Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުމީ ބަދަލުތައް ދެނެގަތުން

މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ ފަރުތަކަށް

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޯގަސްޓު 2023 | ބުދަ 15:40
މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

މޫސުމީ ބަދަލުތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު "ދަ މޯލްޑިވްސް އޯޝަން ހެކަތޮން"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް އިފްތިތާހްކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ، މޫސުމާ ގުޅިގެން އެންމެ ގިނައިން ފާހަގަވާ މައްސަލަތަކަކީ ރަށްގިރުމާއި، ކުނި މެނޭޖްނުކުރެވުމާ ގުޅިގެން ސިއްހީ ގޮތުން ދިމާވާ މައްސަލަތަކާއި، ތަރައްގީއާ ގުޅިފައިހުރި މައްސަލަތައް ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަތައް ހައްލު ކުރުމަށް ހަމައެކަނި ވަށާފާރެއް ރާނައިގެން ނުނިމޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއަކީ ކުޑަގައުމެއް ނޫންކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ، ރާއްޖޭގެ ފަރުތަކަކީ މުޅި ދުނިޔޭގައިވެސް 7 ވަނައަށް އެންމެ ބޮޑު ފަރު ކަމަށާއި، ގާތްގަނޑަކަށް ދުނިޔޭގެ 3 އިންސައްތަ ފަރު ހިމެނެނީ ރާއްޖޭގައި ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ ފަރުތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ވާގޮތް އެނގުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޑޭޓާ ނެގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. މިނިސްޓަރު ޝައުނާ ވިދާޅުވީ މޫސުމީ އަދި އެހެނިހެންވެސް ބަދަލުތަކާ ގުޅިގެން ފަރުތަކަށް އަންނަ ބަދަލުތަކާއި ލިބޭ ގެއްލުން އެންމެ ފުރިހަމަގޮތުގައި ދެނެގަނެވޭނީ ފަހުގެ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެކަންކަން ބަލައި ދިރާސާކޮށްގެން ކަމަށެވެ.

ޕްލާސްޓިކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑުތަކަށް ހަމައެކަނި ވާސިލްވަނީ ރާއްޖޭގެ ކުނި އެކަނި ނޫންކަމަށާއި، ޕްލާސްޓިކުގެ ސަބަބުން މަސްވެރިކަމަށް އަންނަ ބަދަލުތައް ދެނެގަންނަންޖެހޭ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް އަސަރުކުރާ މިންވަރާއި ވައި ނުސާފުވާ މިންވަރު ހޯދައި ބަލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަންކަން ދެނެގަނެ މިކަންކަމާއި ގުޅޭގޮތުން މުސްތަގުބަލުގައި އަޅަން ހުރި ފިޔަވަޅުތައް ރާވައި ހިންގައި ނިންމޭނީ މިފަދަ ވަސީލަތްތަކުގެ އެހީގައި ލިބޭ ޑޭޓާތަކުގެ އެހީގައި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ތިމާވެއްޓަށް ދިމާވާ މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މި ދާއިރާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވަމުން ދާކަމަށެވެ.

މޫސުންމިނިސްޓަރ އައިމިނަތު ޝައުނާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު