Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓްް

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

ސިޔާސީ ގޮތުން ދައްކަވާ ކޮންމެ ވާހަކައަކުން ވަނީ ގެއްލުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 27 މާރިޗު 2019 | ބުދަ 13:36
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައިވާއިރު މިދުވަސްވަރު މި ދައްކާ ސިޔާސީ ވާހަކަތަކުގެ ތެރެއިން އެ ވާހަކަތަކާއިމެދު އެއްޗެއް ނުބުނެ ދޫކޮށްލަން އުނދަގޫ ގިނަ ވާހަކަތަކެއް އެބަ ހުއްޓެވެ. މީގެ ތެރޭގައި ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކާއި، ވަކިވަކި މީޑިއާތަކަށް ސީޔާސީ ވެރިން ދެއްވާ ބަސްދީގަތުންތަކުގައި ދައްކަވާ ވާހަކަތަކާއި، ޕްރެސް ކޮންފަރެންސްތަކުގައި ދައްކާ ވާހަކަތައް ހިމެނެއެވެ.

ސިޔާސީ މަސްރަހު ހަލަބޮލިވެ، ސިޔާސީ ވާދަވެރިކަން އިތުރުވެގެންދާ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ދެކެވޭ މިފަދަ ބައެއް ވާހަކަތަކުން ދެން ވެދާނެ ގޮތް ލަފާކޮށްލެވޭ ފަހަރުވެސް ދެއެވެ. މީގެ އަހަރެއްހާ ދުވަސް ފަހަތުން ފަށާނަމެވެ.

ނިމިގެންދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެރޭ ރާއްޖެ ސިއްސުވާލީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރެކެވެ. އޭރު އޮތް ސިޔާސީ ހާލަތު ފުށުންޖެހި، ސިޔާސީ މުޅި މަންޒަރު ބަދަލުކޮށްލާފަދަ އެ އަމުރާއި ގުޅިގެން އޭރު ވެރިކަމުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކުއްލި ހާލަތަކަށް ދިޔަ މަންޒަރު ފެނިގެންދިޔައެވެ. އެ ޕާޓީގެ އޭރުގެ ނައިބުރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ސައުވީސް ގަޑިއިރުހެން ޓީވީގައި އިންނަވައިގެން އޭރުގެ އިދިކޮޅު ފަރާތްތަކަށް ފަތިވަރު ވިދާޅުވަމުން ގެންދެވިއިރު، ޢަބްދުއްރަޙީމްގެ ވާހަކަތަކުގެ ތެރެއިން ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކުރުމަށް ތައްޔާރުވަމުންދިޔަ ކަންކަމުގެ އިޝާރާތްތައް ކުރައްވަމުން ގެންދެވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރަންޖެހިދާނެ ކަމާއި، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ގެންދާން އުޅޫނު ކަމުގެ އިޝާރާތްތައް ޢަބްދުއްރަޙީމް ދިޔައީ ކުރައްވަމުންނެވެ. ހަޤީޤަތުގައި ރައީސް ޔާމީންގެ ސަރުކާރުން އެ ހާލަތުގައި ކަންކުރިގޮތަށް ރައްޔިތުންގެ ކިބައިން އެންމެ ބޮޑު ރުޅިވެރިކަމެއް އަމާޒުވެގެންދިޔައީވެސް މެދުކެނޑުމެއްނެތި ޢަބްދުއްރަޙީމާއި ޕީޕީއެމްގެ މަތީފަޑިން ދައްކަމުންދިޔަ ވާހަކަތަކަށެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ޖެހި ގުއިރޯނުގައި އޭރު ޖެހުނުތަން ފެނުނީ ޢަބްދުއްރަޙީމާއި ޕީޕީއެމްގެ އިސް ވެރިންނެވެ.

ނިމިގެންދިޔަ ސެޕްޓެމްބަރު މަހު ރައްޔިތުން ނުކުމެ ވޯޓުން ހާލަތު ބަދަލުކުރި ނަމަވެސް، ޢަބްދުއްރަޙީމާއި، އޭނާ އާއިއެކު އޭރުވެސް ޕްރެސް ކޮންފަރެންސްތަކުގައި ފަތިވަރު ގޮވި ފަރާތްތަކަށް މާބޮޑު ބަދަލެއް ނާދެވެ. ޢަބްދުއްރަޙީމްވެސް ޕާޓީއެއްގެ ރައީސްކަން ކުރައްވާ ހިތުން ޕާޓީއެއް އުފައްދަވައި، ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުންކޮޅު އެފަޅިއަށް ކަހާނުލާ ވާހަކައެއް ނޫނެވެ. ނަމަވެސް ޕޯޑިއަމްތަކާއި، ޕްރެސް ކޮންފަރެންސްތަކުގައި އަދިވެސް އެފަރާތްތަކުން ދައްކަނީ ހަމަ އެއް ޒާތެއްގެ ވާހަކައެވެ.

މިހާރުގެ ސަރުކާރު ޖައްސަން ގުއިރޯނު ދަމާފައި އަމިއްލައަށް އޭގައި ޖެހި، ވިހަވުން ނޫން ހަމައެއްކަމެއްވެސް ނުވެއެވެ.

ދާދިފަހުން ޕްރެސް ކޮންފަރެންސެއްގައި ޢަބްދުއްރަޙީމް ދެއްކި ވާހަކަތައް ދިވެހިން އެއްސެވެ. އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާއިން ނަގުދު ފައިސާ ލިބުނު މީހުންގެ ލިސްޓެއް ސަރުކާރުން އިޢުލާނުކުރަން އުޅެނީ ޔޯލައެވެ. އެ ލިސްޓަކީ ކުރިއަށް އޮތް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އާންމުކުރާ ލިސްޓެކޯލައެވެ. އޭގައި އޮންނާނީ ރައީސް ޔާމީނާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބުރާހީމާއި، ދެންވެސް އިދިކޮޅުގައި ތިބިއްޔާ ތިބިހާ ކެނޑިޑޭޓުންގެ ނަންތަކޯލައެވެ. ހައްތަހާވެސް ޔޯލަޔޯލަ ވާހަކައެވެ.

ފުރަތަމަ ކަމަކަމަށް، އެފަދަ ލިސްޓެއް ނެރޭނަމަވެސް ނެރޭނީ ސަރުކާރަކުން ނޫނެވެ. އެފަދަ ލިސްޓެއް ނެރޭނަމަ ނެރޭނީ އެ މައްސަލަ ތަހުޤީޤު ކުރަމުންދާ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. ކުރިއާއި ޚިލާފަށް އެ ކޮމިޝަނަށް މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ މާހައުލެއް އޮތްކަމުގެ ހެކިތައް މި ސަރުކާރު ވެރިކަމަށް އައިފަހުން ވަނީ ފެނިގެން ގޮސްފައެވެ. އެ ކޮމިޝަނުން ނެރުނު އެމްއެމްޕީއާޜްސީގެ ފުރިހަމަ ނުވާ ތަހުޤީޤުގެ ރިޕޯޓުގައި އެ ވަނީ މި ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ނަންވެސް ހިމަނާފައެވެ. ސަރުކާރުގެ ނުފޫޒު އޮތް ނަމަ ސަރުކާރުގެ މަތީފަޑީގެ މީހެއްގެ ނަން ހަމަހިލާ އެ ރިޕޯޓަކު ނުއޮތީހެވެ.

އަނެއް ކަމަކީ ކަޅު ފޮށިފޮށީގައްޔާއި، ގޯނިގޯނީގައި ބެހިކަމަށް ބަޔަކު އިއުތިރާފުވެފައިވާ ޚިޔާނާތުގެ ނަގުދު ފައިސާ ލިބުނު މީހުންގެ ތަފްޞީލު އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކުރުމަކުން އޭގައި ގޯހެއް ކޮބާ ހެއްޔެވެ؟ ތިމާމެންނަށް އޭގެން ފައިސާ ބޮނޑިބޮނޑި ނުލިބޭނަމަ ހާސްވެގެން ތެޅިފޮޅި ޕްރެސް ކޮންފަރެންސް ބާއްވައި މޮޔަގޮވާންވީ ސަބަބެއް ކޮބާހެއްޔެވެ؟ އެ ލިސްޓު ހާމަކުރާތީ ކުރަންވީ އުފާ ނޫންހެއްޔެވެ؟ ތިމާމެން ކޮރަޕްޝަނުގެ ފައިސާގައި ނުޖެހެމޭ ބުނާއިރު އެފަދަ ލިސްޓަކީ ތިމާމެންގެ ނަން ސާފު ކުރުމަށް ލިބޭނެ އެންމެ ފުރިހަމަ މަސްދަރަށް ނުވާނެހެއްޔެވެ؟

ތިޔަ ދައްކަވާ ވާހަކަ މިހާރު މާނަވަނީ ތިމަންނާމެން ކޭހާ ކަޅުފައިސާގެ ތަފްޞީލު ހާމަކުރަން ބަޔަކު އެބައުޅެޔޭ، އެކަން ކޮށްގެން ނުވާނޭ، ތިމަންނާމެން ރައްޔިތުންނަށް ވީ ޚިޔާނަތް ހާމަކޮށްގެން ނުވާނޭ ބުނާ ފަދައިންނެވެ.

ޓީމް ފްރީޕީއެވެ. ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު ތިޔަ ނޫނިއްޔާ ނުދެކެމެވެ. ލަދުން ބޯހަލާކެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2017

ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

30 ޖޫން 2017
ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!
28 ޖޫން 2017

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
31 މާރިޗު 2017

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

31 މާރިޗު 2017
ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު