Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޤައުމީ ދުވަސް

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

ޤައުމީ ދުވަހުގެ މުނާސަބަތާއެކު ފާޅުކުރަމުންދާ ޝުއޫރުތައް އަމަލުން ދައްކާ، ކުރިއަށް އަންނަންއޮތް ޖީލުތަކަށް މި ކަންކަމުގެ ވާހަކަތައް ފޯރުކޮށްދެން ޖެހޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 11:02
ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

"އުތީމު ތިން ބޭންނާއި ދެ ހާޖީންނާއި އެ ދަންޑަހެލާއި

ނުހަނު ގަދަ ހިތްވަރާއި އަޒުމާއިއެކީ ޖެއްސެވި އުންޑައަކުން

ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއްދިޔައީ ބުރައިގެންތާ"

ޤައުމެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އެއް ދުވަހަކީ ޤައުމީ ދުވަހެއެވެ. މި ދުވަހުގެ ވާހަކަ ތާރީޚާއިއެކު ޤާނޫނު އަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ދުވަހެކެވެ. ޤައުމީ ދުވަހަކީ ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަހެވެ. ރާއްޖޭގައި ޤައުމީ ދުވަސް ފާހަކުރަނީ ރަބީޢުލްއައްވަލު މަހުގެ 1ވަނަ ދުވަހުއެވެ.

އިސްލާމީ ދިވެހި ޤައުމިއްޔަތަށް ހިޖުރައިން 548ވަނަ އަހަރުން ފެށިގެން މިވީ 897 އަހަރެވެ. ބޮޑުތަކުރުފާނު އިސްވެހުންނަވައިގެން، ޕޯޗުގީޒުން އަޅުވެތި އަނިޔާވެރި އިސްތިއުމާރުން އިސްލާމީ ދިވެހި ޤައުމިއްޔަތު ސަލާމަތްކޮށްދެއްވައި، ދިވެހި ޤައުމަށް ނަޞްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ފަޚުރުވެރި ޤައުމިއްޔަތުގެ ފެށުން ކަމުގައިވި 1 ރަބީޢުލްއައްވަލު 981 އިން ފެށިގެން މިވީ 464 އަހަރެވެ.

މި މަތިވެރި ޖިހާދަކީ ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ކޮއްކޯފުޅު ހަސަންތަކުރުފާނާއެކު ފެއްޓެވި ޖިހާދެކެވެ. ފަހުން އެ ޖިހާދުގައި ބައިވެރިވެލެއްވީ މަލިކު އަލީ ހާޖީއާ ހަސަން ހާޖީއެވެ. އޭގެ އިތުރުން ދުވާފަރު އަލީ ދަންޑަހެލެވެ.

"ކަޅުއޮއްފުންމި" ގައި މުހައްމަދު ތަކުރުފާނު ދަތުރުފުޅުކުރައްވާ، ހިތްވަރާއި، ޖެހިލުންކުޑަކަމާއެކު ދަންވަރުގެ ވަގުތުތަކުގައި ރަށްރަށް އަރައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވާ ދިވެހި މި އުންމަތް ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްކޮށްދެއްވިއެވެ.

ބޮޑުތަކުރުފާނު މި ޤައުމު އަޅުވެތިކަމުން މިނިވަންކުރުމަށް ކުރެއްވި މަތިވެރި ޖިހާދު ކުރެއްވިގޮތުގެ އަގުވަޒަންކުރުމަކީ މި ޤައުމުގެ ކޮންމެ ފަރުދެއްގެ މައްޗަށްވެސް ލާޒިމުކަމެކެވެ. އެހެންނަމަވެސް ސުވާލަކީ އެފަދަ ހިތްވަރާއި، ޖޯޝާއި، އަޒުމުގައި ނިކުމެ ޤައުމީ ލޯބި ހިތުގައި އުފެދި ޤައުމުގެ ދިފާއުގައި އަމިއްލަ މޭ އައްޑަނައަކަށް ދިއްކޮށްލަން ކެރޭނީ ކިތަށް މީހުންނަށްތޯއެވެ؟

ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރުމުގެ ގޮތުން އަޕްލޯޑްކުރާ ފޮޓޯތަކާއި، ކެޕްޝަންތަކާއި، ޅެންތައް ކިތަންމެހާވެސް ނަލަވެފައި ޗާލެއެވެ. ނަމަވެސް ހިތާމަޔަކީ އެ ޝުއޫރުތަކުގައި ހަގީގީ ކުލަޖެހޭ މަންޒަރު އަމަލުން ނުފެންނަކަމެވެ. އުފެދޭ ސުވާލަކީ ޤައުމީ ދުވަސް ފާހަގަކުރަނީ ކީއްވެގެންކަމާއި، މި ދުވަސް ހާއްސަވެގެންވަނީ ކޮންބަޔަކަށްކަން އަދުގެ ޖީލުގެ ކުދިންނަށް އެނގޭތޯއެވެ؟

މިއަދު މަދަރުސީ ހަޔާތްނިމި މުޖުތަމައަށް ނިކުންނަ ކުދިންނަށްވެސް ޤައުމީ ދުވަހަކީ ކޮން މުނާސަބަތަކާ ގުޅިގެން ފާހަގަކުރެވޭ ދުވަހެއްކަމާއި އެ ދުވަހުގެ ބަޠަލުންގެ ފަތްފުށްތަށް ނޭނގޭކަމީ ހިތާމަހުރިކަމެކެވެ. އެކުދިން ކިޔަވަން ގެންގުޅުނު ފޮތްތަކާއި، ދިވެހި ތާރީޚީ ފަތްފުށްތަކާއި، ފިލްމުތަކާއި ޑްރާމާތަކުން ތަފްސީލުކޮށް މި ވާހަކަތައް ފެންނައޮންނަ އިރުވެސް މި ކަންކަން އެކުދިންނަށް ފަހުމުނުވެ އޮތުމަކީ ހިތާމަކުރަންޖެހޭ ކަންކަމެވެ.

ވާނީވެސް އެހެންތާއެވެ. އަދުގެ ޖީލުގެ އާންމު ފަރުދުންނަށްވެސް ޤައުމީ ދުވަހުގެ މުހިންމުކަމާއި، އެ ދުވަސް ޚާއްސަވެގެންވަނީ ކޮންބަޔަކަށްކަން ނޭނގޭއިރު އަދުގެ ކުޑަކުދިންނަށް އެކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އެނގިގެން ދިޔުމަކީ ނާދިރުކަމެކެވެ.

އެހެންކަމުން ޤައުމީ ދުވަހުގެ މުނާސަބަތާއެކު ފާޅުކުރަމުންދާ ޝުއޫރުތައް އަމަލުން ދައްކާ، ކުރިއަށް އަންނަންއޮތް ޖީލުތަކަށް މި ކަންކަމުގެ ވާހަކަތައް ފޯރުކޮށްދޭން ޖެހެއެވެ. މިހާރަށް ވުރެ ބޮޑަށް ސްކޫލުތަކުންނާއި، ބެލެނިވެރިން މިކަމަށް މަސައްކަތް ކުރަންޖެހެއެވެ.  މުޖުތަމައުގެ ބަދަހި ކަމާއި އަމަން އަމާންކަން ދަމަހައްޓާ، ޤައުމު އިސްކޮށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށް ބޮޑުތަކުރުފާނު ކުރެއްވި ޤައުމީ ޖިހާދުގެ އަގު ވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ގައުމީ ހަރަކާތްތައް ހިންގަންޖެހެއެވެ.

މިދުވަސް ފާހަގަކުރުމުގެ މަގުސަދު އަދުގެ ޖީލަށް އަންގައިދިނުމަށް މިއީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމަކެވެ. އެހެން ނޫންނަމަ މިއީ ހަމައެކަނި ނަމެއްގައި ފާހަގަކޮށްލެވޭ ދުވަހަކަށްވެ، އަސްލު މަގުސަދު ހާސިލްނުވެދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެއެވެ.

ްަގައުމީ ދުވަސްފީޗަރ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

16 ސެޕްޓެމްބަރު 2023
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

16 ސެޕްޓެމްބަރު 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު