Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތިމާވެށި

އެއްވެސް މީހަކު ފުއްޕާހަމުގެ ވާހަކަ ނުދައްކަނީ ކީއްވެ؟

ފުއްޕާހަން ހަދާފައި ހުންނަނީ ރަބަރު ގަސް ބޭނުންކޮށްގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 ޖުލައި 2019 | އާދީއްތަ 08:27
ގިނަ އަދަދެއްގެ ފުއްޕާހަން ޖައްވުގެ ތެރެއަށް ދޫކޮށްލަނީ

ގިނަ އަދަދެއްގެ ފުއްޕާހަން ޖައްވުގެ ތެރެއަށް ދޫކޮށްލަނީ

ތިމާވެށި ހިމާޔަތް ކުރުމުގެ ވާހަކަ ދައްކާއިރު އަބަދުވެސް އެންމެ ހަރުއަޑުން ދެކެވެނީ ޕްލާސްޓިކް ކޮތަޅުގެ ވާހަކައެވެ. ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމާއި، ޕްލާސްޓިކް ކޮތަޅުގެ ސަބަބުން އެއްގަމާއި ކަނޑުގެ ދިރުންތަކަށް ކުރާ އެކިއެކި ނޭދެވޭ އަސަރުގެ ވާހަކައެވެ. މި ލިސްޓަށް ދާދި ފަހުން ޕްލާސްޓިކް ހޮޅި ވެސް އިތުރުވެފައިވާއިރު، ތިމާވެށި ރައްކާތެރި ކުރުމަށް ގޮވާލާ ފަރާތްތަކާއި، އެއްގަމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ވެށި ހިމާޔަތް ކުރުމުގެ ވާހަކަ ދައްކާ ފަރާތްތަކުން ފުއްޕާހަމުގެ ވާހަކަނުދައްކަނީ ކީއްވެބާއެވެ ؟

އާންމުގޮތެއްގައި ފުއްޕާހަން ހަދާފައި ހުންނަނީ ގަސްގަހާގެހީގެ ބާވަތެއް ކަމަށްވާ "ހެވިއާ ބްރެސީލިއަންސިސް" ނުވަތަ ދިވެހިން ކިޔާ ގޮތުންނަމަ ރަބަރު ގަހުގެ ބޭނުންކޮށްގެންނެވެ. އެގޮތުން މި ގަހުގެ ބޭނުންކޮށްގެން ހަދާ ޕްލާސްޓިކް ނުވަތަ ރަބަރަކީ ތިމާވެއްޓާ ރައްޓެހި އެއްޗެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަން މިއަދު މިވަނީ ބޮޑު ބަހުސަކަށް ވެފައެވެ.

ފުއްޕާހަމުގެ 2 ބާވަތެއް ރާއްޖޭގައި އާންމުކޮށް ބޭނުންކުރާއިރު، އޭގެ ތެރެއިން ރަބަރު ފުއްޕާހަމަކީ ބައޯޑީގްރޭޑެބަލް ނުވަތަ ނެތިގެންދާ ބާވަތަކަށްވީ ނަމަވެސް އޭގެ ސަބަބުން ވެސް ތިމާވެއްޓަށް ނުހަނު ބޮޑެތި ގެއްލުންތަކެއްވާކަން ފަހުގެ ދިރާސާތަކުން ވަނީ ދައްކާފައެވެ. އެގޮތުން މިބާވަތުގެ ފުއްޕާހަން ނެތިގެންދާން މަދުވެގެން 6 ހަފްތާ ނަގާއިރު، ފުއްޕާހަން މޫދުގައި ނުވަތަ ކަނޑުގައި އޮންނަ ނަމަ މި މުއްދަތު އިތުރުވެގެންދެއެވެ. އެހިސާބުން އުފެދޭ ސުވާލަކީ ފުއްޕާހަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނުރައްކަލެއް ނެތް ބާއެވެ ؟

ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ބުނެފައިވާ ގޮތުގައި ފުއްޕާހަމުގައި ހުންނަ ވަހާއި، ތަފާތު ކުލަތަކުގެ ސަބަބުން އެއީ ކާއެއްޗެއްގެ ގޮތުގައި ދެކި ބައެއް ދިރޭތަކެއްޗަށް އޮޅުންއަރާ ކަމަށާއި، އޭގެ ސަބަބުން އެތަކެތީގެ އެތެރެހައްޓަށް ގެއްލުންވުމާއި، ކެއުމަށް ދަތިވުމާއި، މަރުވުން ފަދަ ކަންކަން ކުރިމަތިވާ ކަމަށެވެ. އެގޮތުން މަސްމަހާމެއްސާއި އައިންމަތީ ދޫނިތަކަށް ވަރަށް ގިނައިން މި މައްސަލަ ކުރިމަތިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ދިވެހިންގެ ތެރޭގައިވެސް އެކި އެކި ހަފްލާތައް ބާއްވާއިރު،އެއިން އެއްވެސް ހަފްލާއެއް ފުއްޕާހަމާނުލައި ފުރިހަމަ ނުވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެގޮތުން އުފަން ދުވަހުގެ ހަރަކާތެއް ވިޔަސް، ސުކޫލު ތަކުގެ ހަރަކާތްތަކާއި، ހަނދާން އާ ކުރުމުގެ ރެލީ ތަކުގައިވެސް ފުއްޕާހަން ބޮޑު ދައުރެއް އަދާ ކުރެއެވެ. ނަމަވެސް މި ހަރަކާތްތައް ނިމުމަށް ފަހު އެ ފުއްޕާހަންތަކުގެ މަންޒިލަކަށް ގިނަ ފަހަރު ވެފައި އޮންނަނީ ކޮންމެވެސް ރަށެއްގެ ގޮނޑުދޮށް ނުވަތަ މޫދެވެ. އޭގެ ސަބަބުން އެއްގަމާއި ކަނޑުގެ ދިރުންތަކަށް ފޫނުބެއްދޭވަރުގެ ގެއްލުންތައް ކުރިމަތިވެއެވެ.

ފުއްޕާހަމުގެ ދެވަނަ ބާވަތް ކަމަށްވާ "ފޮއިލް ބެލޫންސް" އަކީ މިހާރު ދިވެހިންގެ ތެރޭގައިވެސް އާންމުކޮށް ބޭނުންކުރާ ބާވަތެކެވެ. މި ބާވަތުގެ ފުއްޕާހަން އެތަކެއް އަހަރުތަކެއްވާއިރު ވެސް ނެތިގެން ނުދާއިރު، ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެތަކެއް ކަންކޮޅުތަކެއްގައި މި ބާވަތުގެ ފުއްޕާހަން ވެށީގެ ތެރެއަށް ދޫވެގެންދެއެވެ.

ފުއްޕާހަމުގެ ސަބަބުން ވެއްޓަށް ކުރާ ގެއްލުމުގެ ސަބަބުން ބައެއް ޤައުމުތަކުގައި ފުއްޕާހަން ވިއްކުމާ ދެކޮޅަށް ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން މެނީލާގައި ދުނިޔޭގެ ރެކޯޑެއް ޤާއިމު ކުރުމަށް ޖައްވުގެ ތެރެއަށް 130،000 ފުއްޕާހަން ދޫކޮށްލަން ނިންމާފައިވެސް އޭގެ ސަބަބުން ވެއްޓަށް ކުރާނެ ނޭދެވޭ އަސަރަށް ވިސްނާފައި އެކަން ފަހު ވަގުތު ކެންސަލް ކޮށްލިއެވެ. އޭގެ އިތުރުން، ކޮންމެ އަހަރަކުވެސް ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކްލެމްސަން ޔުނިވާރސިޓީން އާދަކާދައެއްގެ ގޮތުން 10،000 ފުއްޕާހަން ޖައްވުގެ ތެރެއަށް ދޫކޮށްލާއިރު، ދާދި ފަހުން އެކަންވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. އޭގެ އިތުރުންވެސް ތަފާތު އެކި ޤައުމުތަކުގައި ފުއްޕާހަމަށް ދަނީ ނޫނެކޭ ބުނަމުންނެވެ.

ދިވެހިންގެ ތެރޭގައިވެސް ތަފާތު އެކި އަތްތެރި މަސައްކަތްތަކަށް ކުޅަދާނަ ފަރާތްތަކާއި ހުނަރުވެރިން ތިބިއިރު، އުފަންދުވަހުގެ ހަފްލާތަކާއި، ކައިވެނީގެ ހަފްލާތައް ޒީނަތްތެރި ކުރުމަށް ފުއްޕާހަން ބޭނުން ކުރުން ހުއްޓާލަން ނުވޭބާއެވެ؟ ޕްލާސްޓިކް ކޮތަޅާއި، ފުޅީގެ އިތުރުން، ޕްލާސްޓިކް ހޮޅިން ލިބޭ ގެއްލުމާ ދެކޮޅަށް އަޑުއުފުލާއިރު، "ފުއްޕާހަން ނޫން ގޮތެއް" ހޯދަން ވިސްނަން ނުވޭބާއެވެ؟ އެއްވެސް މީހަކު ފުއްޕާހަމުގެ ވާހަކަ ނުދައްކަނީ ކީއްވެތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު