Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސައިބަރ ސްޕޭސް

ސައިބަރ ސްޕޭސްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް މިއަދު މަޖްބޫރު: މިނިސްޓަރ ޝައުނާ

ސައިބަރ ސެކިއުރިޓީއާއި ގުޅުންހުރި މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 14:29
އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ

އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ

ސައިބަރ ސްޕޭސް ގެރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ކުރުމަށް މިއަދު ވަނީ މަޖުބޫރުވެފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން ހިންގާ، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތު 2022" ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ޝައުނާ ވިދާޅުވީ، ސައިބަރ ސެކިއުރިޓީއާއި ގުޅުންހުރި މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކުންފުނިތަކާއި، އޮންލައިން ޚިދުމަތްދޭ ފަރާތްތަކުގެ އެކަނި މައްސަލައަކަށް ހަދާފައި ދޫކޮށްލެވޭ ވަރަށް ވުރެ މާ ބޮޑެތި މައްސަލަތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޝައުނާ ވިދާޅުވީ، ރައްޔިތުން ޑިޖިޓަލް ޚިދުމަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ސްޕީޑުގައި ޑިޖިޓަލް ޚިދުމަތްތަކާއި އިންޓަރނެޓަކީވެސް ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހަދަންޖެހޭކަމަށެވެ. އަދި އެކަމަށް ބޭނުންވާ އިންތިޒާމްތަކާއި އިދާރާތަކާއި ޤާނޫނީ އޮނިގަނޑުވެސް އެކުލަވާލަންޖެހޭކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ދެއްކެވި ވާހަކަފުޅުގައި ސައިބަރ ސެކިއުރިޓީގެ ކަންކަން ޚަރުދަނާކުރުމަށް ޤައުމީ ސައިބަރ ސެކިއުރިޓީ އޭޖެންސީއެއް ޤާއިމުކުރުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދިންނާއި ޒުވާނުން މިކަމަށް ހޭލުންތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އިތުރުކުރަންޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022" ގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވާއިރު، މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަސް ޚާއްސަ ކުރާނީ ސައިބަރ ސެކިއުރިޓީއަށް އާއްމުންނާއި މުއައްސަސާތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ހިންގާނެ މަހެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސައިބަރ ސްޕޭސްމިނިސްޓަރ އައިމިނަތު ޝައުނާމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެރަރިޒަމާއި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ގުޅުން ބަދަހިކުރަނީ

ޓެރަރިޒަމާއި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ގުޅުން ބަދަހިކުރަނީ

29 ނޮވެމްބަރު 2023
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

05 ނޮވެމްބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު