Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖިނާއީ އަދުލުގެ ނިޒާމް

ގޮތެއް ފޮތެއް ނެތް ހުކުމްތަކަށް ދައުލަތުން އިއުތިރާފުވެ އަމިއްލައަށް ބޭޒާރުވަނީ

ހެދި ގޯސްތަކުގެ ވާހަކަ މިހާރު ޕީޖީން ދައްކާ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2018 | ހުކުރު 08:40
ކްރިމިނަލް ކޯޓު ކައިިރީގައި ފުލުހުން ހަރަކާތްތެރިވަނީ: -ފޮޓޯ ރާއްޖެއެމްވީ

ކްރިމިނަލް ކޯޓު ކައިިރީގައި ފުލުހުން ހަރަކާތްތެރިވަނީ: -ފޮޓޯ ރާއްޖެއެމްވީ

މި ރާއްޖޭގައި އަދުލު އިންސާފު ނެތް ވާހަކައަކީ އާންމު ވާހަކައެކެވެ. އަޅާފާނެ ފިޔަވަޅަކަށް ބިރުން ފާޅުގައި އެ ވާހަކަ ދައްކަން ނުކެރުނަސް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް ގާއިމު ކުރަން ތިބި މީހުން ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދާ ގޮތާއި ހުކުމް ކުރާ ހަޑި ގޮތުގެ ވާހަކައަކީ އެންމެނަށް ވެސް ގަބޫލު ކުރެވޭ ވާހަކަ އެކެވެ.

ދާދި ފަހުން ކޯޓުތަކުން ކުރި އަމުރުތަކާއި ހުކުމްތަކަކީ އެތައް ބައެއްގެ މަލާމަތް ރައްދުވި ހުކުމްތަކެކެވެ. އެހެން ނަމަވެސް އެކަން ބައެއް މީހުނަށް ވީ ބޮޑު އަނިޔާއަކަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒުން ނިންމާ ނިންމުންތަކެއް ކަމަށް އެކި މީސް މީހުން ގެންދިޔައީ ތުހްމަތުތައް ކުރަމުންނެވެ. ޖިނާއީ އަދުލު ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ވުޖޫދަށް ގެނައި ޖިނާޢީ އިޖްރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތައް ބޮލާ ޖަހައި ގާނޫނާ ހިލާފަށް ނިންމި ޝަރީއަތްތައް މަދެއް ނޫނެވެ.

ކަން މިހެން ހިނގަމުން އައިސް ރައީސް އަބްދުﷲ ޔާމިން ވެރިކަން އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ނިމިގެންދާނެ ކަން ޔަގީންވުމުން ދައުލަތުގެ މުއައްސަސާތަކަށް އައީ ބޮޑު ބަދަލެކެވެ. ހާއްސަކޮން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އާއި ކްރިމިނަލް ކޯޓުން ކުރަން ފެށި މަސައްކަތުން ފާޅުކަން ބޮޑު ގޮތެއްގައި ހާމަވާން ފެށީ މީގެ ކުރިން އާންމުން ދެއްކި ވާހަކަތަކުގެ ތެދު ކަމެވެ.

ރިޔާސީ އިންތިހާބު ބޭއްވި ދުވަހު ނޫން އަނެއް ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަށް ހުކުމް ކޮށްފައި ތިބި ސިޔާސީ އެކި ބޭފުޅުން ބަންދުން ވީއްލާފައެވެ. އެކެއް ފެބްރުއަރީއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމް ދައުވާއާ ކޮށްފައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ކުރީގެ ޕޮލިސް ކޮމިޝަނަރުންނާއި ކުރީގައި ފުލުސްގެ ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ. އެ މީހުން ދޫކޮށްލާފައި ވަނީ އެ މީހުން ހެއްކަށް ނުފޫޒު ފޯރުވާފައި ނުވާތީ އާއި އެ މީހުން ދޫކޮށްލައިގެން މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމަށް ނުދެކޭ ކަމަށް ބުނެ ފުލުހުން ފޮނުވި ސިޓީ އާއި ޕީޖީގެ ފަރާތުން އެކަމަށް އިއުތިރާޒު ނުކުރާ ކަމަށް ބުނެ ދެއްކެވި ވާހަކަތަކަށް ބާރު ދިނުމަށް ފަހުއެވެ. އެނގިގެން ދިޔައީ އެ ދުވަހާ ހަމައަށް ވެސް އެމީހުން ބަންދުގައި ބަހައްޓާފައި ވަނީ އެއްވެސް ގާނޫނީ ހަމައެއް އޮވެގެން ނޫން ކަމެވެ.

ރައީސް އަބްދުﷲ ޔާމިން ޕީޖީ ބިޝާމްއާ މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ:-ފޮޓޯ ރާއްޖެއެމްވީ

އޭގެ ކުރިން އެ މީހުންގެ ބަންދަށް ލުޔެއް ދިނުމަށް ކުރި އާދޭހަށް ބީރު ކަންފަތް ދިން މީހުން އިންތިހާބުގެ ފަހުން ރާގު ބަދަލުވެ އެ އުޅެގެން ގޮތުން ޕީޖީ އާއި ފުލުހުންގެ ފެންވަރު އާންމުނަށް އެނގި ހާމަވީއެވެ. ހަމަ އެކަނި މީހުން ބަންދުން ދޫކޮށްލީއެއް ވެސް ނޫނެވެ. އަހްމަދު މަހްލޫފާއި ސިޔާދު ގާސިމާއި އަބްދުﷲ ސައީދާއި އަލީ ހަމީދު ފަދަ ބޭފުޅުންނަށް ކޮށްފައިވާ ދައުވާތައް ވެސް ބާތިލް ކޮށްލީއެވެ.

ކްރިމިނަލް ކޯޓަކީ ކިހާވަރެއްގެ ތަނެއްކަން މިއަށް ވުރެ ބޮޑަށް އެނގިގެންދާނެ ތޯއެވެ. ދެން އޮތީ ހައިކޯޓެވެ. ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ސިޔާސީ އެކި ބޭފުޅުންގެ މައްސަލައިގައި ދައުލަތް ބޭޒާރުވެ ފަސީހަތް ވަނީ އެވެ. ޕްރޮސެކިއުޓާ ޖެނަރަލްގެ މައްޗަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ ނުއުފުލާ ކަން އެންމެން ކުރިމަތީ އެ ވިދާޅުވަނީ އެވެ. އޭގެ ތެރެއިން ވެސް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ މައްސަލައިގައި ޕީޖީން ވަނީ ގާނޫނުގައި އެންމެ ބޮޑަށް ކަށަވަރު ކޮށްދީފައިވާ ގާނޫނީ ވަކީލެއް އައްޔަން ކުރަން އެކަށީގެންވާ ވަރުގެ ފުރުސަތެއް އެމަނިކުފާނަށް ދީފައިނުވާ ކަމަށް އެއްބަސްވެފައެވެ. އެކަމު އެ ހައްގު ނުދީ ކުރި ހުކުމް ބަދަލު ކުރަން ދައުލަތުން އޭގެ ކުރިން ކުރި މަސައްކަތެއް ނެތެވެ. އެ ހައްގު ނުދީ އޮތް ކަމަށް ބުނުމުން ގާނޫނާ ހިލާފަށް ކުރި ހުކުމެކޭ ބުނާ ބުނުމަށް ބާރު ލިބި ޕީޖީ ބޭޒާރުވުން ނޫން ކަމެއް ނެތެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް އިއްވި ހުކުމް ބާތިލް ކުރުމަށް ހައި ކޯޓަށް ގޮސް ދިފާއީ ވަކީލުން ދެއްކި ވާހަކަތަކުން ދައުލަތުގެ ވަކީލުނަށް ރައްޔިތުންގެ ހައްގުގައި ކުރެވޭނެ ވަކާލާތެއް ނެތްކަން ހާމަވިއެވެ. އާ ގާނޫނު އަސާސީން އަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް ޣައިރު ހާޒިރުގައި ގާސިމްގެ މައްޗަށް ހުކުމް ކޮށްފައިވާއިރު އެއީ އެކަން ކުރެވޭނެ ގޮތެއް ނޫންކަން ބުނަން ނުކެރި ފިލާ ހުންނެވި ޕީޖީއަކަށް ރައްޔިތުންގެ ދިފާއު ކުރެވޭނެ ގޮތެއް ނުވިސްނެއެވެ. އެހެން ނަމަވެސް ޣައިރު ހާޒިރުގައި ޖިނާއީ ދައުވާއެއްގެ ޝަރިއަތް މީހެއްގެ މައްޗަށް ނުހިންގޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެ ވާހަކަ ދަށު ކޯޓުގައި ނުދައްކާ ކަމަށް ދައުލަތުގެ ވަކީލަކު އައިސް ހައި ކޯޓުގައި ވިދާޅުވުމަށް ވުރެ ބޮޑު ފަލީހަތެއް ނޯންނާނެއެވެ.

މީގެ އިތުރުން ވެސް ކޯޓު ކައިރިއަށް އާންމުން އެއްވާ ދުވަހެއްގައި ފުލުހުން އެ އުޅުނު ގޮތެއް ފޮތެއް ނެތް ގޮތް ވެސް ދޫކޮށްލާ ކޯޓު ކައިރި އަށް މީހުން ޖަމާވިޔަސް އަޅާނުލައި މާ ބޮޑު ކަމަކަށް ނުހަދައި ދޫކޮށްލުން ވެސް މިހާރު ފެނިއްޖެއެވެ. އޭރު ފުލުހުން އަމަލުކުރި ހަޑި ގޮތުން ފުލުހުންނަށް މަލާމާތް ރައްދުވުން ނޫން ކަމެއް ނުވެއެވެ. ހާމަވީ މީގެ ކުރިން ފުލުހުން ކޯޓު ކައިރިއަށް އައިސް އެ ކުރީ ޖެއްސުމާ ފުރައްސާރަ ކަމެވެ. ކޯޓު ކައިރީގައި ހުންނަ ކެމެރާ ދުރަށް ޖައްސައި އޭރު ފުލުހުން އެގޮތައް އުޅުނީ ގާނޫނުގައި މަނާ ކަމެއް ކުރާތީ ނޫން ކަން މިއަދު ފުލުހުން އަމަލުކުރާ ގޮތުން ސާބިތުކޮށްދެއެވެ. މިހާރު ކޯޓު ދޮރު ކައިރީގައި ވެސް ފަސޭހަކަމާ އެކު މަންޒަރު ނެގުމަށް ނޫސްވެރިންނަށް މިނިވަންކަމާ އެކު ހަރަކާތްތެރިވެވެއެވެ. އެ ފުރުސަތު ފުލުހުން ފަހިކޮށްދެއެވެ.

މި ފަދަ މަދު ކަންތައްތަކުން އެނގުނީ ޖިނާޢީ އަދުލު ނިޒާމްގައި އެއްވެސް އިންސާފެއް ނެތް ކަމެވެ. އިންސާފާ މެދު މީހުން ދައްކަމުންދާ ވާހަކަތަކުގެ ތެދުކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު