Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމީ ދުވަސް

މިއަދު މިސްރާބު އޮތީ ދިވެހިންގެ ގައުމިއްޔަތު ގެއްލިދާ ގޮތަށް: އަބްދުﷲ ކަމާލުއްދީން

މިއަދު ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކަން އުނދަގޫ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ސެޕްޓެމްބަރު 2022 | އަންގާރަ 13:48
އަބްދުﷲ ކަމާލުއްދީން

އަބްދުﷲ ކަމާލުއްދީން

މިއަދު މިސްރާބު އޮތީ ދިވެހިންގެ ގައުމިއްޔަތު ގެއްލިގެންދާ ގޮތަށް ކަމަށް ކުރީގެ މިނިސްޓަރ އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީން ގެނެސްދިން ޚާއްސަ ޖަވަރޭޖުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ އެއް ރުކުނަކީ ދިވެހިންގެ ބަސް ކަމަށެވެ. އެއީ ރީތި، ސާފު އަދި ދިވެހިންގެ އަމިއްލަ ބަހެއް ކަމުގައި ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މި ރީތި ސާފު ބަސް ދަމަހައްޓާ ނެގެހެއްޓުމުގެ ވާޖިބު މިއަދު އަދާކުރަން ޖެހިފައިވާކަމަށެވެ. ކޮންމެވެސް ސަބަބަކާހުރެ މިއަދު ދިވެހި ބަހުން ވާހަކަދައްކަންވެސް ނޭނގޭ ކަމަށާއި، އެއީ ކިހިނަކުން ވާ ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. މިބަހަކީ އަހަރުމެން ކޮންމެ މީހަކުވެސް ފަޚުރުވެރިވާ ބަހަކަށް ހެދުމަށް، ބަސް ކުރިއަރުވަން މަސައްކަތްކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ކަމާލުއްދީން ވިދާޅުވީ މިކަމަށް ޚާއްސަ ދައުލަތުގެ މުއައްސަސާތައް އެބަހުރި ކަމަށެވެ. ސްކޫލްްތަކާއި، މީޑިއާ މެދުވެރިކޮށްވެސް މިކަން ކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގައުމެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެއްވެސް އިސްތިސްނާއެއް ނެތި ދެވޭ ހިސާބުން ގައުމިއްޔަތެއް އޮންނާނީ އެކުލަވާލެވިފައި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާލާއިރުވެސް ގައުމިއްޔަތަށް އަސަރުކުރާ ފަދަ ބައެއް ކަންކަން ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ މަސައްކަތްތައް ހިނގަންޖެހެނީ އެކި ފަރާތްތަކުގެ މެދުގައި ހެދޭ އިންތިޒާމެއްގެ ތެރެއިން ކަމަށާއި، ވޯޓު ހޯދަން 1،000 ރުފިޔާ ދީގެން ހޯދާ އިޚުލާސްތެރިކަމަކުން ގައުމިއްޔަތެއް ނުނިކުންނާނެ ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

އަބްދުﷲ ކަމާލުއްދީންްަގައުމީ ދުވަސް

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2023

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"
16 ސެޕްޓެމްބަރު 2023

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

16 ސެޕްޓެމްބަރު 2023
ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް
16 ސެޕްޓެމްބަރު 2023

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

16 ސެޕްޓެމްބަރު 2023
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
01 އޮކްޓޯބަރު 2022

ގައުމީ ދުވަހާއި ގުޅިގެން މަނަދޫގައި ޕެރޭޑު ބާއްވައިފި

01 އޮކްޓޯބަރު 2022
ގައުމީ ދުވަހާއި ގުޅިގެން މަނަދޫގައި ޕެރޭޑު ބާއްވައިފި
30 ސެޕްޓެމްބަރު 2022

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނ. ވެލިދޫގައި ޕެރޭޑު ބާއްވައިފި

30 ސެޕްޓެމްބަރު 2022
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނ. ވެލިދޫގައި ޕެރޭޑު ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު