Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

ކުއްލި ނުރައްކަލުގެ ހާލަތު ދެ ފަހަރަށް އިއުލާން ކުރަންޖެހުނު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2018 | އާދީއްތަ 13:54
ރައީސް އޮފީހުގެ ލީގަލް އެފެއާރޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ލީގަލް އެފެއާރޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު

ރާއްޖޭގެ ފުންނާބުސް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އާއިޝަތު އާޒިމާ ޝަކޫރަކީ ރާއްޖޭގެ ގިނަ އެހެން ގާނޫނީ ވަކީލުންނާ ތަފާތު ގޮތަކަށް ގާނޫނީ ލަފާ ދެއްވާ ބޭކަނބަލެކެވެ. މިހާތަނަށް ދައުލަތަށް އެންމެ ބޮޑު ގެއްލުން ލިބޭ ގޮތަށް ގާނޫނީ ލަފާ ދެއްވި ގާނޫނީ ވަކީލުގެ ގޮތުގައި ވެސް ސިޔާސީ ގިނަ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

އާޒިމާގެ ގާނޫނީ ލަފާގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ގާނޫނީ ލަފަޔަކަށް ވެފައިވަނީ "ވޮއިޑް އެބް އިނީޝިއޯ" އެވެ. އެ ގާނޫނީ ލަފާގެ ދަށުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ވެފައިވެއެވެ. އެއީ އިންޑިއާގެ ޖީއެމްއާރު ކުންފުނިން ހިންގަމުން ދިޔަ ރާއްޖޭގެ މައި ވައިގެ ބަނދަރު ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ތަރައްގީގެ މަޝްރޫއު ހުއްޓުމަކަށް ގެނައުމަށް އާޒިމާ ދެއްވި ގާނޫނީ ލަފަ އެވެ. އުފެދުމުގައި ވެސް ބާތިލް އެއްބަސް ވުމެއްކަމަށް ވިދާޅުވެ، ލަފާ ދެއްވުމަށްފަހު، ދިވެހި ދައުލަތުން އެންމެ ލާރިއެއް ވެސް ޖީއެމްއާރަށް ދައްކަން ނުޖެހޭނެ ކަމަށް ވިދާޅުވިއިރު، މިހާތަނަށް ދައުލަތަށް އުފުލަން ޖެހުނު އެންމެ ބޮޑު ބުރައަކީ ޖީއެމްއާރަށް ދައްކަން ޖެހުނު މިލިއަން ޑޮލަރެވެ.

އެ ފައިސާ ވެފައިވަނީ ރައީސް ޔާމީންއަށް ވެސް ބޮޑު ބޮލުގެ ރިހުމަކަށެވެ. އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެ ފައިސާ ޖީއެމްއާރަށް ދައްކަން ނުޖެހުނުނަމަ، ތަރައްގީގެ މަޝްރޫއުތައް ހިންގުނީސް ކަމަށް ރައީސް ޔާމީން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުން ނެވެ. ނަމަވެސް ހަގީގަތަކީ އާޒިމާގެ އެ ލަފާވެސް އައީ އިއްތިފާގުން ނަމަވެސް ރައީސް ޔާމީން ބޭނުންވެލެއްވި ގޮތަށެވެ. އެހެން މިބުނަނީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށް އެންމެ ބޮޑަށް ބާރުއެޅުއްވި ބޭފުޅަކީ ރައީސް ޔާމީން ކަމަށް ހުދު އެމަނިކުފާނު އަމިއްލަފުޅަށް ވަނީ ވިދާޅުވެފަ އެވެ.

އާޒިމާއަކީ ރައީސް ޔާމީންއަށް ވަރަށް ގިނަ ދުވަހު ގާނޫނީ ލަފާ ދެއްވުމުގައި އުޅުއްވި ގާނޫނީ ވަކީލެކެވެ. އެގޮތުން މިހާރުވެސް އާޒިމާއަކީ ރައީސް އޮފީހުގެ ލީގަލް އެފެއާރޒު މިނިސްޓަރެވެ. އެމަގާމުގައި ހުންނަވައި ދެއްވި ގާނޫނީ ލަފާގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވާ ގޮތުން މުޅި ދައުލަތް އެކޮޅުކޮޅުން އިދިކީލަކޮށް، ބަޅުކޮށް ހިންގުމުގައި ރައީސް ޔާމީނާއެކު އެންމެ ގާތުން މަސައްކަތް ކުރެއްވީ ވެސް އާޒިމާ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ތާކުންތާކު ނުޖެހޭ ކަމެއްގައި ކުއްލި ނުރައްކަލުގެ ހާލަތު ދެ ފަހަރެއްގެ މަތިން ހިންގައިފި އެވެ. ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު ހިންގީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި، މާލެއިން ބޮންތަކެއް ކަމަށް ބުނާ އެއްޗެހިތަކެއް ފެންނަމުންދިޔަ ދުވަސްވަރު އެވެ.

ދެވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހައްޔަރު ކުރާށެވެ. ސުޕްރީމް ކޯޓުން "ބަޣާވާތް" ކުރިއްޔޭވެސް ސަރުކާރުގެ އިސްވެރިން ގޮވަމުންދިޔަ އެވެ. ޕީޕީއެމްގެ އިސްވެރިން ނޫސްވެރިންނަށް ދޭ މައުލޫމާތެކޭ، ފުލުހުންގެ ތަރުޖަމާނު ނޫސްވެރިންނަށް ދޭ މައުލޫމާތު ހުރީ ހަމަ އެއްގޮތަށެވެ. އޭގެ އެއް މިސާލަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގ ކުންފުނިން ފައިސާ ދައްކާ ގޮތަށް މެލޭޝިއާއިން ގަނެފައިވާ ކަމަށް ބުނާ އަގުބޮޑު ފްލެޓްތަކުގެ މައްސަލަ އެވެ. ސަރުކާރާއި ޕީއެމުން އަދި ފުލުހުން ވެސް ބުނަމުންދިޔައީ އެކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އެންމެފަހުން އާހިރުގައި އެފައިސާ ދެއްކި ކަމަށްބުނެ، އެ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކޮށް އެތައް ދުވަހެއް ޖަލުގައި ބަންދުކޮށްގެން ގެންގުޅުމަށްފަހު، ފަޅާއެރީ އެއީ ކޯޓަށް ހުށަހެޅިފައި ވެސް ނުވާ ހެކިތަކެއް ކަމެވެ.

އެ ދައުވާތައް އުފުލާފައި ވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ލިބިފައި ނުވާ ހެކިތަކެއްގެ މައްޗަށެވެ. އެ ހެކިތަކުގެ މައްޗަށް މުޅި މައްސަލަ ބިނާވެފައިވާއިރު، މިއީ ބޮޑުވަރު ނޫންތޯ އެވެ. މުޅި ދައުލަތުގެ އެއްބާރު ކަމަށްވާ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސްކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ދަމާ ކޫއްތާފައި ޖަލަށް ގެންދިޔައިރު، އެބޭފުޅުން ހައްޔަރުކުރެވޭނެ ގޮތުގެ ފޮމިއުލާއެއް ރައީސް ޔާމީނަށް ނެރެދެވުމުގައި ވެސް އިސްކޮށް އުޅުއްވީ ފުންނާބު އުސް ގާނޫނީ ވަކީލާ އާޒިމާ ނޫންތޯ އެވެ.

މިހާރު އަނެއްކާވެސް އާޒިމާގެ ގާނޫނީ ލަފާއެއް މިވަނީ ފެންމަތި ވެފަ އެވެ. ދައުލަތުގެ އެންމެ މުހިއްމު ބާރު ކަމަށްވާ ގާނޫނު ހެދުމުގެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ، ބާރު ކަނޑުވާލައި، މުޅި ބަރުލަނީ ނިޒާމު ފުނޑުފުނޑުކޮށް، ޗިސްޗިސް ކޮށްލިއިރުވެސް، ގާނޫނީ ލަފާ ދެއްވަމުންގެންދެވި، އާޒިމާއަށް މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ގަދަބާރުން ހުންނެވުމަށްފަހު، ކެތްނުކުރެވިގެން ދާދި ފަހުން އިސްތިއުފާ ދެއްވި މަސީހުގެ އިސްތިއުފާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އައްޔަން ކުރެވިގެން ދިޔަދިއުން މިވަނީ ހަޖަމް ކުރެވޭ ކަމަށް ނުވެފަ އެވެ.

ކުއްލިއަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގެ ޝަރުތު ގާސިމްގެ ކިބައިގައި ނެތް ކަމަށް އާޒިމާ ވިދާޅުވެއްޖެ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިސްތިއުފާ ދެއްވައިފި ނަމަ، ދެ މަސްދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވެންދެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ފުރުއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާތީ އެވެ. ހަމައެއާކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އުމުރު 30 އަހަރާއި 65 އަހަރާއި ދެމެދުގެ އުމުރަކަށް ވާންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާތީ އެވެ.

އާޒިމާއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ވަޑައިގެންނެވުމުން އެމަނިކުފާނަށް 65 އަހަރު ވެފައިވާތީ ޝަރުތު ހަމަނުވާކަމަށް ވިދާޅުވިއިރު، ގާނޫނުއަސާސީއަށް ތިޔަވިދާޅުވާ ބަދަލު ގެނައީވެސް ސަރުކާރުންނޫންތޯ އެވެ. އެކަންކުރީވެސް ގާސިމް ރައީސުލްޖުހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ލެއްވުން ބަންދުކުރުމަށް ގާނޫނުއަސާސީއަށް ގެންނެވި ސިޔާސީ ބަދަލެއް ނޫންތޯ އެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާރޒު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، އާޒިމާ ދެއްވާފައިވާ ގާނޫނީ ލަފާ ގިނައިން ހުރީ މިފަދަ ކޮންމެވެސް ބޭފުޅަކަށް، ނުވަތަ އެއިރަކަށް ސަރުކާރަށް ފައިދާވާ ގޮތަށެވެ. ކޮންމެހެން ރައްޔިތުންނަށް ފައިދާވާގޮތަށް ނުވަތަ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ގާނޫނީ ލަފާ ދެއްވާތަން އާޒިމާގެ ކިބައިން ނެތްކަމީ ގާނޫނީ ގޮތުން ފުންނާބު އުސްވިޔަސް ލަދުވެތި ކަމެއްނޫންތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017
ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

30 އޯގަސްޓު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު