Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމީ ދުވަހުގެ ޖަލްސާ

ޤައުމިއްޔަތަކީ ތަފާތެއް ނެތި އަމާޒެއް އޮވެ ޖަޒީރާ ކުދި ރަށްތަކާ އެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން - ރައީސް

ކުޑައެއް ބޮޑެއްނެތި ރާއްޖޭގެ ހުރިހާ ރަށަކަށް ޖަޒީރާ، ފަސޭހަ، މި ދިރިއުޅުން ކަށަވަރުކޮށް ދިނުމަކީ، އިހު އޮތް ދިވެހި ޤައުމިއްޔަތު އަލުން އަނބުރާ ދިރުވުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 06:31
ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަފުޅުދައްކަވަނީ

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަފުޅުދައްކަވަނީ

ޤައުމިއްޔަތަކީ ތަފާތެއް ނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާ އެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް އަންގާރަ ދުވަހު ހއ. އުތީމު، ބޮޑުތަކުރުފާނުގެ ހަނދާނި މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ މިދަތުރުގައި ހދ. ފިނޭއަށް އެމަނިކުފާނު ވަޑައިގެންނެވި ކަމަށެވެ. ސަރުކާރުން އަލުން އަނބުރާ އިއާދަކުރަން މަސައްކަތް ކުރާ ދިވެހި ޤައުމިއްޔަތުގެ ހަމަތައްގަނޑަށް، ފިނޭ ފެތެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބިންގަނޑު ރަނގަޅު، ފެހިކަން ގަދަ، ކުނބުރެއްގެ މިސާލުގާ އޮތް ފިނޭ އަކީ، އެކަހެރިކޮށް އޮތް ރަށެއް ކަމަށެވެ. މާބޮޑު ފަޅެއްނެތި، މާކަނޑުގެ މެދުން ހިކިފައިވާ، ޖަޒީރާ މުތެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިނިވަންކަމާ، ސިޔާދަތާ، އަމިއްލަވަންތަކަން ދެމެހެއްޓުމަށް، ފުރަތަމަ އެނގެން ޖެހެނީ، އަމިއްލަ ތާރީޚު ކަމަށެވެ. ތިމާމެންނަކީ ކޮންތާކު، ކިހިނެއް ދިރިއުޅުނު، ކޮންބައެއްކަން އެނގެންޖެހޭނެ ކަމަށެވެ. ތާރީޚާއި، ސަގާފަތާއި އާސާރުތަށް ދެމެހެއްޓެން ޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އުތީމުގާ ހުންނަވާ މިވާހަކަ ދައްކަވާއިރު، ވިދާޅުވާން ޖެހެނީ، ހުރި ކިތަންމެ މުއްސަނދި އާސާރަކަށް އިހުމާލުވެ، ނެތިދިޔަ ހިތާމަވެރި ވާހަކަ ކަމަށެވެ. އުތީމު ގަނޑުވަރު ނޫނީ ދިވެހި ޤައުމިއްޔަތު ދައްކުވައިދޭ މިފަދަ އާސާރެއް، ހަނދާނެއް، އަދި ތާރީޚީ ބިނާއެއް، ނެތޭވެސް ވިދާޅުވެވިދާނެ ކަމަށެވެ. ކަޅުވަކަރު މިސްކިތް އަތުޖެހިފާ އެވަނީ، ކުރި ވަރަށް ބުރަ މަސައްކަތުން ކަމަށާއި، ސަލްޓަން ޕާކްގާ ހުރި އުސްގެކޮޅު އޮތީ އެލިސްޓަށް އަރާފަ ކަމަށެވެ. މާލޭގާ ހުރި ތާރީޚީ ބިނާތަށް، މާލެތެރޭގައި ގިނަވެ، ބިކަވެ އެގޮތް މިގޮތްވެގެން ދިޔަ ކަމަށެވެ.

ރައީސް ވިދާޅުވީ މުޅިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި، ތާރީޚީ އާސާރުތަށް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ، ރާއްޖެއަށް ޓަކައި ކުރާންޖެހޭ ކަމެއް ކަމަށެވެ. ވަކި ސިޔާސަތަކާ އެކު، ސަރުކާރުން މިދަނީ މި މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ްަގައުމީ ދުވަސްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުހއ. އުތީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބޮޑުތަކުރުފާނު  ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު