Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

އިންތިހާބުގެ ކުރިން ހަމަޖެހުން އޮންނަންޖެހޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 11 ޖުލައި 2018 | ބުދަ 18:00
އިބޫގެ ކެމްޕެއިން ޓީމު އަންގާރަ ދުވަހު ހުޅުމާލެ އަށް ޒިޔާރަތްކުރުމުން ހިންގި ހަމަނުޖެހުމުގެ ތެރެއިން: އިބޫ އަށް ހަމަލާދޭން އުޅުނު މީހުން އަދިވެސް ހައްޔަރެއް ނުކުރޭ

އިބޫގެ ކެމްޕެއިން ޓީމު އަންގާރަ ދުވަހު ހުޅުމާލެ އަށް ޒިޔާރަތްކުރުމުން ހިންގި ހަމަނުޖެހުމުގެ ތެރެއިން: އިބޫ އަށް ހަމަލާދޭން އުޅުނު މީހުން އަދިވެސް ހައްޔަރެއް ނުކުރޭ

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާއިރު، އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާނުލިޔަސް، ކެމްޕޭން ފެށިގެން ކުރިއަށް އެބަދެއެވެ. ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ ޚަރަދުގައި ސިފައިންނާއި ފުލުހުންގެ ވަރުގަދަ ސެކިއުރިޓީއާ އެކު ރަށްރަށަށް ދަތުރު ކުރައްވަމުން ގެންދަވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ކެމްޕެއިން ހަރަކާތްތައް ވަރުގަދައަށް ވަނީ ފައްޓަވައިފަ އެވެ.

އިންތިހާބު ބޯމަތިވެފައިވާއިރު، ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގައި މުޅި ގައުމު ކުރަންޖެހުނު ތަޖުރިބާއަށް ބަލާއިރު، މިފަހަރުގެ އިންތިހާބު މިނިވަންވާނެތޯ، މިއީ އެންމެ ގިނަ ބަޔަކުކުރާ ސުވާލެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ އަށް ސަރުކާރުން މަރުހަބާކިޔެވެ. ވަރަށް ރިވެތި މިސާލަކެވެ. ނަމަވެސް، ކެމްޕެއިންގައި އަންގާރަ ދުވަހު ހުޅުމާލެ އަށް ވަޑައިގެން އުޅުއްވަނިކޮށް ޒުވާން ގްރޫޕަކުން ހަމަަލާ ދޭން މަސައްކަތްކުރި އެވެ. އެކަން ނާކާމިޔާބު ވިޔަސް، އިބޫއާ އެކު ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގެންނެވި ބައެއް މީހުންނަށް ހަމަލާދިނެވެ. ކަޅުތެޔޮ ޖެހިއެވެ. ރޯމާދުވާލު އެންމެންގެ ކުރިމަތީގައި މި އަމަލު ހިންގި މީހުންނަކީ ކޮންބައެއްކަން އެނގެއެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވިއެވެ. ނަމަވެސް، އެކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ނުކުރިތާނގައި، އިބޫ އަށް ހަމަލާދޭން އުޅުނީ ކާކުކަން އެނގޭއިރު ވެސް، ހައްޔަރެއް ނުކުރެއެވެ.

މި ހަމަނުޖެހުން ހިންގިތާ 24 ގަޑިއިރަށް ވުރެ ގިނަ ވެފައިވާއިރު، އިންތިހާބު އޮމާންކޮށް ގޮސްދާނެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ހިތުގައި އޮތްއިރު، ވެރިކަންކުރާ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ވެސް ކަންބޮޑުވުމެއް ފާޅެއް ނުކުރައްވައެވެެ. މިއީ ތަހްޒީބު މުޖުތަމައެއްގެ އުސޫލެއް ނޫނެވެ. މިއީ ވާދަވެރި ވިޔަސް، ދައުލަތުގެ އެންމެ އިސް ފަރާތުން އަމަލުކުރަންޖެހޭނެ ގޮތެއް ނޫނެވެ.

އެހެންވެ، މި ސުވާލު އުފެދެއެވެ. ސަރުކާރުން މަސްލަހަތު ހިމާޔަތްކުރަން ބޭނުންވާ ބަޔަކު އެ ހަމަނުޖެހުމުގައި ބައިވެރި ނުވާ ނަމަ، މާރާމާރީ ހިންގި މީހާ އެއީ ކާކުކަން އެނގޭއިރު އޭނާ ނުވަތަ އެ ބަޔަކު ހައްޔަރު ނުކުރެވެންވީ ސަބަބެއް ނެތެވެ. ފެންނަން އޮތް ހަގީގަތަކީ، ހަމަލާ ދިން މީހާ އަދި ހައްޔަރު ނުކުރާ ކަމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އަދި މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ހުޅުމާލޭގައި އިބޫއަށް ހަމަލާދޭން އުޅުނު މީހާ ހައްޔަރުކުރުމަށް ފުލުހުންގެ ކިބައިން ވެސް އެދުނެވެ. ނަމަވެސް އެކަން ނުކޮށް އޮތުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. ކަންބޮޑުވާންޖެހޭ ކަމެކެވެ.

އިބޫއަށް ހަމަލާ ދޭން އުޅުނު ހާދިސާ އެހެން ގޮތަކަށް ބަދަލު ކޮށްލަމާ ހިނގާށެވެ. އެ ހަމަލާއަކީ ދައުލަތުގެ ވެރިޔަކަށް ނުވަތަ އިބޫގެ ވާދަވެރި ކެންޑިޑޭޓަށް ދޭން އުޅުނު ހަމަލާއެއް ނަމަ، މަންޒަރު ފެންނާނެ ގޮތް، ދައުލަތުގެ މުއައްސަސާތައް ހަރަކާތްތެރިވާނެ ގޮތް ވިސްނުމަށް ގެންނާށެވެ. ގައިމު ވެސް ފުލުހުން ފުލުފުލުގައި ޕްރެސް ކޮންފަރެންސް ބާއްވާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކުން ކަންބޮޑުވުން ފާޅުކުރާނެއެވެ. ހަމަލާދޭން އުޅުނު މީހާ ހައްޔަރުކުރާނެއެވެ. އެކަމުގައި ބައިވެރިވާ، ނުވަތަ އަޑީގައި ތިބި ކަމަށް ތުހްމަތުކުރާ، ނުވަތަ ބަޔަކު ފަންޑުކޮށްގެން ހިންގި ޖަރީމާއެއް ނަމަ، އެ ބަޔަކު ވެސް ހޯދަން އަތްފުނާ އަޅާނެއެވެ. ނަމަވެސް އިބޫއަށް ވުމުން މިއިން ކަމެއް އެންމެ ރަނގަޅަށް ހިނގި ތަނެއް ނުފެނެއެވެ.

ގައުމުގެ މިފަދަ މުހިންމު ދަނޑިވަޅެއްގައި ދައުލަތުގެ މުއައްސަސާތައް ހާއްސަކޮށް، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ސަލާމަތީ ހިދުމަތްދޭ މުއައްސަސާގެ މަސައްކަތް ވަރަށް މުހިންމެވެ. ސިޔާސީ ވަކި ފިކުރެއް ދެކެ ރުޅި އަންނަން ނުޖެހެއެވެ. ވަކި ފިކުރެއް ދެކެ ލޯބިވާކަށް ނުޖެހެއެވެ. ލޯބިވާންޖެހޭނީ ދިވެހި ރައްޔިތުން ދެކެއެވެ. ހިދުމަތްކޮށް ދޭންޖެހޭނީ ދިވެހި ރައްޔިތުންނަށެވެ. ހޯދަންޖެހޭނީ ދިވެހިރައްޔިތުންގެ ލޯތްބެވެ. ރިޔާސީ ކެންޑިޑޭޓުންނަށް ފާޅުގައި ހަމަލާދޭން މަސައްކަތްކުރާއިރު، ސަލާމަތީ ހިދުމަތްތަކުން އެކަމުގައި ބަހެއް ނުބުނެ 24 ގަޑިއިރު ވެގެން ދިޔުމަކީ، އެ މުއައްސަސާގެ އިސްކޮށް ތިއްބެވި ބޭފުޅުން ޒިންމާ އުފުލައި، އެބޭފުޅުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްފައި ނެތުމުން، މުއައްސަސާތަކުން އެ ބޭފުޅުންގެ ޒިންމާދާރު ކުރުވަންޖެހޭ ފަދަ ބޮޑު ކަމެކެވެ.

އިންތިހާބު ކައިރިވަމުން އަންނައިރު ހަމަޖެހުން ނެތިއްޖެ ނަމަ، އިންތިހާބު މިނިވަނެއް ނުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

23 އެޕްރީލު 2018
އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

31 މާރިޗު 2018
ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

27 މާރިޗު 2018
އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

27 މާރިޗު 2018

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު