Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިޒް އެއަރ

އަބޫ ދާބީގެ ވިޒް އެއަރ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

4 އޮކްޓޯބަރު 2022 | އަންގާރަ 13:51

ވިޒް އެއަރގެ ދަތުރުތައް ހަފްތާއަކު ހަތަރު ދުވަހު އޮންނާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 އޮކްޓޯބަރު 2022 | އަންގާރަ 13:51
ވިޒް އެއަރގެ ދަތުރުތައް ފެށުން

ވިޒް އެއަރގެ ދަތުރުތައް ފެށުން

އަބޫ ދާބީގެ ވިޒް އެއަރއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ވިޒް އެއަރގެ ފްލައިޓުތައް ރާއްޖެއަށް ލޯންޗުކޮށްފައިވަނީ ފުރަތަމަ ފްލައިޓް Dh359 އާއެކުއެވެ. އެ ފްލައިޓު ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުގެ ހަވީރެވެ.

Advertisement - newsAdvertisement

ވިޒް އެއަރގެ ދަތުރުތައް ފެށުމާއެކު ހަފްތާއަކު ހަތަރު ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނެއެވެ. އެއީ އަންގާރަ، ބުރާސްފަތި، ހޮނިހިރު އަދި އާދިއްތައިގައެވެ. އަދި އަންނަ ނޮވެމްބަރު މަހު ހަފްތާއަކު 6 ދުވަހު ދަތުރުތައް ބާއްވަން ވަނީ ނިންމާފައެވެ. އަދި ޑިސެމްބަރު މަހު ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަން ދަނީ މަސައްކަތް ކުރަމުންނެވެ.

ވިޒް އެއަރގެ ދަތުރުތައް ފެށުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިޒް އެއަރ އަބޫ ދާބީގެ މެނޭޖިންގ ޑިރެކްޓަރ މައިކަލް ބަރލުއިސް ވިދާޅުވީ ވިޒް އެއަރގެ ދަތުރުތައް ރާއްޖެއަށް ފުޅާކުރެވިގެން ދިޔަކަމާމެދު އުފާކުރައްވާ ކަމަށެވެ. އަދި މިއީ ދަތުރުކުރާ ގިނަ ބަޔަކަށް އިތުރު އޮޕްޝަންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާކަަމަށް މައިކަލް ވިދާޅުވިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލްގެ) ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މަހުޖޫބް ޝުޖާއު ވިދާޅުވީ ވިޒް އެއަރގެ ދަތުރުތައް ފެށުމާއެކު އެއަރޕޯޓުގެ މޫވްމެންޓުތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެއީ ދުވާހެއްގެ މައްޗަށް ރާއްޖެ އެތެރެވާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

ވިޒް އެއަރގެ ދަތުރުތައް ފެށުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ވިޒް އެއަރގެ ދަތުރުތައް މި ފެށުނީ ވައިގެ ދަތުރުފަތުރުގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރި 51 ވަނަ އަހަރު ގުނަންފެށި ފުރަތަމަ ދުވަހު އަލަށް ރާއްޖެއަށް އެއަރލައިނެއް އޮޕަރޭޓްކުރަން ފެށުމަކީ ރަނގަޅު ފާލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވިޒް އެއަރއިން ރަނގަޅު ޚިދުމަތްތަކަކާއެކު ހެޔޮ އަގުގައި ދަތުރުކުރެވޭނެއެވެ. އެ އެއަރލައިންގެ ވެބްސައިޓުންނާއި، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ.

އަބޫ ދާބީގެ ވިޒް އެއަރއެމްއޭސީއެލްޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްރާއްޖޭގެ ފަތުރުވެރިކަން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
09 އޮކްޓޯބަރު 2025

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
24 ސެޕްޓެމްބަރު 2025

ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

24 ސެޕްޓެމްބަރު 2025
ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް