Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓު ބާވުން

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމާއެކު ކްރިމިނަލް ކޯޓުގެ މެންދުރު ކުރީގެ ހުރިހާ އޮންލައިން ޝަރީއަތްތައް ކެންސަލް

އެ އިމާރާތަކީ މިހާރު ބޭނުން ކުރަން އެކަށީގެންވާ ޙާލަތެއްގައި ހުރި އިމާރާތެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 06:39
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމާއެކު، ކްރިމިނަލް ކޯޓުގެ މެންދުރު ކުރީގެ ހުރިހާ އޮންލައިން ޝަރީއަތްތައް ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ، ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ، ކޯޓުގެ ސަރވަރ ރޫމަށް ފެނުގެ އަސަރުކުރުމާއި ގުޅިގެން ސަރވަރ ރޫމުގެ ކަރަންޓު ކޭބަލްތަކާއި ނެޓްވޯކު ކޭބަލްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވުމާއެކު، އަންގާރަ ދުވަހުގެ ހެނދުނަށް ތާވަލު ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން، ވީޑިއޯ ކޮންފަރެންސްކޮށް ހިންގުމަށް ތާވަލު ކުރެވިފައިވާ ހުރިހާ އަޑުއެހުމެއް ކެންސަލްކުރެވިފައިވާކަމަށް ކޯޓުން މައުލޫމާތު ދެއެވެ. އަންގާރަ ދުވަހުވެސް މަރުގެ މައްސަލަތަކާއި އެނޫންވެސް މުހިއްމު ގިނަ މައްސަލަތަކެއް މެންދުރު ކުރިއަށް ތާވަލު ކުރެވިފައި އޮތެވެ.

އެހެންނަމަވެސް ކޯޓަށް ހާޒިރުވެގެން ހިންގުމަށް ތާވަލު ކުރެވިފައިވާ އަޑުއެހުންތައް ކުރިއަށްދާނެކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ކްރިމިނަލް ކޯޓަކީ ގާތްގަނޑަކަށް 100 އެއްހައި މުވައްޒަފުންނާއި ކޯޓުގެ ގާޒީން އެކުގައި މަސައްކަތް ކުރައްވާ ތަނެއްނަމަވެސް، އެ އިމާރާތަކީ މިހާރު ބޭނުން ކުރަން އެކަށީގެންވާ ޙާލަތެއްގައި ހުރި އިމާރާތެއް ނޫންކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އެގޮތުން ކްރިމިނަލް ކޯޓު ހިނގަމުންދާ، 04 ބުރީގެ ޢިމާރާތަކީ ބޭނުންކުރުން ރައްކާތެރި ޢިމާރާތެއް ނޫންކަމަށް ގެޑޯރ ކޮންސަލްޓިންގ ޕްރެއިވެޓް ލިމިޓެޑްގެ ފަރާތުން 17 ޖޫން 2021 ގައި ހުށަހެޅި ރިޕޯޓުގައި ލަފާދީފައިވެއެވެ.

ކްރިމިނަލް ކޯޓުގެ 4 ބުރީގެ އިމާރަތް ބާވެ އަރިއަޅާލާފައިވާތީ ބޭރުން ހުންނަނީ ދަގަނޑުތައް ވިއްދާފައެވެ. ސިޑިގޮޅިތަކަށް ފެން ފޭބުމާއި، ޝީޓުތައް ބާވުމުގެ ސަބަބުން ބޮޑެތި ބާގަނޑުތައް ހެދިފައިވާއިރު، މޫސުން ގޯސް ދުވަސްވަރެއް ނަމަ، ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށްވެސް ވާރޭ ވެހެއެވެ. އެކަމުގެ ސަބަބުން ކޯޓުގެ އަޑުއެހުންތައް ކެންސަލް ކުރަންޖެހެއެވެ.

އެކަމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ކްރިމިނަލް ކޯޓު ހިންގުމަށް ވަގުތީ ޢިމާރާތެއް ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޯޓު ހިންގުމަށް ޢިމާރާތެއް ހޯދުމަށް، 11 ޖުލައި 2021 ގައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމާގުޅިގެން، ޢިމާރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ 01 އޯގަސްޓް 2021 އެ މިނިސްޓްރީއިން ވަނީ ދީފައެވެ.

އޭގެ އިތުރުން، ކޯޓު ހިނގަމުންދާ ޢިމާރާތަކީ، ރައްކާތެރި ތަނެއް ނޫންކަމަށާއި، އެ ކޯޓު ހިންގުން ބަދަލު ކުރެވޭނެވަރުގެ ޖާގައެއް ނެތްކަމަށް، 07 ސެޕްޓެމްބަރ 2021 ވަނަ ދުވަހު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންވެސް ވަނީ ޑީޖޭއޭއަށް އަންގާފައެވެ.

ޑީޖޭއޭއިން މައުލޫމާތު ދޭ ގޮތުގައި ކްރިމިނަލް ކޯޓް ހިންގުމަށް ޢިމާރާތެއް ކުއްޔަށް ހޯދުމަށް ޓެންޑަރ ކޮށްދިނުމަށްއެދި، 09 ސެޕްޓެމްބަރ 2021 ގައި ޓެންޑަރ ބޯޑަށް ފޮނުވިފައިވެއެވެ. ނަމަވެސް މިފަދަ ޢިމާރާތެއް ޓެންޑަރކޮށްގެން ލިބިފައި ނުވާކަމަށް، 02 މާރޗް 2022 ގައި ޑީޖޭއޭއަށް އޮތީ އަންގާފައެވެ. ވުމާއެކު، ސަރުކާރާއިއެކު މަޝްވަރާކުރެވި އެޗްޑީސީއިން ޢިމާރާތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 13 އޮކްޓޯބަރ 2021 އިން ފެށިގެން ވަނީ މަސައްކަތް ކުރެވިފައެވެ.

އޭރު ކުރެވުނު މަޝްވަރާ ތަކުގައި ވިނަރެސް ފްލެޓްތަކުގެ ކޮމާޝަލް ޖާގަތަކުން ކްރިމިނަލް ކޯޓު ހިންގުމަށް ޖާގަ ހަމަޖެއްސުމާބެހޭގޮތުން ވާހަކަދެކެވުނު ނަމަވެސް، އެ ބިލްޑިންގ ތަކުން ޖާގަ ހަމަޖެއްސެއް ނެތްކަމަށް، 10 މާރޗް 2022 ގައި، އެޗްޑީސީއިން ވަނީ ޑީޖޭއޭއަށް އަންގާފައެވެ. އަދި އޭގެ ބަދަލުގައި 06 މަސްދުވަހުގެ ތެރޭގައި، ކްރިމިނަލް ކޯޓު ހިންގުމަށް ވަގުތީ ޢިމާރާތެއް ތައްޔާރު ކޮށްދެވިދާނެ ކަމަށް މަޝްވަރާކުރެވި އެއްބަސްވެފައިވާކަމަށް ޑީޖޭއޭއިން ބުނެއެވެ.

އެހެންނަމަވެސް، 17 އޮގަސްޓް 2022 ގައި އެޗްޑީސީއިން އަންގަވާފައިވަނީ ކްރިމިނަލް ކޯޓު ހިންގުމަށް ވަގުތީ ޢިމާރާތެއް ބިނާކުރުމަށް 25.6275 އަކަފޫޓުގެ ބިމެއް، 05 އަހަރުގެ މުއްދަތަށް ނުވަތަ ކޯޓު ކޮމްޕްލެކްސް ނިމެންދެން، އަކަފޫޓަކަށް - 5 ރުފިޔާގެ ރޭޓުން ކުއްޔަށް ދޭން ނިންމާފައިވާކަމަށާއި، އެ ބިމުގައި ހަދަން ހުއްދަ ދީފައިވާ 04 ބުރީގެ ޢިމާރާތް ހަދަންޖެހޭނީ، ޑިޕާޓްމަންޓްގެ ބަޖެޓުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިމާރަތް ދުވަހެއް ދުވަހަކަށް ބާވަމުންދާއިރު، ބައެއް ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކުގެ ސީލިންގާއި ޝީޓުތައް ޙަލާކުވެފައި ހުރުމުގެ ސަބަބުން މޫސުން ގޯސް ދުވަސްވަރެއްނަމަ އެތަނުގައި ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯވެއެވެ.

ބައެއް ފަހަރު މޫސުން ގޯސްވުމުގެ ސަބަބުން ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކުގައި ފެން ހިންދަންވެސް ޖެހޭކަމަށް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

ކްރިމިނަލް ކޯޓްޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު