Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ: ހަސަން ލަތީފް

21 ޖޫން 2017 | ބުދަ 01:20

ކޮންގްރެސް ބާއްވާނެ ތަނެއް އަދި ނުނިންމަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 ޖޫން 2017 | ބުދަ 01:20
ރާއްޖެ ޓީވީގެ އަންގާރަ ދުވަހުގެ ރޭގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ އަންގާރަ ދުވަހުގެ ރޭގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ

އެމްޑީޕީން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ކޮންގރެސްގައި އިރާދަ ކުރެއްވިއްޔާ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުޚީ" ޕްރޮގްރާމްގައި އެޕާޓީގެ ކޮންގރެސްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ޚިޔާލްތަކާއެކު ނިންމޭ ސިޔާސަތުތަކެއް ކަނޑައަޅައިގެން ހިންގާ ޕާޓީއެއް ކަމަށާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ މެނިފެސްޓޯ ކަނޑައަޅަނީ ވެސް ރަށްރަށަށް ދަތުރުކޮށް ޕާޓީގެ ޢާއްމު މެންބަރުންގެ ޚިޔާލް ހޯދައިގެން ކަމަށެވެ. އެގޮތުން އެޕާޓީގެ ކޮންގރެސްއަކީ އެޚިޔާލްތަކުގެ މައްޗަށް ބިނާކޮށް ޕާޓީގެ އަސާސީ ޤަވާއިދު އިސްލާހުކޮށް ޕާޓީގެ ސިޔާސަތު ކަނޑައަޅާ މަޖިލިސް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެހެންކަމުން އެޕާޓީގެ ކޮންގްރެސްއަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ސެޕްޓެމްބަރު 15އިން 17 އަށް ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާއިރު އެކަމަށްޓަކައި މިހާރު ވެސް ވަރަށް ގިނަ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ބޭއްވިއިރު އެޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުގައި ހުންނެވި ނަމަވެސް ކޮންގްރެސްގެ ބައިވެރިން ކުރި ކުއްލި ޕްރެޝަރާއެކު ވަކި ހިސާބަކުން އެމަނިކުފާނަށް ވަނީ އެ ކޮންގރެސްގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު އޭރުގެ ސަރުކާރުން ދެއްވާފައެވެ. ސެޕްޓެމްބަރު މަހު ބާއްވާ ކޮންގރެސް އަންނައިރު ރައީސް ނަޝީދު މިވަގުތު ޖަލު ހުކުމެއްގައި ހުންނެވިއިރު އެކޮންގްރެސްގައި ތަފާތު ކަމެއް ހިނގާފާނެތޯ ކުރި ސުވާލާ ގުޅިހެން ހަސަން ލަތީފް ވިދާޅުވީ "އިރާދަ ކުރެއްވިއްޔާ އެކޮންގރެސްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ" ކަމަށެވެ.

"ކުރިން ބޭއްވި ދެ ކޮންގްރެސްގައި ވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި. އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސްއެއް ސެޕްޓެމްބަރުގައި ބާއްވާނީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ކޮންގްރެސް ބާއްވާނެ ތަނަކާ ގުޅޭގޮތުން ސުވާލު ކުރުމުން ހަސަން ލަތީފް ވިދާޅުވީ "ތަނެއްގެ ވާހަކައެއް ސަރުކާރުގައި އަދި ނުދަންނަވަން" ކަމަށާއި ކޮންގްރެސް ބާއްވާނެ ތަނަކާ މެދު އެތެރޭގެ މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ކޮންގްރެސް ބާއްވާނެ ތަނެއް ކަނޑައަޅާނީ ޕާޓީގެ ޤައުމީ މަޖިލީހުން ކަމަށެވެ. މާލެ ނޫން އެހެން ރަށެއްގައި ވެސް ކޮންގްރެސް ބޭއްވުމުގެ ޚިޔާލް ވެސް ކުރެވޭ ކަމަށާއި އެކޮންގްރެސް ބާއްވާނީ އެކަމަށް އެކަށޭނަ ތަނެއްގައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވިއެވެ.

"ވަކިތަނެއް ބޭނުންވެގެން ސަރުކާރަކު އަދިއެއް ނުއެއް އެދެން. ޤައުމީ މަޖިލީހުން ނިންމާނީ އެތަނެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮންގްރެސް ބާއްވަން ބޭނުންވާ ތަނެއް އަޅުގަނޑުމެންނަށް ލިބޭނެ. ރަށުން ބޭރުގައި ވެސް ކޮންގރެސް ބޭއްވުމުގެ ވިސްނުމެއް އެބަހުރި،" ހަސަން ލަތީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް