Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލް

"ޕޯޓް ޑިޖިޓަލްކޮށް" ކެމްޕޭނުގެ ދަށުން 3 ޚިދުމަތެއް ތައާރަފުކޮށްފި

25 ސެޕްޓެމްބަރު 2022 | އާދީއްތަ 02:14

އަލަށް ތައާރަފު ކުރީ އެމްޕީއެލްގެ ޖޮބް ޕޯޓަލް އާއި ސްޓާފް މޯބައިލް އެޕްލިކޭޝަނާއި އޮކްޝަން ޕޯޓަލް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 02:14
އެމްޕީއެލް

އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން، "ޕޯޓް ޑިޖިޓަލްކޮށް" ކެމްޕޭނުގެ ދަށުން ތިން ޚިދުމަތެއް ތައާރަފުކޮށްފިއެވެ.

މި ޚިދުމަތްތައް ތައާރަފު ކޮށްފައިވަނީ އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުއެވެ.

Advertisement - newsAdvertisement

"ޕޯޓް ޑިޖިޓަލްކޮށް" ކެމްޕޭނުގެ ދަށުން އެމްޕީއެލުން އަލަށް ތައާރަފުކޮށްފައިވަނީ އެ ކުންފުނީގެ ޖޮބް ޕޯޓަލް އާއި ސްޓާފް މޯބައިލް އެޕްލިކޭޝަނާއި އޮކްޝަން ޕޯޓަލެވެ. މި ތިން ޚިދުމަތަކީ ވެސް އެ ކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކާއި މުވައްޒަފުންނަށް މުހިންމު ޚިދުމަތްތަކެކެވެ.

އެމްޕީއެލް ޖޮބް ޕޯޓަލް މެދުވެރިކޮށް އެ ކުންފުނިން އިއުލާނުކުރާ ވަޒީފާތައް މިހާރު ފެންނަން ހުންނާނެއެވެ. އަދި ބޭނުންވާ ވަޒީފާއަކަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު މި ޕޯޓަލްގެ ޒަރީއާއިން ފަހިިވެގެންދާއިރު އެ ކުރިމަތިލާ ވަޒީފާއެއްގެ ޕްރޮސެސް ވެސް ބަލައިލެވޭނެއެވެ.

މި ޚިދުމަތުގެ ސަބަބުން ވަޒީފާއަށް ކުރިމަތިލުމަށް ހޭދަ ކުރާ ވަގުތު އެތައް ގުނައެއް މަދު ކުރެވޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

މުވައްޒަފުންނަށް ހާއްސަކޮށްގެން އެމްޕީއެލުން ތައާރަފު ކުރި ސްޓާފް އެޕްލިކޭޝަނުގެ ސަބަބުން އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ މުވައްޒަފެއްގެ ސްޓާފް ޕްރޮފައިލް ބަލައި، ހާޒިރީ ރިޕޯޓާއި މުސާރައިގެ ތަފްސީލު ވެސް ބަލައިލެވޭނެއެވެ. އަދި ޗުއްޓީގެ ބެލެންސް ބެލުމާއި ޗުއްޓީއަށް އެދުމުގެ ފުރުސަތު ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް މުވައްޒަފުންނަށް ލިބިގެންދާނެއެވެ.

އެމްޕީއެލް އޮކްޝަން ޕޯޓަލަކީ ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ ތެރެއިން ކްލިއާނުކޮށް ގިނަ ދުވަސްވަންދެން ހުންނަ މުދާ ނީލަން ކިޔުމަށް ތައާރަފު ކުރި ޕޯޓަލެކެވެ. މި ޕޯޓަލްގެ ސަބަބުން ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރު ޕޯޓަށް ދާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް ނީލަން ކިޔާ މުދަލުގެ ތަފްސީލު ބަލާލައި އަގު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ނީލަމުގެ ޕްރޮސެސް ވެސް އޮންލައިންކޮށް ބަލައިލެވޭނެއެވެ.

އެމްޕީއެލްގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ފެށި "ޕޯޓް ޑިޖިޓަލްކޮށް" ކެމްޕޭނަކީ ރައްޔިތުންނަށް ދޭ ޚިދުމަތުގެ ސްޕީޑު އަވަސްކޮށް، އެ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ދަށުން މީގެ ކުރިން ވަނީ "މައި ބަނދަރު" ޕޯޓަލަށް ޑޭޝް ބޯޑެއް ވެސް އިތުރުކޮށްފައެވެ.

މި ކެމްޕޭނުގެ ދަށުން އޮންލައިންކޮށް ބަދަލު ކުރި ބައެއް ޚިދުމަތްތަކާއެކު މުދާ ކްލިއާކުރަން ކުރިން ހަ ގަޑިއިރު ހޭދަވި މަސައްކަތްތައް މިހާރު 15 މިނެޓުން ނިންމާލެވޭ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް