Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޤައުމީ ދުވަސް

ދިވެހި ގައުމަށް ހާސް އަހަރުވެފަައި އިސްލާމް ދިވެހި ގައުމިއްޔަތަށް 896 އަހަރު

އިސްލާމީ ދިވެހި ޤައުމިއްޔަތަށް ހިޖުރައިން 548ވަނަ އަހަރުން ފެށިގެން މިވީ 896 އަހަރު

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 05:32
އިހުގެ ލިޔުމެއް - ފަޚުރުވެރި ގައުމިއްޔަތުގެ ފެށުން ކަމުގައިވި 1 ރަބީޢުލްއައްވަލު 918ން ފެށިގެން މިވީ 463 އަހަރު

އިހުގެ ލިޔުމެއް - ފަޚުރުވެރި ގައުމިއްޔަތުގެ ފެށުން ކަމުގައިވި 1 ރަބީޢުލްއައްވަލު 918ން ފެށިގެން މިވީ 463 އަހަރު

ރާއްޖޭގެ ގައުމިއްޔަތާއި މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގައި މީސްތަކުން އާބާދުވެ، ރާއްޖޭގެ ސަރަހައްދު ކަނޑައެޅި ރާއްޖޭގެ ވެރިކަމެއް ގާއިމުވެ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެދުނުތާ ހާސް އަހަރު ވަނީ ވެފައެވެ. މީގެ ސާސްކަފެއް ނުވަތަ ހާސްއަހަރު ކުރިން، ރާއްޖެ އިސްލާމްވުމުގެ ކުރީގަައި ރާއްޖޭގެ ރަސްކަން ކުރެއްވި މަހާ ބަރަަަނަ ރަދުންނަކީ މަލިކައްޑޫ (މަލިކުން އައްޑޫއަށް) މުޅި ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި އެންމެ ފުރަތަމަ މަހާރަދުން ކަމަށް ބެލެވެއެވެ.

ގައުމީ ދުވަަހަކީ ގައުމީ ގޮތުން އެންމެ މުހިންމު ދުވަހެވެ. އެދުވަހެއްގެ ވާހަކަ ތާރީޚާއެކު ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ދުވަހެވެ. ވީމާ، ގައުމީ ދުވަހާއި މުނާސަބު އެހެންނަމަވެސް "ރަހަތަފާތު" ގޮތަކަށް ދުވަހާއި މުނާސަބު، މުހިންމު ކަމަށް ފެންނަ، ދެކަމަކަަށް ނުވަތަ ތިންކަމަކަށް އަލިއަޅުވާލަމާތޯއެވެ.

އެއްކަމަކީ ދިވެހި ގައުމަށް ކިތައް އަހަރުވެއްޖެ ހެއްޔެވެ؟ އިސްލާމީ ދިވެހި ޤައުމިއްޔަތަށް ހިޖުރައިން 548ވަނަ އަހަރުން ފެށިގެން މިވީ 896 އަހަރެވެ. ބޮޑުތަކުރުފާނު އިސްވެހުންނަވައިގެން، ޕޯޗުގީޒުން އަޅުވެތި އަނިޔާވެރި އިސްތިއުމާރުން އިސްލާމް ދިވެހި ގައުމިއްޔަތު ސަލާމަތްކޮށްދެއްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ފަޚުރުވެރި ގައުމިއްޔަތުގެ ފެށުން ކަމުގައިވި 1 ރަބީޢުލްއައްވަލު 981 އިން ފެށިގެން މިވީ 463 އަހަރެވެ.

1 ރަބީޢުލްއައްވަލު 1365 (4 ފެބުރުވަރީ 1946)ގައި، ސުމުއްވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނުގެ ވެރިކަމުގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަކުރެވުނުތާ މިވީ 79 އަހަރެވެ.1 ރަބީޢުލްއައްވަލު 1365ގައި ފާހަގަކުރެވުނު، ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަކީ ގައުމީސަލާމް ފުރަތަަމަ ތައާރަފުވި ރަސްމިއްޔާތު ނުވަތަ އިހުތިފާލެވެ.ވީމާ، ގައުމީސަލާމް ތައާރަފުވިތާ ހިޖުރީގޮތުން 79 އަހަރުވީއެވެ.

އަނެއް ކަމަކީ ބޮޑުތަކުރުފާނުގެ ރަސްކަމުގައި ރަސްކަމުގެ ނަންފުޅުގައި ތަކުރުފާނު ކިޔާފައިވޭ ހެއްޔެވެ؟ ނުވަތަ އެގޮތް ރަނގަޅު ހެއްޔެވެ؟ ސަގާފީ މިސާލެކެވެ. ކަލޭފާނަށްވުރެ ތަކުރުފާނު މައްޗެވެ. ތަކުރުފާނަށްވުރެ މަނިކުފާނު މައްޗެވެ. މަނިކުފާނަށްވުރެ ކިލެގެފާނު މައްޗެވެ. ކިލެގެފާނަށްވުރެ ރަސްގެފާނު މައްޗެވެމިގޮތުން ބަލާއިރު، 1ރަބީޢުލްއައްވަލު 981 (1573) އިން 1 ރަމަޟާން 993 (1585) އަށް ރަސްކަން ކުރެއްވީ، ތަކުރުފާނުގެ ނަމަކު ނޫނެވެ. ތަކުރުފާނުގެ (އުތީމު މުޙައްމަދުތަކުރުފާނުގެ) ނަމުގައި އަދި މަނިކުފާނުގެ (މުލީގޭ ދޮންހަަސަންމަނިކުފާނުގެ) ނަމުގައި ރަސްކަމެއް ނުކުރެއެވެ!! އައްސުލްޠާނުލްޣާޒީ މުޙައްމަދު އަލްއައުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ.

(ޣާޒީ ބަންޑާރައިންނެވެ / އުތީމު ބަންޑާރައިންނެވެ / އުތީމު މަހާރަދުންނެވެ. އުތީމު ޙަސަން ތަކުރުފާނު، އަލްއަމީރު ޙަސަން ރަންނަބަނޑޭރިކިލެގެފާނުގެ ނަންފުޅު ކަމުގައެވެ. ވީމާ، ގައުމީ އެންމެ މަތިވެރި ބަތަލު، ޣާޒީ ބަންޑާރައިން ނުވަތަ އުތީމު ބަންޑާރައިންގެ ދަރަޖަ ދަށް ނުކުރެވޭނެއެވެ.

އުތީމުން ތިންޒުވާނުން ހިންމަތާއެކު ކޮށްލި މިންނަތަކުންއޮތީ މުސްތަޢުމިރުންގެ އެބާރުތައް އުއްޑުން ޖެހެވިފައިވާ ދެޙާޖީންނާއި ދަންޑެހެލާ ގޮވައިގެން އެއިގެ ތިންބަޠަލުންޖިހާދު ކުރައްވަމުން ގެންދެވި ގޮތީ ޤައުމީ މިސާލެއްތާ އުތީމު މަހާރަދުންނަށް ދެންނެވުން ޝުކުރާ ތަޢުރީފާއޮތީ ދިވެހީންގެ މައްޗަށް ވާޖިބެއް ކަމުގައި ހިމެނިފައިތާއެވެ.

ްަގައުމީ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

16 ސެޕްޓެމްބަރު 2023
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

16 ސެޕްޓެމްބަރު 2023
ގައުމީ ދުވަހާއި ގުޅިގެން މަނަދޫގައި ޕެރޭޑު ބާއްވައިފި

ގައުމީ ދުވަހާއި ގުޅިގެން މަނަދޫގައި ޕެރޭޑު ބާއްވައިފި

01 އޮކްޓޯބަރު 2022
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނ. ވެލިދޫގައި ޕެރޭޑު ބާއްވައިފި

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނ. ވެލިދޫގައި ޕެރޭޑު ބާއްވައިފި

30 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު