Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން

ގައިންގަޔަށް ނާރާ ބަލިތައް ދަނީ އިތުރުވަމުން، މި ބަލިތަކުން ދުރުވުމަށް މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާންޖެހޭ: މެޑަމް ސާޖިދާ

15 ނޮވެމްބަރު 2024 | ހުކުރު 09:23

ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ނިއުމަތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 15 ނޮވެމްބަރު 2024 | ހުކުރު 09:23
ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ

ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ

ދިވެހިރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ ކަމަށާއި، މި ބަލިތަކުން ދިވެހިން ދުރުވުމަށް މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވެ، ސިއްހަތާ ގުޅޭ ރަނގަޅު ކާނާ ބޭނުންކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ 2024 ވަނަ އަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ހަފްލާގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ފަގީރު ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ، ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓުގައި ހިމެނި، ދިވެހީންގެ ހާލަތަށް އައި ބަދަލާއެކު، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ބަލިތައް އާންމުވާން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުރީން ދިވެހީންގެތެރޭގައި އާންމުވެފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ބަދަލުގައި، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ކެންސަރާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތައްފަދަ ގައިންގަޔަށް ނާރާބަލިތައް އާންމުވާން ފަށާފައިވާކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މަޑަމް ސާޖިދާ ވިދާޅުވީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ނިއުމަތެއް ކަމަށާއި އެކަމަކީ އިންސާނާގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މެޑަމް ސާޖިދާ ވިދާޅުވީ ހަކުރު ބައްޔަކީ ގައިންގަޔަށް ފެތުރޭ ބައްޔެއް ނޫން ނަމަވެސް އެ ބައްޔަކީ ވާރުތަކުރާ ބައްޔެއް ކަމަށެވެ. އަދި ދިރިއުޅުމުގެ އާދަތައް އިސްލާހުކުރުމުން އެ ބަލީގެ ނުރައްކާ ކުޑަކުރެވޭނެ ކަމަށާއި ދިރިއުޅުމާއި ކެއިންބުއިމުގެ އާދަތައް ބެހެއްޓޭ ގޮތުގެ ސަބަބުން ބަލި ޖެހުމާއި ބަލީގެ ގެއްލުން ބޮޑުވުން ބިނާވެފައިވާކަން ފާހަގަކުރެއްވިއެވެ. ފަގީރު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތްއިރު ދިވެހީންނަކީ ހަރަކާތްތެރިކަން ބޮޑު، ކެއުން މަދު އަދި ސިއްހަތާ ގުޅޭ ކާނާ ކައިބޮއި އުޅުނު ބައެއް ކަމަށާއި، އެހެންނަމަވެސް މިހާރު ދިވެހީންގެ ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗާއި އާދަކާދައިގެ އިތުރުން، ތިޔާގިކަމުގެ ސަބަބުން ކެވޭ މިންވަރުވެސް ތަފާތުވެ އަދި ހަރަކާތްތެރިވެ އުޅޭ ނިސްބަތް ވެސް ތަފާތު ވެފައިވާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި މިފަދަ ބަދަލުތަކަކީ ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެ ގޮތުގައި މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި މެޑަމް ސާޖިދާ ވަނީ "ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް" އިފްތިތާހްކޮށްދެއްވާފައެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ ދެމެހެއްޓެނިވި ބަދަލެއް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެސްގެން ހަކުރުބައްޔާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވޭ މިންވަރު ދެނެގަތުމެވެ. މި ޕްރޮގްރާމުގެ ދަށުން ދިއްގަރުގެ 16 އަހަރުން މަތީގެ އާބާދީއަށް އަމާޒުކޮށް ސްކްރީން ކުރެވި، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވޭ އާބާދީއަށް އަމާޒުކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލުގެ ސަބަބުން އެ މީހުންގެ ސިއްހީ ހާލަތަށް އަންނަ ބަދަލު ވަޒަންކުރެވޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށް ދިއްގަރުން ހޮވާލެވުނު 10 ފަރާތަކަށް ލައިފްސްޓައިލް ކޯޗުންގެ ގޮތުގައި މިހާރު ވަނީ ތަމްރީނު ދެވިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް