Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

ބުދަ ދުވަހުގެ ރެއިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުޅަނދުތައް ދަތުރުކުރާނެ ގޮތަށް އައު ބަދަލުތަކެއް ގެންނަން ވަނީ ނިންމާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 24 ސެޕްޓެމްބަރު 2025 | ބުދަ 16:49
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އާ ޓާމިނަލް: ޓްރެފިކް ފްލޯއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އާ ޓާމިނަލް: ޓްރެފިކް ފްލޯއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އުޅަނދުތައް ދަތުރުކުރަންވީ ގޮތަށް ބުރާސްފަތި ދުވަހުގެ ރެއިން ފަށައިގެން ބަދަލުތައް ގެންނާނެކަން، އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލްއިން ބުނެފިއެވެ.

އެމްއޭސީއެލް ބުދަ ދުވަހު އާއްމުކުރި ޓްރެފިކް ޗާޓްގައިވާ ގޮތުން ބުދަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ވީއައިއޭގެ ޓްރެފިކް ފްލޯއަށް އަަންނާނެ އެންމެ ބޮޑު ބަދަލަކީ ވެހިކަލްތައް ވަންނަ މަގު ބަދަލުވުމެވެ.

އެ ގަޑިން ފެށިގެން އެއާޕޯޓަށް ވެހިކަލްތައް ވަދެ ނުކުންނަން އެއް މަގު ބޭނުންކުރުމުގެ ބަދަލުގައި ހުރިހާ ވެހިކަލެއް ވެސް ދެން އެއާޕޯޓަށް ވަންނަން ބޭނުންކުރަން ޖެހޭނީ ކަނޑުތޮށި ކައިރީ އޮންނަ އެންމެ ބޭރު މަގެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނީ އެއާޕޯޓުގެ ދެ ޓާމިނަލަށް މީހުން ގޮވައިގެން ވަންނަ ވެހިކަލްތައް އެއާޕޯޓުން ނިކުންނާނީ އައު ޓާމިނަލް ކުރިމަތީގައި އޮންނަ މަގުން ކަމަށެވެ. އަދި ބޭރު މަގުން ވަންނަ އުޅަނދުތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ ވެހިކަލްތައް ބޭނުންކުރާނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅި ކަމަށް ވެސް އެމްއޭސީއެލުން ބުނެފައި ވެއެވެ.

މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެތަށް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައިފައިވާއިރު، އޭގެ ކުރިންނާއި ފަހުން ވެސް އެއާޕޯޓުގެ ޓްރެފިކަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަވެއެވެ.

މި ބަދަލުތަކާއި އެކު ބައެއް ފަހަރު ޓެކްސީ ކިޔޫގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހޭކަމުގެ ކަންބޮޑުވުން އެއާޕޯޓު ބޭނުންކުރާ ފަރާތްތަކުން ވަނީ ފާޅުކޮށްފަ އެވެ. މީގެ އިތުރުން އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކަށް، އެ ޓާމިނަލް ކުރިމަތީ އޮންނަ ބޮޑު ޕާކިން ޒޯން ބަންދުކުރި މައްސަލައިގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.

އާ ޓާމިނަލް ކުރިމަތީގައި އޮތް އެ ޕާކިން ޒޯން ބަންދުކުރީ ސަލާމަތީ ސަބަބުތަކާ ހެދި ކަމަށް އެއާޕޯޓް ކޮމްޕެނީން ބުނި ނަމަވެސް، އެ ނިންމުމަށް ދެ މަސްވި ފަހުން، އެ ސަރަހައްދުގައި ޕާކް ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއެމްއޭސީއެލްއައު ޓާމިނަލްޕާކިން ޒޯންޓެކްސީ ކިއުޓްރެފިކް ބަދަލުތައް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
24 ނޮވެމްބަރު 2025

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

24 ނޮވެމްބަރު 2025
ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!
03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު