއެއްގެ ހަބަރާއެކުއެވެ. އެގައުމުގައި 39 މީހުން މަރާލުމަށްފަހު މީހަކު އަމިއްލައަށް މަރުވި ހަބަރާއެކުއެވެ. އަދި އޭނާ މަރާލި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަން އެނގުނު ހިސާބުން އެތައް ބައެއްގެ ލޮލުން ކަރުނަ އޮހިގެންދިޔައެވެ.

ތައިލޭންޑުގެ ފުލުހުންނާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ތައިލޭންޑުގެ ކުރީގެ ފުލުސް އޮފިސަރަކު ވަނީ ބުރާސްފަތި ދުވަހު އެގައުމުގެ ޑޭ ކެއާ ސެންޓަރަކަށް ގޮސް 37 މީހުން މަރާލާފައެވެ. އޭގެ ތެރޭގައި 22 ކުޑަކުދިން ހިމެނެއެވެ. އަދި އޭގެފަހުން އޭނާގެ އަންހެނުންނާއި ދަރިފުޅު މަރާލުމަށްފަހު އޭނާ އަމިއްލަ އަށް މަރުވެފައިވާ ކަމަށް ވެސް ތައިލޭންޑުގެ ފުލުހުން ބުނެއެވެ.

މިއީ މިފަހުގެ ތާރީހެއްގައި މީހަކު އެންމެ ގިނަ އަދަދަކަށް ކުޑަކުދިން މަރާލި ހާދިސާއެވެ. މި ހާދިސާގައި އޭނާ މަރާލާފައިވާ ކުދިންގެ ތެރެއިން ގިނަ ކުދިން މަރާލާފައިވަނީ ވަޅިން ދިން ހަމަލާތަކެއްގައި ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ތައިލޭންޑުގެ ފުލުހުންނާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން އެވަގުތު ޑޭ ކެއާގައި ތިބި ކުދިންނަކީ ދެ އަހަރާ ފަސް އަހަރާ ދެމެދުގެ ކުޑަކުދިންނެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މިހާދިސާ ހިންގާފައިވާ ކުރީގެ ފުލުސް އޮފިސަރަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ އެ ހަމަލާތައް ދިނުމުގެ ކުރިން ކޯޓުގައި އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އެދުވަހު ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. އޭނާ ޑޭ ކެއާއަށް ގޮސްފައިވަނީ އޭނާގެ ދަރިފުޅު ބަލާކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާގޮތުން އޭނާ ޑޭ ކެއާގައި ތިބި މީހުންނާއި ކުދިން މަރަން ފެށީ އެ ސެންޓަރުން އޭނާގެ ދަރިފުޅު ނުފެނުމުންނެވެ. އެގޮތުން ދަރިފުޅު ނުފެެނުމުން ބަޑިޖަހައި ވަޅިން ހަމާލާދޭން ފެށީކަމަށް ތަރުޖަމާން ކިޔާދީފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަރުވެފައިތިބި ކުޑަކުދިންގެ ހަށިގަނޑުތައް ފޮތިގަނޑު އަޅައި ފޮރުވާފައި އޮތް ނަމަވެސް އެހަށިގަނޑުތައް ވަނީ ލެއިން ތަތްތެޅިފައިކަން ފެނެއެވެ.

ޑޭ ކެއާ ސެންޓަރު ކައިރީގައި ހުރި އޮފީހެއްގައި މަސައްކަތްކުރަމުންދިޔަ މީހަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން އެމީހާ އެ ޑޭ ކެއާ ސެންޓަރަށް ދިޔަ އިރު، އެތާނގައި 30ކަށް ކުޑަކުދިން ތިއްބެވެ. މިއީ އާންމުކޮށް އެ ޑޭ ކެއާ އަށް ދާ ކުޑަކުދިންގެ އަދަދަދަށްވުރެ މަދު އަދަދެއްކަމަށް އޭނާ ކިޔައިދިނެވެ.

މިހަމަލާދިން މީހާ ޑޭ ކެއާ ސެންޓަރަށް ގޮސްފައިވަނީ މެންދުރުގެ ވަގުތުގައި ކަމަށާއި އޭނާ އެންމެ ފުރަތަމަ ބަޑިޖަހައި މަރާލާފައި ވަނީ އެތަނުގައި މަސައްކަތްކުރާ ފަސް އޮފިޝަލުން ކަމަށް ވެސް އެމީހާ ވަނީ ރޮއިޓަރސްއަށް ކިޔާދީފައެވެ.

އޭނާ ކިޔައިދިން ގޮތުގައި ބަޑީގެ އަޑު އިވުމުން މީހުން އެންމެ ފުރަތަމަ ހީކުރީ ހަވާ އަރުވާނީ ކަމަށާއި ބަޑިޖަހާކަން އެނގުނީ ފަހުން ކަމަށް ބުނެފައިވެއެވެ.

އެމީހާ ޑޭ ކެއާގައި ހުރި ކޮޓަރިއަކަށްވަދެ އެތާނގައި ނިދާފައި ތިބި ކުދިންނަށް ވަޅިން ހަމާލާދީ މަރާލާފައިވާ ކަމަށާއި އެތަނުގައި މަސައްކަތްކުރަމުންދިޔަ މާބަނޑު އަންހެނަކު ވެސް މަރާލާފައިވާކަމަށް އޮފީސް މަސައްކަތްތެރިޔާއާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.

އޭނާ އެ ޑޭ ކެއާ ސެންޓަރަށް ދިން ހަމަލާތަކަށްފަހު އެތަނުން އޭނާގެ ދަރިފުޅު ނުފެނުމުން ގެއަށް ދިޔަ ކަމަށާއި، ގެއަށްގޮސް އޭނާގެ އަންހެނުންނާއި ދަރިފުޅަށް ހަމަލާދީ އެމީހުން މަރާލީކަމަށް ފުލުހުންގެ ތަރުޖަމާން ކިޔައިދިނެވެ. އަދި އެމީހުން މަރާލުމަށްފަހު އޭނާ އަމިއްލައަށް މަރުވެފައިވާކަމަށް ވެސް ތަރުޖަމާނު ކިޔާދިނެވެ.

މިފަދަ ހާދިސާތަކަކީ ތައިލޭންޑުގައި އާންމު ހާދިސާތަކެއް ނޫނެވެ. އަދި އާންމުން ބަޑި ގެންގުޅުމަކީ ވެސް އެގައުމުގައި މަނާކަމެކެވެ. އަދި ގަވައިދާ ހިލާފަށް ބަޑި ގެންގުޅޭ ނަމަ އަދަބެއްގެ ގޮތުގައި 10 އަހަރު ދުވަހާ ހަމައަށް ޖަލަށް ލެވޭނެއެވެ. އެހެންނަމަވެސް ތައިލޭންޑަކީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ގަވައިދާ ހިލާފަށް މީހުން ބަޑި ގެންގުޅުން ގިނަ ގައުމެކެވެ. ކައިރި އެހެން ގައުމުތަކުން ވަގަށް ބަޑި އެތެރެކޮށް ބޭނުންކުރާ މީހުން އެގައުމުގައި އުޅެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މިހާދިސާގައި އެމީހާ ގެންގުޅުނު ބަޑިއަކީ ގަވައިދާ ހިލާފަށް ގެންގުޅުނު ބަޑިއެއް ނޫނެވެ.

މިހާދިސާއާ ގުޅިގެން ތައިލޭންޑްގެ ބޮޑުވަޒީރު ޕްރަޔުތު ޗަންއޮޗާ ވަނީ ފޭސްބުކް މެދުވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން މިހާދިސާގެ ވާހަކަ އެއްސެވީ ހައިރާންވެ ހުންނަވާ ކަމަށާއި ފުލުހުންގެ އެންމެ އިސްވެރިޔާއަށް ހާދިސާ ހިނގި ސަރަހައްދަށް ގޮސް ވަގުތުން ފިޔަވަޅުތައް އެޅުމަށް އަންގަވާފައިވާނެ ކަމަށް ބޮޑުވަޒީރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މިކަމުގައި ފިޔަވަޅު އަޅަންޖެހޭ މީހުން ހޯދާ ވަގުތުން ފިޔަވަޅު އެޅުމަށް ވެސް އަންގަވާފައިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ބޮޑުވަޒީރު ވަނީ ހާދިސާގައި އަސަރުކޮށްފައިވާ ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އަންގަވާފައެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު ބޮޑުވަޒީރު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މަރުވި މީހުންނާއި ކުދިންގެ އާއިލާތަކާ ބައްދަލުކުރައްވާފައެވެ.

ތައިލޭންޑްގެ ސަރުކާރުން ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެމީހުންގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ފައިސާގެ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. އަދި ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ވެސް ފައިސާގެ އެހީ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.

ތައިލޭންޑުގެ މިހާދިސާ އަކީ މިގޮތަށް އެންމެ ގިނަ އަދަދެއްގެ ކުޑަކުދިން އެކަކު މަރާލާފައިވާ އެއް ހާދިސާއެވެ. އެގޮތުން 2011 ވަނަ އަހަރު ނޯވޭގައި އަންޑްރެސް ބްރެވިކް ކިޔާ މީހަކު 69 މީހުން މަރާލާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ފުރާވަރުގެ ކުދިންނެވެ. އަދި 1996 ވަނަ އަހަރު ސްކޮޓްލޭންޑްގައި ހިނގި މިފަދަ ހާދިސާއެއްގައި 16 ކުޑަކުދިން މަރާލާފައިވާއިރު، މިއަހަރު އެމެރިކާގެ ޓެކްސަސްގެ ސްކޫލެއްގައި ހިނގި މިފަދަ ހާދިސާއެއްގައި 19 ކުދިން މަރާލާފައިވެއެވެ.

2004 ވަނަ އަހަރު ރަޝިއާގެ ގްރޫޕަކުން ސްކޫލެއް ހިސާރުކޮށް ހިނގި ހާދިސާއެއްގައި 186 ކުދިން މަރާލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްވެސް މީހަކު ފުއްޕާހަމުގެ ވާހަކަ ނުދައްކަނީ ކީއްވެ؟

އެއްވެސް މީހަކު ފުއްޕާހަމުގެ ވާހަކަ ނުދައްކަނީ ކީއްވެ؟

28 ޖުލައި 2019
ވައުދެއް ފުއްދުމަށް 24 ގަޑިއިރަށް މީހަކު ފަތަަން ފަށައިފި

ވައުދެއް ފުއްދުމަށް 24 ގަޑިއިރަށް މީހަކު ފަތަަން ފަށައިފި

12 އެޕްރީލު 2019
ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

27 މާރިޗު 2019
އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

04 ނޮވެމްބަރު 2018
ގޮތެއް ފޮތެއް ނެތް ހުކުމްތަކަށް ދައުލަތުން އިއުތިރާފުވެ އަމިއްލައަށް ބޭޒާރުވަނީ

ގޮތެއް ފޮތެއް ނެތް ހުކުމްތަކަށް ދައުލަތުން އިއުތިރާފުވެ އަމިއްލައަށް ބޭޒާރުވަނީ

12 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު