Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފިޔާއިން ލޭގައި ގްލޫކޯޒް ދަށަށް ދިއުން

އިންތިހާ އާންމު ތަރުކާރީއަކުން ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު 50 ޕަސެންޓް ދަށަށް

ތަރުކާރީ ބޭނުން ކުރުމުގެ ސަބަބުން، ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު 50 ޕަސެންޓް ދަށްކޮށްދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 07:36
ފިޔާ ބޭނުން ކުރުމުން ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ދައްކޮށްދޭ ކަމަށް ބުނޭ

ފިޔާ ބޭނުން ކުރުމުން ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ދައްކޮށްދޭ ކަމަށް ބުނޭ

ސިއްހީ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކަށް ބަލާލި ކަމުގައި ވީ ނަމަވެސް މިއަދު އެ ބައްޔެއްގައި އެންމެ ގިނަ ބަޔަކު ވޭނާއި ކެކުޅުން އުފުލަމުންދާ އެއް ބައްޔަކީ ހަކުރު ބައްޔޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އިނގިރޭސިވިލާތަށް ބަލާލި ކަމުގައި ވީ ނަމަވެސް، އުމުރުން 40 އިން މައްޗަށް ގޮސްފައިވާ ކޮންމެ 10 މީހަކުން 1 އަކީ، ހަކުރު ބަލީގެ ބާވަތެއް ކަމުގައި ވާ ޓައިޕް-ޓޫ ޑައިބީޓީޒް ތަހައްމަލު ކުރަމުންދާ މީހެކެވެ. ނުވަތަ، ލޭގައި ހުންނަން ޖެހޭ މިންވަރަށްވުރެ ގްލޫކޯޒްގެ މާއްދާ އިތުރުވެފައިވާ މީހުންނެވެ.

ކަން މިހެން އޮތް ނަމަވެސް، ހީވެސް ނުކުރާ ތަރުކާރީއަކުން، ޚިޔާލަށްވެސް ނުގެނެވޭ މިންވަރަށް، ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ދަށްކޮށްދޭކަން މިހާރު ވަނީ ދެނެގަނެވިފައެވެ. އެ ތަރުކާރީ ބޭނުން ކުރުމުގެ ސަބަބުން، ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު 50 ޕަސެންޓް ދަށްކޮށްދޭ ކަން ދެނެގަނެވިފައި ވާ އިރު، ދާއިރާގެ ތަޖުރިބާކާރުން ދަނީ ހަކުރު ބަލީގެ މީހުންނަށް އެކަމުންވެސް ލުއިފަސޭހެ ކަމެއް ހޯދާ ދެވޭތޯ މަސައްކަތް ކުރަމުންނެވެ.

ޓައިޕް-ޓޫ ޑައިބީޓީޒް ތަހައްމަލު ކުރަމުންދާ މީހުންނަކީ، ހަށިގަނޑުގައި ގްލޫކޯޒް ހުންނަން ޖެހޭ މިންވަރު ކޮންޓްރޯލް ކުރުމަށް ބޭނުންވާ އިންސިއުލިންގެ މާއްދާ، އަމިއްލަ ހަށިގަނޑުގައި އުފެއްދުމުގައި އުނިކަމެއް ހުންނަ މީހުންނެވެ. ނަތީޖާއެއްގެ ގޮތުން، ފުރާނައަށް ނުރައްކާވާ މިންވަރަށްވެސް ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު މައްޗަށް ދާ ހާލަތްތައްވެސް މެދުވެރިވެއެވެ.

ކަން މިހެން އޮތް ނަމަވެސް، ސެން ޑިއޭގޯގައި ކުރިއަށް ގެންދިޔަ، ދި އެންޑޯކްރީން ސޮސައިޓީގެ 97 ވަނަ އަހަރީ ބައްދަލުވުމުގައި ހުށަހެޅި ހުށަހެޅުމުން ދިނީ އާދަޔާ ޚިލާފު ޚަބަރެކެވެ. އެ ހުށަހެޅުން ބުނާ ގޮތުން، ހަކުރު ބަލީގެ މީހުންނަށް ދޭ މެޓްފޯމިން ބޭސް ބޭނުން ކުރަމުންދާ މީހުން، ފިޔާ ބޭނުން ކުރުމަކީ ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރާއި ހަށިގަނޑުގައި ކޮލަސްޓްރޯލް އެކުލެވޭ ޖުމުލަ މިންވަރު، ވަރަށް ބޮޑަށް ދަށް ކޮށްދޭ ކަމެކެވެ.

ދިރާސާގެ އިސް މުސައްނިފު، އަދި ނައިޖީރިއާގެ ޑެލްޓާ ސްޓޭޓް ޔުނިވަރސިޓީގެ އެންޓަނީ އިޖިއޭ ވިދާޅުވީ، ފިޔައަކީ ފަސޭހައިން ހެޔޮ އަގުގައި ގަންނަން ލިބޭ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިއްބައިދޭ އެއްޗެއް ކަމަށެވެ. އަދި އެއީ ހަކުރު ބަލީގެ މީހުންނަށް ފަރުވާ ކުރުމުގައިވެސް ބޭނުން ހިފިދާނެ ފުރުޞަތު އޮތް އެއްޗެއް ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ވަނީ މީދަލުގެ ހަށިގަނޑުގައި މި ނަޒަރިއްޔާ ތަހުލީލު ކޮށްފައެވެ. މީދަލުގެ ހަށިގަނޑުގައި ހެދި ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން، ފިޔާގެ ތާޞީރު ނުވަތަ ދިޔައިގެ އެހީގައި 50 ޕަސެންޓަށް، ގްލޫކޯޒް މިންވަރު ދަށް ކުރެވުނެވެ. ހަމަ އެއާއެކު، ކޮލަސްޓްރޯލްވެސް ދަށް ކުރެވުނެވެ. ކަން މިހެން އޮތް އިރު، ހަކުރު ބަލި ނެތް މީދާތައް، ފިޔާ ދިޔައިގެ ސަބަބުން ބަރުވި ކަމަށާ، ހަކުރު ބަލި ހުރި މީދާތަކަށް އެ ކަން ކުރިމަތި ނުވާ ކަމަށްވެސް ދިރާސާގެ ހޯދުންތަކުން ވަނީ ދައްކާފައެވެ.

ރަހަ މީރު ކުރުމުގެ ގޮތުން ކެއުމުގައި އިންތިހާއާށް އާންމުކޮށް ބޭނުން ކުރަމުން އަންނަ ތަރުކާރީއެއްގެ ސަބަބުން، ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު މިހާ ބޮޑަށް ދަށްކޮށްދޭއިރު، އެކަން އެހެން މެދުވެރިވާ ސަބަބާ ބެހޭ ފުރިހަމަ ދިރާސާތަކެއް އަދި އިތުރަށް ކުރަން ޖެހޭ ކަމަށް އިޖިއޭ ވަނީ ވިދާޅުވެފައެވެ.

ފިޔާ އިން ލޭގައި ހުންނަ ގްލޫކޯޒް ދަށަށް ދިއުންހަކުރު ބަލިދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު